Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ސިޔާސަތުތައް

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

4 ޖުލައި 2026 | ހޮނިހިރު 14:01

ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާއި ކުއްލި ނިންމުންތަކުގެ ސަބަބުން ޤައުމުގެ ނިޒާމުތައް ޚަރާބުވަމުންދާކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ޚާއްޞަކޮށް ދުންފަތުގެ ޑިއުޓީއަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގައި ދުންފަތުގެ ކަޅު ބާޒާރެއް އުފެދިފައިވާކަން ފާހަގަކުރައްވައި، މިއީ ދުރު ރާސްތާގެ ޕްލޭނެއް ނެތި ޒާތީ ތައައްސަބާއި ކުއްލި ރުޅީގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2026 | ހޮނިހިރު 14:01
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ


ރާއްޖޭގައި ނުހަނު ރަނގަޅަށް ހިނގަހިނގާ ހުރި ނިޒާމުތައް ޚަރާބުވެ، ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މައުރޫފް މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ، ޤައުމެއްގެ ގޮތުގައި ރާއްޖެ ހަލާކުވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާއި، ކަންކަމުގައި ކުއްލި ނިންމުންތައް ނިންމަވާ އުސޫލުގެ ސަބަބުން ކަމަށެވެ. އެގޮތުން އެކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅި" ކަމަށް މައުރޫފް ވިދާޅުވި އެވެ.

ވަކިން ޚާއްޞަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ސަރުކާރުން ފެށި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، ރާއްޖޭގައި ދުންފަތުގެ ކަޅު ބާޒާރެއް އުފެއްދީވެސް ސީދާ ސަރުކާރުން ކަމަށެވެ.

ޤައުމުގައި ނުހަނު ރަނގަޅަށް ހިނގަހިނގާ ހުރި ނިޒާމުތައް ޚަރާބުވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ "ސިނގު ރުޅީގެ" ސަބަބުން، ހަގީގަތުގައި ޤައުމެއް ހަލާކުވެގެން މި ދަނީ ރައީސްގެ މި ދެންނެވި ސިނގު ރުޅީގެ ސަބަބުން،ދުންފަތުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެއްދީވެސް ސަރުކާރުން، އެ ކަޅު ބާޒާރު ފުޅާވެގެން ދިޔައީ ސަރުކާރުން މި ގެނައި ބަދަލުތަކާ ގުޅިގެން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ސަރުކާރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ގެނައި އެކި ބަދަލުތަކާއެކު ކަޅު ބާޒާރު އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ސިނގިރޭޓުގެ އަގު ސަރުކާރުން އަލުން ހެޔޮކުރަން ނިންމި ނަމަވެސް، އުފެދިފައިވާ ކަޅު ބާޒާރު ނައްތައެއް ނުލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޙާލަތު ކުރިއަށްވުރެވެސް އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވުމުގެ ބަދަލުގައި، އެ އަދަދު އިތުރަށް ގިނަވެގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައިވަނީ ދުރު ރާސްތާގެ ޕްލޭނެއްގެ މައްޗަކަށް ނޫނެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ނިޒާމުތަކަށް ބަދަލު ގެންނަންވާނީ ވަށާޖެހޭ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ޒާތީ ތައައްސަބާއި ކުއްލި ރުޅީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމައުރޫފް ޒާކިރުޓީވީ ޓޯކްދުންފަތުގެ ކަޅު ބާޒާރު

އިތުރަށް ކިޔާލަން

04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް