Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އެއަރޕޯޓް

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

2 ޖުލައި 2026 | ބުރާސްފަތި 16:31

ހަނިމާދޫ އެއަރޕޯޓަކީ އޭ320 އާއި ބޮއިންގް 737 މަރުކާގެ ބޯޓުތައް އޮޕަރޭޓުކޮށް، ދުނިޔޭގެ މުހިންމު މަންޒިލްތަކުން ސީދާ ދަތުރުތައް ކުރެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ. މި އެއަރޕޯޓަށް ބޮޑެތި ބޯޓުތައް ނުޖެއްސޭ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަކީ އުތުރުގެ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށާއި، މިވަގުތު ޑިމާންޑު ނެތް މިންވަރަށް ވައިޑްބޮޑީ އެއަރކްރާފްޓަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި. އެމްޑީޕީ ސަރުކާރުން އިންޑިއާގެ އެހީގައި ތަރައްގީކުރި މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ތަނެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 16:31
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށް ކުރީގެ އިކޮނޮމިކް މިނސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފަ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: އެމްޑީޕީގެ ސަރުކާރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށް ކުރީގެ އިކޮނޮމިކް މިނސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފަ. | އެޓޯލް ޓައިމްސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ކަމަށާއި، އެތަން ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އެއަރޕޯޓު ތަރައްގީކޮށްފައިވަނީ އެއަރބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށެވެ. މި ބޯޓުތަކަކީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ސީދާ ދަތުރުތައް ކުރެވޭނެ ފެންވަރުގެ ބޯޓުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ޔޫރަޕާއި ޗައިނާ ފަދަ މަންޒިލްތަކުން އަންނަ ފަތުރުވެރިންނަށްވެސް އެ ގައުމުތަކުގެ އެއާޕޯޓުތަކުން ކަނެކްޓިންގ ފްލައިޓުތަކުގައި ހަނިމާދޫ އަށް ދަތުރުކުރެވޭނެ މަގު އޮތީ ތަނަވަސްވެފައި ކަމަށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއަރކްރާފްޓް ތަކުގައި ކަމަށްވާއިރު، މިވަގުތު ޑިމާންޑު ނެތް މިންވަރަށް ވައިޑްބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ކުރިމަގުގައި ޑިމާންޑު އިތުރުވާ ދުވަހަކުން ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން މިހާރުވެސް އޮތީ ހަމަޖައްސާފައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ދާދިފަހުން މަޖިލީހުގައި ވިދާޅުވެފައިވަނީ، ހަނިމާދޫއަށް ބޭރުގެ ފްލައިޓުތައް ނާންނަނީ ދިގު ދަތުރުތައް ކުރާ ބޮޑެތި ބޯޓުތައް ޖެއްސޭނެ އިންތިޒާމު ނެތުމުން ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އެއަރޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ ބޮޑު ތިލަދުންމަތީގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް ދާއިރާ ކުރިއެރުވުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، އިންޑިއާގެ އެގްޒިމް ބޭންކުގެ 136 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީކުރި މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ތަނެކެވެ. މި މަޝްރޫއުގެ ދަށުން 2465 މީޓަރުގެ ދިގު ރަންވޭއަކާއި، 10,300 އަކަމީޓަރުގެ ޒަމާނީ ޓަރމިނަލެއްގެ އިތުރުން، އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކް ކުރެވޭނެ އޭޕްރަން އެއް ވަނީ ގާއިމުކޮށްފަ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްފައްޔާޒް އިސްމާއިލްއެގްޒިމް ބޭންކުއެމްޑީޕީރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިތުރަށް ކިޔާލަން

01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
26 ޖޫން 2026

އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު

26 ޖޫން 2026
އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން: ރައީސް މުއިއްޒު
25 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!

25 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުން މުޅި ރާއްޖޭގައި!
25 ޖޫން 2026

ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ

25 ޖޫން 2026
ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް ވަކި އޮފީހެއް ގާއިމުކުރަން ޖެހުމުން ސަރުކާރުން އައްޔަނުކޮށްފައި ތިބި މީހުންގެ ނާކާމިޔާބީ ހާމަވޭ: ރީކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް