Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަރލް ގައިޑް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

2 ޖުލައި 2026 | ބުރާސްފަތި 19:16

ރާއްޖޭގައި ގަރލް ގައިޑްގެ ޚިދުމަތަށް 75 އަހަރު ފުރުމާ ގުޅިގެން، ސަރުކާރުން ވަނީ ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައި. މި މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ އެވޯޑްތައް ހާސިލުކުރި 14 ގައިޑަރަކަށް ރައީސުލްޖުމްހޫރިއްޔާ އެވޯޑް ހަވާލުކޮށްދެއްވިއިރު، މިއީ އަންހެނުން ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްކަން ފަސްޓް ލޭޑީ ފާހަގަކުރެއްވި. މި ހަރަކާތް މިހާރު ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް ފުޅާވެ، 14،000 އަށްވުރެ ގިނަ މެންބަރުން އަންނަނީ ޚިދުމަތް ކުރަމުން.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 19:16
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަނީ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަނީ | ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބުރާސްފަތި ދުވަހުގެ ރޭ ޝަރަފްވެރިކޮށްދެއްވައިފި ކަމަށް ރައީސް އޮފީހުން ހާމަ ކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފަ އެވެ. ދިވެހިރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރި އެވެ.

ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރަކީ ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ ފަޚްރުވެރި އަހަރުކަން ފާހަގަކުރައްވާފަ އެވެ. އަދި މިއީ ރާއްޖޭގައި ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުނު ތާރީޚީ ދުވަހުގެ ގޮތުގައި ސިފަކުރެއްވި އެވެ.

ގަރލް ގައިޑް ޙަރަކާތަކީ ފަރުދީ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މުހިންމު ޚިދުމަތެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ދިވެހިރާއްޖޭގައި މި ޚިދުމަތަށް 75 އަހަރު ފުރުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މި އަހަރުން ފެށިގެން ސަރުކާރުން ރަސްމީކޮށް ގަރލް ގައިޑް ދުވަސް ފާހަގަކުރަން ފެއްޓެވުމަކީ ކުރިއަށް އޮތް ތަނުގައި މި ޙަރަކާތަށް އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފަ އެވެ.

ގަރލް ގައިޑަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ ވަރަށް ބޭނުންތެރި ބިނާކުރުމެއް ކަމުގައި އެކަމަނާ ވިދާޅުވި އެވެ. ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ގައިޑާޒް ވޮރަންޓް ލިބިވަޑައިގަތް ފަރާތްތަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވުމާއި، ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްދެއްވުމުގެ އިތުރުން ސާވިސް އެވޯޑް ޙަވާލުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔަ އެވެ.

1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފަ އެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުގަރލް ގައިޑްމޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސްސާޖިދާ މުހައްމަދު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
02 ޖުލައި 2026

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި

02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން

01 ޖުލައި 2026
އޭސީސީއަކީ އުފަންވީއްސުރެ ބޭކާރު ތަނެއް، މިހާތަނަށް އެކޮމިޝަނުން ބަލަމުން ދަނީ ކުރީ ސަރުކާރުތަކުގެ މައްސަލަތައް: އަލީ ހުސެއިން
01 ޖުލައި 2026

ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!

01 ޖުލައި 2026
ރައީސް މުއިއްޒުގެ ވައުދުތައް ފައްޗަކަށް އަމުނާލައްވައި މެމްބަރު މައުރޫފު ކުރެއްވި ސުވާލަކީ ވެރިކަމަށް ވަޑައިގެންނެވީ ކާކު ބުނެގެންތޯއޭ!
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން

30 ޖޫން 2026
މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރު: މިނިސްޓަރ އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް