Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖްލިސް

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

އެމްޑީޕީގެ ލީޑަރޝިޕުގެ މީހުން "އަލްޙަމްދު" ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަންޖެހޭނެ ކަމަށް ވިދާޅުވެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ. ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ބަހުސްގައި ޖަނާބު މިފަދަ މޭރުމަކުން ވާހަކަދެއްކެވިއިރު، މިއީ ދީނީ ކަންކަމާ ގުޅުވައިގެން މަސްލަހަތު ގެއްލޭ ގޮތަށް ދެއްކެވި ވާހަކައެއް ކަމަށް ބުނެ މީގެ ކުރިން ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ވެސް ވަނީ އޭނާއަށް ރައްދު ދެއްވާފަ. މަޖިލީހުގެ މި ބަހުސްގައި ސަރުކާރު މެންބަރުން ބިލުގެ މައުޟޫއަށް ވާހަކަދެއްކުމުގެ ބަދަލުގައި އިދިކޮޅު މެންބަރުންނަށް ޒާތީ ހަމަލާތައް ދެމުންދާކަން ފާހަގަކުރެވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 29 ޖޫން 2026 | ހޯމަ 13:19
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)، ހޯމަ ދުވަހުގެ ޖަލްސާގައި ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ މެދު ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)، ހޯމަ ދުވަހުގެ ޖަލްސާގައި ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ މެދު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕުން ޤުރްއާންކިޔަވަން، ސޫރަތުލްފާތިޙާ ކިޔަވަން އެދުނު ކަމުގައި ވިޔަސް، އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރަށްވެހިކަމުގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕުގެ ނިޔަތް ނުބައިކަމުން، އެމީހުން "އަލްޙަމްދު" ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަން ޖެހޭނެ ކަމަށެވެ.

 އަޅުގަނޑުގެ ޢިއްޒަތްތެރި އަޚުންނާ އަޅުގަނޑުގެ ރައްޓެހި ހުރިހާ މެމްބަރުންނަށް އަޅުގަނޑު ދަންނަވާލާނީ އެމްޑީޕީގެ މި ވަގުތު މި އޮތް ލީޑަރޝިޕް އަލްޙަމްދު ކިޔަން ބުންޏަސް އެކަމާ އަޅުގަނޑުމެން ވާނެ ދެކޮޅު ހަދަން. ސަބަބަކީ އެމީހުންގެ ނިޔަތް ނުބައިކަމުން. 
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)

މީގެ އިތުރުން، ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅިފައިވާ ދާއިމީ އެޑްރެސް ބަދަލުކުރާ ވާހަކައަށް ވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ އެ ބަދަލު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ މެދު މަޖިލީހުގެ ބަހުސް ހޫނުވެފައިވާ އިރު، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ދަނީ ބިލުގެ މައުޟޫއަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ޒާތީ ގޮތުން ބަހުގެ ހަމަލާތައް ދެމުންނެވެ.

ޖަނާބަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ދީނީ ސަރުކާރެއްގެ ގޮތުގައި ދެއްކުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް މެންބަރެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާތަކުގައި އިސްލާމްދީނާ ގުޅުވައިގެން މަސްލަހަތު ގެއްލޭ ފަދަ ވާހަކަ ދައްކަވާ މެންބަރެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަވެފަ އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަނީ، ހޯމަ ދުވަހުގެ ޖަލްސާގައި ޖަނާބު ދެއްކެވި ވާހަކަ އިން ދޭހަވަނީ ޕީއެންސީގެ މެމްބަރުންގެ ޖާލިހުކަަން ކަމުގަ އެވެ. އެގޮތުން އެމްޑީޕީ އިން ކިތަންމެ ރަނގަޅުކަމެއް ހުށަހެޅިޔަސް، ޕީއެންސީ އަކީ އެކަން ބަލައި ނުގަންނާނެކަން މިހާރު ޔަގީންވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޖަނާބުގެ މިފަދަ ވާހަކަތަކަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ މީގެ ކުރިން ރައްދު ދެއްވާފަ އެވެ. ޑރ. އިޔާޟް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ދެއްކުންތެރިކަމުގައި ހައްދުފަހަނަޅާފައިވާ ސަރުކާރެކެވެ. އަދި ޖަނާބު ފަދަ މީހުން މެދުވެރިކޮށް ދީންވެރިކަން ދައްކައިގެން މީހުން ހައްލުވަން މަސައްކަތް ކުރިޔަސް، މިއީ ދީނީ ސަރުކާރެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. އިޔާޟް އިތުރަށް ނަސޭހަތްތެރިވެލެއްވީ، ކޮއްކޮގެ ފިރިމީހާގެ ވެރިކަން ދިފާއުކުރުމުގެ ބަދަލުގައި ހަގީގަތާ އެއްގޮތަށް ވާހަކަ ދެއްކުމަށެވެ.

އެމްޑީޕީއިބްރާހިމް މުހައްމަދު (ޖަނާބު)ޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްރަށްވެހިކަމުގެ ގާނޫނު

އިތުރަށް ކިޔާލަން

29 ޖޫން 2026

ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު

29 ޖޫން 2026
ބައެއް ގާނޫނުތައް ހަދާފައި ހުންނަގޮތުން ރަށްފުށުގައި ދިރިއުޅޭ ރައްޔިތުން ތިބީ ކަސްތޮޅު އެޅުވިފައި: މެންބަރު ސަމީރު
29 ޖޫން 2026

ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު

29 ޖޫން 2026
ރާއްޖެތެރޭ އެއްވެސް މީހަކަށް މާލެ ސަަހައްދުން ގޯތި ނުލިބި، ލިބެނީ ފްލެޓު، މިއުސޫލު އުވާލަން ޖެހޭ: މެންބަރު ގަފޫރު
29 ޖޫން 2026

މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު

29 ޖޫން 2026
މާލޭގެ ރައްޔިތުން ނުތިބޭނެ، ތިބޭނީ ދިވެހި ރައްޔިތުން: މެންބަރު ޒިޔާދު
29 ޖޫން 2026

ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!

29 ޖޫން 2026
ލާމު އެއާޕޯޓާ ގުޅޭ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ރައީސް ވިދާޅުވީ އެއާޕޯޓު އަޅާނީ ހަމަ އިސްދޫކަލައިދޫގައި ކަމަށް!
28 ޖޫން 2026

ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ

28 ޖޫން 2026
ލ އަތޮޅުގެ އެއާޕޯޓުގެ މައްސަލައިގައި މާވަށުގެ ޕީއެންސީ މެމްބަރުން ސަރުކާރު ދެކެ ނުރުހިއްޖެ
28 ޖޫން 2026

ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު

28 ޖޫން 2026
ތަރައްޤީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ، ޕޯޑިއަމްތަކުގައި ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންވެއްޖެ: ޝަމްހީދު
27 ޖޫން 2026

ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް

27 ޖޫން 2026
ބީއެމްއެލް މެދުވެރިކޮށް 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލީ ޕީއެންސީ މަޖިލިސް މެމްބަރުންނަށް: ޔައުގޫބް
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު