Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މާލީ ހާލަތު

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

6 ޖުލައި 2026 | ހޯމަ 08:55

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަމާއި ފައިސާ ހޯދުމުގައި މި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފާހަގަކުރެއްވި. ބޭންކުތަކުން ޑޮލަރު ލިބުން ދަތިވެ އިގްތިސާދީ ނުރައްކަލެއްގެ ތެރެއަށް ގައުމު ގޮސްފައިވާތީ، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ސިޔާސީ ހުރިހާ ފަރާތްތަކާއެކު މަޝްވަރާގެ މޭޒަށް އައުމަށް އެ ޕާޓީން ވަނީ ގޮވާލާފަ. ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި ހާލަތުން އަރައިގަތުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ ކޮމިޓީތަކުން ވެސް ދިރާސާތައް ކުރަމުންދާ ކަމަށް އެ ޕާޓީން ބުނޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖުލައި 2026 | ހޯމަ 08:55
 އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި

އެމްޑީޕީ ގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށް ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަން މިހާރު ސާފުވެފައިވާ ކަމަށާ އެމަނިކުފާނު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ މަޝްވަރާ ކުރުމަށް އެ ޕާޓީގެ ފަރާތުން އެދިފައިވާ ކަމަށެވެ. އަދި އަބަދުވެސް މަޝްވަރާގެ މޭޒުމައްޗަށް އައުމަށް އެދޭނެ ކަމަށާ ހަމަ މިހާރު ވެސް މަޝްވަރާގެ މޭޒުމައްޗަށް ހުރިހާ ބޭފުޅުން ވެސް ވަޑައިގަތުމަކީ ކޮންމެހެން ވެސްބޭނުންތެރި ކަމެއް ކަމަށެވެ.

އަދި މިއަދު ރާއްޖޭގެ މާލީ މައްސަލަތައް މި ހުރި ގޮތުން، މި ސަރުކާރަށް އެކަން ހައްލު ކުރެވެން ނެތް ކަން ވަރަށް ބޮޑަށް ސާފު. ހަމަ ވަރަށް ބޮަޑަށް ސާފު. ބޭންކް އޮފް މޯލްޑިވްސްގަ ހަމަ ނެތީ އިނގޭތޯ ފައިސާ. ޑޮލަރު. ބޭރު ފައިސާ. ނެތިގެން ވަރަށް ވަރަށް ކަންބޮޑުވެފަ ވަރަށް ގިނަ ރައްޔިތުން ތިބީ. އަދި ޚާއްސަކޮށް އިލްމީ ގޮތުން މިކަންކަމާ ގުޅޭ ގޮތުން ކަންކަން ދިރާސާ ކޮށް ބަލައި، ހަދާ ބޭފުޅުން، އެ ބޭފުޅުންނަށް ރަތް ބޮކި ދިއްލިފަ މިހާރު ވަނީ. އެހެންވީމާ އަޅުގަނޑުމެން އަނެއްކާ ވެސް ތަކުރާރު ކުރަން ސަރުކާރުން މޭޒު ދަށަށް އަންނަން އެބަ ޖެހެއޭ. 
އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރަށް ބޭރު ފައިސާ އެއް ބޭރުން ގެނެވިފައި ނުވާ ކަމަށެވެ. އެގޮތުން ބޮންޑެއް ވިއްކައިގެން ވެސް ޑޮލަރެއް ނުހޯދުނު ކަމާށާ ލުއި ލޯނެއް ނަގައިގެން ވެސް އަދި އެހެން ކަމެއް ކޮށްގެން ވެސް އިތުރަކަށް އެންމެ ޑޮލަރެއް ވެސް ނުހޯދުނު ކަމަށެވެ. އެހެން ކަމުން އަބަދުވެސް މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ހުރިހާ ފަރާތަކަށް ވެސް އެ ޕާޓީ އިން ގޮވާލާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ފަރާތުން ވެސް ރާއްޖޭގެ މާލީ ހަލާތާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި މަޝްވަރާތައް ޕާޓީގެ އެތެރޭގެ ކޮމިޓީތަކުން ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިކަންކަމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެމްޑީޕީ އިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ

05 ޖުލައި 2026
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ކަމުނުދާތީ މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރު ކުރަނީ
05 ޖުލައި 2026

މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު

05 ޖުލައި 2026
މުއިއްޒުގެ އުރައްޕަތެއް ނެތް އިންޒާރަށް ނަޝީދުގެ ރައްދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް