Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަޙުމަތްތެރި ކަމުގެ މެޗު

ޖަރުމަނުން ގާނާ ވެސް ބަލިކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ގާނާ އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ވެސް ކުރި. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޖަރުމަނު ވަނީ މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 04:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ބައިނަލްއަޤުވާމީ ރަޙުމްތެރި ކަމުގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޖަރުމަނުން ފޯމު ދަމަހައްޓައިފި އެވެ.

ހޯމަ ދުވަގުގެ ރޭ ގާނާއާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ލަނޑު ޖަހައި ލީޑު ހޯދާފައި ވަނިކޮށް، ގާނާ އިން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ޖަރުމަނު ވަނީ މެޗުން މޮޅުވެފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ކުރި ހޯދައިދިނީ ކައި ހަވާޓްޒް އެވެ. އޭގެ ފަހުން ވެސް ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގެ 70 ވަނަ މިނެޓުގައި ގާނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަބްދުލް ފަތާވޫ އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޑެނީޒް އުންޑާވް ވަނީ ޖަރުމަނުގެ ދެ ވަނަ ލަނޑު ޖަހައި މެޗުން މޮޅު ކޮށްދީފަ އެވެ.

ގާނާ މެޗުގެ ކުރިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޖަރުމަނު ވަނީ މޮޅުވެފަ އެވެ. ގާނާ މެޗުން ވެސް މޮޅުވެ ޖަރުމަނުން އެ ޓީމު ފޯމު ދަމަހައްޓާފައިވާއިރު، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ފެންވަރު ހިފެހެއްޓިފައި އޮތުމެވެ. އެގޮތުން ނާގަލްސްމަން ބުނީ ކުޅުންތެރިންގެ ފެންވަރު ދެނެ ގަނެ، ކުޅުންތެރިންގެ ކުޅުން ބަލާލުމަށް މި ދެ މެޗުގެ ބޭނުން ކުރެވުނު ކަމަށެވެ. 

އެއާ އެކު ނާގަލްސްމަން ބުނެފައި ވަނީ، މިއަހަރުގެ ޖޫން މަހު އޮންނަ ފީފާ ވޯލްޑް ކަޕަށް ޖަރުމަނު ނިކުންނާނީ ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށެވެ. އޭނާ ބުނީ ޖަރުމަނުގެ ކުޅުންތެރިންނާއި، އޭނާ އަށް ވެސް އެ ޓީމުގެ އަމާޒު އިނގޭ ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ހުރިހާ އެންމެންނަށް ވެސް އޮތީ މަސައްކަތް ކުރުން ކަމަށެވެ. 

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގާނާ

އިތުރަށް ކިޔާލަން

28 މާރިޗު 2026

ވާޓްޒްގެ މޮޅު ކުޅުމާ އެކު، ޖަރުމަނުން ސްވިޒަލެންޑު ބަލި ކޮށްފި

28 މާރިޗު 2026
ވާޓްޒްގެ މޮޅު ކުޅުމާ އެކު، ޖަރުމަނުން ސްވިޒަލެންޑު ބަލި ކޮށްފި
10 ޖެނުއަރީ 2026

ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އެމެރިކާގައި ހައްޔަރު ކޮށްފި

10 ޖެނުއަރީ 2026
ގާނާގެ ކުރީގެ ފިނޭންސް މިނިސްޓަރު އެމެރިކާގައި ހައްޔަރު ކޮށްފި
14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު