Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދައުލަތުގެ އާމްދަނީ

ދައުލަތައް ހުސްވި އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީ އަށް ވުރެ މިއަހަރު ލިބުނުވަރު ދަށްވެއްޖެ

14 ޖޫން 2026 | އާދީއްތަ 05:59

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 19.8 އިންސައްތަ ދަށްވުމާ ގުޅިގެން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ ކުޑަކޮށް ދަށްވެފައި. އާމްދަނީގެ އެންމެ ބޮޑު ބައެއް ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް އިން ހިއްސާކުރާއިރު، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 543 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައި. ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ މިހާރު ވަނީ މުރާޖައާކޮށްފައި.

ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 05:59
ދިވެހި ރުފިޔާގެ ބޭންކް ނޫޓެއް.

ދިވެހި ރުފިޔާގެ ބޭންކް ނޫޓެއް. | ޝަޓާ ސްޓޮކް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހު އާމްދަނީގެ ގޮތުގައި ޖުމްލަ 2.63 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް އަންދާޒާކުރި އާމްދަނީއަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 0.3 އިންސައްތަ ދަށް އަދަދެކެވެ.

މީރާ އިން ހާމަ ކޮށްފައިވާ ގޮތުގައި އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި، ޖީ.އެސް.ޓީ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީރާއިން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީގެ 32.6 އިންސައްތައަކީ މުއްދަތު ހަމަވެފައިވާ ފައިސާގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 14.2 އިންސައްތަ އާމްދަނީއަކީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު އާމްދަނީއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވުމުން، ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބެލެވުނެވެ. އެހެންކަމުން، ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ކުރިން ލަފާކުރި އަދަދުތައް ވަނީ ދަށްކޮށް މުރާޖައާކޮށްފައެވެ.

މީރާއިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު އާމްދަނީ ދަށްވީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއާޕޯޓް ޓެކްސް އަދި ފީތަކުން ލިބުނު އާމްދަނީ މަދުވުމުންނެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށްވެފައިވުމަކީ ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ ދަށްވުމަށް ދިމާވި ސަބަބެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މީރާއިން ވަނީ ޖުމްލަ 543 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާ އިން ބުނެފައިވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 372 މިލިއަން ރުފިޔާއާއި، ދަރަނި ސާފުކުރުމުގެ ތެރެއިން ލިބުނު 96 މިލިއަން ރުފިޔާއާއި، ފައިސާ ބަހާލައިގެން ދެއްކުމުގެ އެއްބަސްވުންތަކުން ލިބުނު 64 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފޯނުން ގުޅައިގެން 5 މިލިއަން ރުފިޔާ އަދި އެހެނިހެން ފިޔަވަޅުތައް އަޅައިގެން 4 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

2026 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ 63.6 އިންސައްތަ ނުވަތަ 1.7 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްއިންނެވެ. އެއީ 185 މިލިއަން ރުފިޔާ ނުވަތަ 7.1 އިންސައްތައެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 178 މިލިއަން ރުފިޔާ (6.8 އިންސައްތަ)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 152 މިލިއަން ރުފިޔާ (5.8 އިންސައްތަ)، ޑިޕާޗާ ޓެކްސްގެ ގޮތުގައި 152 މިލިއަން ރުފިޔާ (5.8 އިންސައްތަ) އަދި ރިސޯޓް ކުލީގެ ގޮތުގައި 129 މިލިއަން ރުފިޔާ (4.9 އިންސައްތަ) ވަނީ ލިބިފައެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޖީއެސްޓީ ގްރީން ޓެކްސްފަތުރުވެރިކަންމޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީރާއްޖޭގެ އިގުތިސާދު

އިތުރަށް ކިޔާލަން

14 ޖޫން 2026

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026
ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ
10 ޖޫން 2026

އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

10 ޖޫން 2026
އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ
06 ޖޫން 2026

ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ

06 ޖޫން 2026
ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ
03 ޖޫން 2026

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

03 ޖޫން 2026
ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި
27 މެއި 2026

މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ

27 މެއި 2026
މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
24 މެއި 2026

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

24 މެއި 2026
ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް