Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

5 ޖުލައި 2026 | އާދީއްތަ 08:45

ރާއްޖޭގެ ބޭންކުތަކުގައި ބޭރު ފައިސާ ނެތުމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފި. ބޭރުން ފައިސާ ހޯދުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ޑޮލަރުގެ އަގު 23 ރުފިޔާއަށް އުފުލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި. އެހެންކަމުން ގައުމުގެ މާލީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 ޖުލައި 2026 | އާދީއްތަ 08:45
 އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު.

އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ނާގާބިލް  ސަރުކާރެއް ކަމަށާ، ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވެސް އަދި ޑޮލަރު ހޯދުމުގެ ގާބިލު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ބޭންކެއްގައި، ޚާއްސަކޮށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް ގައި އެއްވެސް ވަރަކަށް ޑޮލަރު ނެތް ކަމަށެވެ. ބޭރު ފައިސާ ނެތިގެން މިއަދު އެތައް ރައްޔިތުންނެއް ތިބީ ނުހަނު ބޮޑު ކަންބޮޑުވުމެއްގައި ކަމަށާ ވިޔަފާރިވެރިން ވެސް ތިބީ ނުތަނަވަސް ކަމެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ބޭންކް އޮފް މޯލްޑިވްސްގަ ހަމަ ނެތީ އިނގޭތޯ ފައިސާ. ޑޮލަރު. ބޭރު ފައިސާ. ނެތިގެން ވަރަށް ވަރަށް ކަންބޮޑުވެފަ ވަރަށް ގިނަ ރައްޔިތުން ތިބީ. އަދި ޚާއްސަކޮށް އިލްމީ ގޮތުން މިކަންކަމާ ގުޅޭ ގޮތުން ކަންކަން ދިރާސާ ކޮށް ބަލައި، ހަދާ ބޭފުޅުން، އެ ބޭފުޅުންނަށް ރަތް ބޮކި ދިއްލިފަ މިހާރު ވަނީ. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ވެސް ތަކުރާރު ކުރަން ސަރުކާރުން މޭޒު ދަށަށް އަންނަން އެބަ ޖެހެއޭ. މި ސަރުކާރަށް އެއްވެސް ޑޮލަރެއް، ބޭރު ފައިސާ އެއް ބޭރަކުން ނުގެނެވުނު. ހަމަ އެއްވެސް ޑޮލަރެއް. ބޮންޑެއް ވިއްކައިގެން ވެސް ޑޮލަރެއް ނުހޯދުނު. ލުއި ލޯނެއް ނަގައިގެން ވެސް ޑޮލަރެއް ނުހޯދުނު. އަދި އެހެން ކަމެއް ކޮށްގެން ވެސް އިތުރަކަށް ޑޮލަރެއް ނުހޯދުނު. 
 އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިކަމުން ރާއްޖެ އަށް ލިބެމުން އައި ޑޮލަރުގެ އާމްދަނީ ވެސް އިންތިހާ އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މިހުރިހާ ކަމަކުން ވެސް ހާމަވެގެން ދަނީ މި ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރު ގާބިލް ނޫން ކަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ވެސް އަދި ޑޮލަރު ހޯދުމުގެ ގާބިލު ކަމެއް ވެސް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

މިއަދު ބައެއް ފަރާތްތަކުން ޑޮލަރުގެ އަގު 21 ރުފިޔާ އަށް އުފުލޭނެ ކަމަށް ބުނަމުންދާ ކަމަށާ، އެ އަދަދު 23 ރުފިޔާ އަށް ވެސް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެންމެ ފަހުން ގައުމުގެ ހާލަތު ދާނީ ޑޮލަރު ނުލިބޭ ހިސާބަށް ކަމަށާ އަމިއްލަ ފަރާތްތަކުން ބޭންކުގަ ބަހައްޓާފަ ހުރި ޑޮލަރު ވެސް ފަސޭހައިން ނުނެގޭނެ ގޮތަށް ކަންތައްތައް ދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީ އިން އަބަދުވެސް ސަރުކާރަށް، މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ޑޮލަރުގެ ތާށިކަންމެދުއިރުމަތީގެ ހަނގުރާމަމުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް