Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސް ނުލިބުމުގެ މައްސަލަ

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

4 ޖުލައި 2026 | ހޮނިހިރު 18:13

ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބަދަލުކޮށް އަލުން ހުޅުވުމަކީ ހަމައެކަނި ހެޑްލައިން ހެދުމަށް ކުރި ކަމެއް ކަމަށާއި، އިލްމީ ދިރާސާއެއް ނެތި ކުރާ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ބޭސް ނުލިބުމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ގައުމުގެ ހާލަތު އިތުރަށް ގޯސްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ޖުލައި 2026 | ހޮނިހިރު 18:13
އެމްޓީޑީސީ ގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޓީޑީސީ ގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

މި ސަރުކާރުން ރާއްޖެ އަށް ބޭސް ގެންނާނީ ޔޫރަޕުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާ ނަމަވެސް ޔޫރަޕުން ގެނައި ބޭހެއް ކެއި ދިވެހި ރައްޔިތަކު ނެތް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހުރިހާ ކަމެއް ކުރަން އުޅޭ ސަރުކާރެއް ކަމަށެވެ. މިއީ ހެޑްލައިން ހަދަން އުޅޭ ސަރުކާރެއް ކަމަށާ އެހެން ނަމަވެސް ރައްޔިތުންނަށް މިއަދު ކަންކަން އޮޅުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާލުމުން މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ފެނި، ހާމަވެގެން ދާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. 

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފެނުނު ރައީސުލްޖުމްހޫރިއްޔާ ހުޅުވާފަ ހުރި ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާފަ ހުއްޓާ ޚާއްސަކޮށް ނަމެއް އެކަނި ކިޔައި، ނަމެއް އެކަނި ބަދަލު ކޮށްލާފަ، ގްރޭޓަރ ސިޓީ މާލޭ އޭރިޔާގެ ހޮސްޕިޓަލްތަކުގެ ޗެއިން ނަމުގައި ރައީސް ބޮޑު އިވެންޓެއް ބާއްވާ ދަރުމަވަންތަ ހޮސްޕިޓަލް އަލުން ހުޅުވާދެއްވި. ހަމައެއާއެކު ވިދާޅުވީ ތިމަންމަނިކުފާނުގެ ސަރުކާރުގަ ބޭސް ގެންނާނީ ޔޫރަޕުންނޭ. އަޅުގަނޑުމެން އަދި ނުކަން އެ ޔޫރަޕް ޕެނަޑޯލް އެއް. ހަމަ އެއްކަލަ އިންޑިއާގެ ބޭސް އަޅުގަނޑުމެން މި ކަނީ. 
އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު 

މި ސަރުކާރުން އެއްވެސް ކަމެއް ކުރަނީ އިލްމީ ދިރާސާއެއް ވެސް ކުރުމެއް ނެތި ކަމަށާ، ކުރާ އެފަދަ ކަންކަމުން ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ. 

ކިތަންމެ ބޮޑު ކުންފުންޏެއް ހަދައި، އެމްޑީ އެއް ލައި، އެތަނަށް މުވައްޒަފުން ލިޔަސް މިއަދުގެ ހަގީގަތަކީ ރައްޔިތުންނަށް ބޭސް ނުލިބޭ ކަން ކަމަށް ތަޒްމީލް ވިދާޅުވި އެވެ. ކޮންމެ ތަނަކަށް ގޮސް ރައްޔިތުންނާ ސުވާލު ކޮށްލިއަސް ލިބޭނީ އެ ޖަވާބު ކަމަށާ ހުރިހާ ރައްޔިތުން ވެސް ކުރަނީ ބޭސް ނުލިބޭތީ އެކަމުގެ ޝަކުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ސަރުކާރަކީ ކަންކަން ރަނގަޅު ކުރަން އައި ސަރުކާރު ކަމަށާ އެހެން ނަމަވެސް އެކަން ކުރަން އައި ސަރުކާރުން މިއަދު އެއަށްވުރެ ދަށް ހާލަތަކަށް ގައުމުގެ ހާލަތު ވައްޓާލުމުން އެވާހަކަ ހުރިހާ ރައްޔިތުން ވެސް ދައްކާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުތަޒްމީލް އަބްދުއްސަމަދުއެމްޓީޑީސީބޭސް ނުލިބުން

އިތުރަށް ކިޔާލަން

04 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި

04 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެމެރިކާގެ ރައީސް އަށް ތަހުނިޔާ ފޮނުއްވައިފި
04 ޖުލައި 2026

ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް

04 ޖުލައި 2026
ޤައުމުގެ ޙާލަތު ގޯސްވަމުންދަނީ ރައީސް މުއިއްޒުގެ "ސިނގު ރުޅީގެ" ސަބަބުން: މައުރޫފް
04 ޖުލައި 2026

ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު

04 ޖުލައި 2026
ބޭންކުތަކަށް އަތާ، ފަޔާ ބޮލާ ބާނައިގެން އެތަންތަން ފުނޑާލަމުން ސަރުކާރުން އެ ދަނީ: ޣަފޫރު
03 ޖުލައި 2026

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

03 ޖުލައި 2026
ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު
02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް