Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުންފަތުގެ ޑިއުޓީ

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ކޮންމެ ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ވަނީ ފާސްކޮށްފައި. މި ބަދަލު ގެންނަން ނިންމީ ދުންފަތުގެ ބާޒާރުގައި ކަޅު ބާޒާރެއް އުފެދި އާމްދަނީއަށް އަސަރުކުރާތީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ސަރުކާރުން ބުނާއިރު، އިދިކޮޅު މެންބަރުން ވަނީ ބަޖެޓަށް ކުރާނެ އަސަރު ދިރާސާކުރުމަށް ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2026 | ބުދަ 07:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން. | ރާއްޖެއެމްވީ

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލުގައި ހުށަހަޅާފައިވަނީ ކޮންމެ ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށާއި، އެޑްވެލޮރަމް ޓެކްސް 100 އިންސައްތައިން 30 އިންސައްތައަށް ދަށްކުރުމަށެވެ.

ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް މި ހުށަހެޅީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ ޓެކްސް ވަރަށް ބޮޑަށް މަތިކުރިތާ ދެ އަހަރުވެސް ނުވަނީހެވެ. 2024 ވަނަ އަހަރު ކޮންމެ ސިނގިރޭޓަކުންނާއި ބިޑި އަކުން ނަގާ ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް ބޮޑުކޮށް، އެޑްވެލޮރަމް ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ވަނީ މަތިކޮށްފަ އެވެ.

ޓެކްސް ބޮޑުކުރުމުގެ އިތުރުން ވޭޕާއި އީ-ސިނގިރޭޓް މަނާކުރުމާއި، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަނާކުރުން ހިމެނެ އެވެ. މި ސިޔާސަތުތަކާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައީސް މުޢިއްޒަށް "ވޯލްޑް ނޯ ޓޮބެކޯ ޑޭ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ދީފައިވާއިރު، ގްލޯބަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް އިން ޓޮބެކޯ ކޮންޓްރޯލްގެ ފަރާތުން ރާއްޖެއަށް ވަނީ "އިންޓެގްރިޓީ އެވޯޑް" ދީފަ އެވެ.

އަނެއްކޮޅުން، ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުމާ ގުޅިގެން، ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން އިތުރުވެ، ވޭޕާއި އަގުހެޔޮ ސިނގިރޭޓް ބްރޭންޑްތަކުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން، އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި، މި ފިޔަވަޅުތަކުގެ ސަބަބުން އަމަލީ ގޮތުން ނުކުންނަ ނަތީޖާއާ މެދު ސަރުކާރަށް ވަނީ ސުވާލުތައް އަމާޒުވެފަ އެވެ.

މި މައްސަލައިގެ ކޮމިޓީ ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބިލު ފާސްކުރުމުގެ ކުރިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް، ދައުލަތުގެ ބަޖެޓަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ދިރާސާކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ. ނަމަވެސް ހުށަހެޅުމެއްގެ ގޮތުގައި އެއިން އެއްވެސް ކަމެއް ހުށަނާޅާ ކަމަށް ރިޔާސަތުން ވިދާޅުވެ ބިލު ފާސްކުރީ ސަރުކާރުގެ ފަރާތުން ހުށަހެޅި ގޮތަށެވެ.

ސަރުކާރުން ބުނަނީ މި ދުންފަތުން ނަގާ ޑިއުޓީ ކުޑަކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ކަމަށެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްޑރ. މުޙައްމަދު މުޢިއްޒުދުނިޔޭގެ ސިއްހަތު ޖަމިއްޔާދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސްއެމްޑީޕީދުންފަތުގެ ވިޔަފާރި

އިތުރަށް ކިޔާލަން

01 ޖުލައި 2026

ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ

01 ޖުލައި 2026
ދިވެހި ފިލްމު ފެއަރ އެވޯޑް މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ސަރުކާރުން މި ދަނީ މަސައްކަތް ކުރަމުން: ހީނާ
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން

30 ޖޫން 2026
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ހެޔޮ ކުރެވޭކަށް ނެތް، އެކަށީގެންވާ މިންވަރަށް ފަސިންޖަރުން ނުލިބޭ: އަމީން
30 ޖޫން 2026

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި

30 ޖޫން 2026
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ހިނގި ޚަރަދުތަކާ ގުޅޭގޮތުން ހީނާ ވަލީދުއާ ސުވާލުކުރަން އެޖެންޑާކޮށްފި
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
29 ޖޫން 2026

އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު

29 ޖޫން 2026
އެމްޑީޕީގެ ލީޑަރޝިޕުން ޤުރްއާން ކިޔަވަން އެދުނަސް އެކަމާ ދެކޮޅުހަދަން ޖެހޭ: ޖަނާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު