Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ހިނގައްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، މިދިޔަ އޭޕްރިލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 25.6 އިންސައްތަ ވަނީ ދަށްވެފައި.

ރާއްޖެ އެމްވީ | 3 މެއި 2026 | އާދީއްތަ 18:36
މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރުމާ ގުޅިގެން، 2026 މާރިޗު 1 ވީ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރޭނެ ގޮތެއް ނެތިފައި ތިބި ފަސިންޖަރުން މަޑުކޮށްލައިގެން.

މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރުމާ ގުޅިގެން، 2026 މާރިޗު 1 ވީ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރޭނެ ގޮތެއް ނެތިފައި ތިބި ފަސިންޖަރުން މަޑުކޮށްލައިގެން. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، މިދިޔަ އޭޕްރިލް މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 147,600 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް ޒިޔާރަތްކުރި 198,322 ފަތުރުވެރިންނާ އަޅާބަލާއިރު 25.6 އިންސައްތައިގެ ދަށްވުމެކެވެ. އެއީ އަދަދުގެ ގޮތުން ބަލާނަމަ 50,722 ފަތުރުވެރިންގެ މަދުވުމެކެވެ. މީގެ އިތުރުން، 168,366 ފަތުރުވެރިން ޒިޔާރަތްކުރި 2024 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރުވެސް، މިއަހަރުގެ އޭޕްރިލް މަހުގެ އަދަދު ވަނީ 12.3 އިންސައްތަ ނުވަތަ 20,766 ފަތުރުވެރިން މަދުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ މީހުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ޖުމްލަ 202,214 މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ އޭޕްރިލް މަހު މި އަދަދު ވަނީ 24.4 އިންސައްތަ ދަށަށް ގޮސް 152,861 އަށް ތިރިވެފައެވެ. މިއީ 49,353 މީހުންގެ މަދުވުމެކެވެ.

އޭޕްރިލް މަހު ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 147,600 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 1,804 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 3,457 ފަސިންޖަރުންނެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 4,920 ފަތުރުވެރިންނެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވެފައި، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. 

ފަތުރުވެރިކަންރާއްޖޭގެ އިގުތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިންގ އެއް ތަޢާރަފުކޮށްފި.

23 އެޕްރީލު 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރި އެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: އޭޑީބީ

17 އެޕްރީލު 2026
އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އޭޕްރީލް 8 ވަނަ ދުވަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި މުއިއްޒުގެ ސަރުކާރަށް ދެއްކިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

01 އެޕްރީލު 2026
ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު

ދިވެހި ރުފިޔާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭ މިނިވަންކޮށް އޮވެގެން: ކުރީގެ އިޤްތިސޯދީ ވަޒީރު, އަޙްމަދު މުޙައްމަދު

31 މާރިޗު 2026
ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

30 މާރިޗު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު