Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަށް އޮތް ކުއަޓަރުގައި ފެންނަނީ ނާއުއްމީދީ ގޮތެއްގައި: އެމްއެމްއޭ

14 ޖޫން 2026 | އާދީއްތަ 04:47

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް ވަނީ ލަފާކޮށްފައި. މި މުއްދަތުގައި ރިސޯޓް ބުކިންތަކާއި ލިބޭ އާމްދަނީގެ އިތުރުން ކޮޓަރިތަކުގެ އަގުތައް ވެސް ދަށަށްދާނެ ކަމަށް އިންޑެކްސްތަކުން ދައްކާ. މީގެ އިތުރުން، ކުންފުނިތަކުގެ މާލީ ހާލަތާއި ޖުމްލަ ވިޔަފާރީގެ މާހައުލު ނެގެޓިވްވެ، ދާއިރާގެ ކުރިމަގާ މެދު އޮތް އިތުބާރު ވަނީ ކުޑަވެފައި.

ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 04:47
އަރިއަތޮޅު އުތުރުބުރީގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓް.

އަރިއަތޮޅު އުތުރުބުރީގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓް. | ގެޓީ އިމޭޖަސް

އަހަރުގެ ކުރިއަށް އޮތް ތަނަށް ބަލާއިރު، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތުގެ ތަަސައްވަރު ނުވަތަ އައުޓްލުކް ފެންނަނީ ނާއުއްމީދީ ގޮތެއްގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފި އެވެ.

އެމްއެމްއޭ އިން ޝާއިއުކޮށްފައިވާ ކުއަޓާލީ ބިޒްނަސް ސާވޭ ގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު އިންޑެކްސްތައް ވަނީ ނެގެޓިވްވެފައެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީގެ އިންޑެކްސް 171 ޕޮއިންޓް ދަށަށް ގޮސް މައިނަސް 90 އަށް ވެއްޓިފައިވާއިރު، ރިސޯޓް ބުކިންގްސް އިންޑެކްސް ވަނީ 160 ޕޮއިންޓް ދަށަށް ގޮސް މައިނަސް 78 އަށް ތިރިވެފައެވެ.

ވިޔަފާރި ހިންގުމަށް ހިނގާ ޚަރަދުތައް ނުވަތަ އިންޕުޓް ޕްރައިސް އިންޑެކްސް 30 ޕޮއިންޓް ދަށަށް ގޮސް 30 ގައި ހުރިއިރު، ކޮޓަރިތަކުގެ އެވްރެޖް ރޭޓް ހުންނާނެ ކަމަށް ލަފާކުރާ އިންޑެކްސް ވަނީ 152 ޕޮއިންޓްގެ ބޮޑު ދަށްވުމަކާއެކު މައިނަސް 90 އަށް ވެއްޓިފައެވެ. މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި މަސައްކަތްތެރިންނަށް ހިނގާ އެހެނިހެން ޚަރަދުތަކުގެ އިންޑެކްސް ވެސް ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 65 ޕޮއިންޓް ދަށަށް ގޮސް މައިނަސް 9 އަށް ތިރިވެފައެވެ.

މުޅި ވިޔަފާރީގެ ހާލަތާއި މާލީ ހާލަތަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދެ ދާއިރާގެ އިންޑެކްސްތައް ވެސް ވަނީ ނެގެޓިވްވެ، ހާލަތު އިތުރަށް ގޯސްވެފައެވެ. އެގޮތުން ވިޔަފާރީގެ ޖުމްލަ ހާލަތު އަންގައިދޭ އިންޑެކްސް 75 އިން -80 އަށް ދަށަށް ގޮސްފައިވާއިރު، ކުންފުނިތަކުގެ މާލީ ހާލަތު އަންގައިދޭ އިންޑެކްސް ވަނީ 66 އިން މައިނަސް 67 އަށް ވެއްޓިފައެވެ.

ފަތުރުވެރިކަންރިސޯޓުރާއްޖޭގެ އިގުތިސާދު މަރުކަޒީ ބޭންކް އެމް.އެމް.އޭ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖޫން 2026

އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ

10 ޖޫން 2026
އާމްދަނީގެ ގޮތުގައި މެއި މަހު ލިބުނު އަދަދު ދަށްވެއްޖެ
06 ޖޫން 2026

ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ

06 ޖޫން 2026
ކޮންމެ މަޑިއަކުން 2.6 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ
03 ޖޫން 2026

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

03 ޖޫން 2026
ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި
27 މެއި 2026

މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ

27 މެއި 2026
މެއި މަހު އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް ހިނގައްޖެ
26 މެއި 2026

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

26 މެއި 2026
ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް
24 މެއި 2026

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

24 މެއި 2026
ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް
19 މެއި 2026

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް