Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖުތަމައަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް: ރައީސް މުއިއްޒު

3 ޖުލައި 2026 | ހުކުރު 10:31

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ އިޖުތިމާއީ އަސްލު ސަބަބުތަކަށް އަމާޒުކޮށްގެން ސަރުކާރުން ވަށާޖެހޭ ސިޔާސަތެއް ތަންފީޒުކުރަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މިކަމުގެ ތެރެއަށް ވަދެފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އުތުރުތިލަފަޅުގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން މަޝްރޫއެއް ހިންގުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި. މި މަޝްރޫއުގެ އަމަލީ މަސައްކަތް މާލަސްތަކެއްނުވެ ފެށި، މި ދައުރުގެ ތެރޭގައި އޭގެ ހަގީގީ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 10:31
"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ފުލުހުން ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނބުރާ މުޖްތަމައުގެ ތެރެއަށް ދިއުމުގެ މައްސަލަ ފުލުހުންގެ ތެރޭގައި އޮތް ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުކުރު ދުވަހު ރައީސް އޮފީހުން ޝާއިޢުކުރި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މީގެ ކުރީގައި އަޅުގަނޑު ފުރަތަމަ އައިސް ބަލާލިއިރު ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް އެބަހުރި ޑްރަގް އެންފޯސްމަންޓް ކަންތައްތަކުގައި، މިސާލަކަށް ރެއިޑްކޮށްގެން މި ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖްމައަށް ދިއުމާއި، ނުބައި ނުފޫޒްތައް ވެސް ހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ވަކިތައް މިހާރު ފުލުހުންގެ ތެރެއިން ނައްތާލާފައިވާ ކަމަށެވެ. އަދި އެފަދަ ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ މިހާރު ވަރަށް ނީވޭނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖެއިން ފޮހެލަން ދާންޖެހޭނީ ރޫޓްކޯޒްތަކަށް ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވި އެވެ. އަދި މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ހާމަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ސަރުކާރުން މި މައްސަލަތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެއްވި އެވެ. މީގެއިތުރުން، އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތަޢުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތް ވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ ތެރެއަށް ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާނުން ވަންނަ ރޫޓްކޯޒްތަކާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ޙައްލު ނުކުރެވޭނެ ކަމަށާއި ސަރުކާރުން މިކަމުގެ ރޫޓްކޯޒްތަކަށް އެޑްރެސްކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަޤީޤީ ބަދަލު އަންނާނެގޮތަށްކަން މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވި އެވެ. އެކަމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަޙައްދެއް ކަނޑައަޅައިގެން އެތަނުގައި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް މިކަމަށް ހުށަހަޅައިފައިހުރި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާކަން ފާހަގަކުރަައްވާފައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންގޮސް އިރާދަކުރެވިއްޔާ މި ދައުރުގެ ތެރޭގައި މިކަމުގެ ނަތީޖާ ފެނިގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމަސްތުވާތަކެތިދަ ޕަލްސް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

02 ޖުލައި 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް