Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ކައުންސިލް

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

5 ޖުލައި 2026 | އާދީއްތަ 08:42

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލަރުކަމުގެ ޝަރުތެއް އުނިނުވަނީސް މަގާމުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް. އެހެންކަމުން، މި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެމްޑީޕީގެ ގާނޫނީ ޓީމުން މިހާރު ދަނީ ތައްޔާރުވަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2026 | އާދީއްތަ 08:42
ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ: އެނާގެ ގޮނޑި ގެއްލިކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފަ.

ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ: އެނާގެ ގޮނޑި ގެއްލިކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފަ. | އަދަދު

އެމްޑީޕީ އަށް ސޮއިކުރުމުން ވ.ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލުވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ބޯޑުން 30 ޖޫން 2026 ގައި ބޭއްވި ބައްދަލުވުމުގައި ވަނީ ޝުޖާއު އަލީ މަޤާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ މަޤާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފަ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ތިނަދޫ ކައުންސިލް ރައީސް ވަކިކުރިއިރު ޙަވާލާދިން މާއްދާއަކީ މީހަކު ވަކިކުރާއިރު ޙަވާލާދޭންޖެހޭ މާއްދާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލަރެއްގެ ޝަރުތު ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ކަމަށެވެ.

ވީއިރު، ކައުންސިލަރުކަމުގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާގައި ހިމެނޭ ޝަރުތަކާ ތިނަދޫ ކައުންސިލް ރައީސް ޚިލާފުވެފައި ނުވާއިރު، އޭނާ ވަކިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ޕާޓީން ދެކޭކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

  އެ މާއްދާގައި ބުނާ އެއްވެސް ޝަރުތެއް އޭނާގެ ކިބައިން ނިގުޅިގެން، ގެއްލިގެނެއް ނުދޭ، ނުދަނީސް އޭނާ ވަނީ ވަކިކޮށްފައި، އެހެންވެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެމްޑީޕީން މިހާރު ވަނީ ނިންމާފައި.
އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު 

މީގެ އިތުރުން، ޕާޓީގެ ވަކީލުން މިހާރު އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މި ހަފްތާގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނ މިހާރު ވަކީލުން މައްސަލަ މުތާލިއާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީތިނަދޫއެލްޖީއޭސުޖާއު އަލީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރައީސް ނަޝީދު

އިތުރަށް ކިޔާލަން

05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް