Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުންގެ ސެކިއުރިޓީ

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

5 ޖުލައި 2026 | އާދީއްތަ 08:36

ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ހަރަކާތްތަކުގައި ސެކިއުރިޓީ ނުދޭން މަޖިލީހުގެ ކޮމިޓީން ނިންމުމާ ގުޅިގެން، އެމްޑީޕީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ އެއްވުންތަކަކީ އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ ވަގުތު ކަމަށާއި، މި ނިންމުމުގެ ސަބަބުން އެ ބޭފުޅުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2026 | އާދީއްތަ 08:36
އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު.

އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު. | ރާއްޖެ އެމްވީ

ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި އެ ބޭފުޅުންނަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަން ކުޑަވާ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭނީވެސް ސިޔާސީ އެއްވުންތަކުގެ ތެރެއިންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ބޭރުގެ އެކި ޤައުމުތަކުގެ ތާރީޚަށް ބަލާއިރުވެސް، ސިޔާސީ އިސް ބޭފުޅުންނަށް އަމާޒުކޮށް ދީފައިވާ ގިނަ ޙަމަލާތަކަކީ އެފަދަ އެއްވުންތަކާއި މުޒާހަރާތަކުގެ ތެރެއިން ދީފައިވާ ޙަމަލާތައް ކަމަށެވެ. އެހެންކަމުން، އެފަދަ ވަގުތުތަކުގައި ސެކިއުރިޓީ ކަނޑާލުމަކީ އެ ބޭފުޅުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ނިންމުމެއް ކަމަށް އެމްޑީޕީން ދެކެ އެވެ.

  ބޭރު ޤައުމުތަކަށް ބަލާލިނަމަވެސް ފެންނަން އޮތީ އެ މަންޒަރު، އެގޮތުން ސިޔާސީ އެކި ބޭފުޅުންނަށް ދެވިފައިވާ ޙަމަލާތަކަށް ބަލާއިރު، އެންމެ ގިނަ ޙަމަލާތައް އަމާޒުކޮށްފައިވަނީ ސިޔާސީ އެކި އެއްވުންތަކުގެ ތެރެއިން، ވީމާ އެކަމާ އެމްޑީޕީން ނުހަނު ކަންބޮޑުވަން.
އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މި އުސޫލަށް ބަދަލު ގެންނަން ނިންމާފައިވަނީ އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

އެމްޑީޕީ20 ވަނަ ރައްޔިތުންގެ މަޖިލީސް241 ކޮމިޓީކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
01 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި

01 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް މަޖިލީހުން ފާސް ކޮށްފި
01 ޖުލައި 2026

ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!

01 ޖުލައި 2026
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މައްސަލަތައް ފުނިޖެހިފައި ހުއްޓައި، 5 މިނެޓުން ކޮމިޓީތައް ނިންމާލައި އެލަވަންސްތައް ނަގަމުންދާތީ މެމްބަރު ކުޑޫގެ ކަންބޮޑުވުން!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް