Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިގްތިސާދު

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ތައުލީމީ އަދި ސިއްހީ ދާއިރާ ހިމެނޭހެން ހުރިހާ ދާއިރާއަކުން ސަރުކާރު ފެއިލްވެފައިވާ ކަމަށް. ދައުލަތުގެ ދަރަނި އިތުރުވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކާއި މިނިވަން މުއައްސަސާތައް ސިޔާސީކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް. އެހެންކަމުން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޮޑު ބަދަލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 08:47
އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ގައުމުގެ އިގްތިސާދު އެކުއެކީގައި ހުއްޓިފައިވާ ކަމަށާއި، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.ގެ ގަވަރުނަރު އަހުމަދު މުނައްވަރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައްވައިފި އެވެ. 

އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޮޑު ބަދަލު ހަރުގެ ޖަލްސާގައި އަމީރު ވަނީ ރާއްޖޭގެ އިގްތިސާދު ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަމީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާއަކަށް ބެލި ނަމަވެސް ފެންނަމުން ދަނީ ބޮޑުތަނުން ސަރުކާރު ފެއިލް ވެފައިވާ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތައުލީމީ، ސިއްހީ، އިޖްތިމާއީ އަދި އެހެނިހެން ހުރިހާ ދާއިރާއެއް ފެއިލްވެ، ގައުމުގެ އިގްތިސާދު އެކުއެކީގައި ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރަށް ދެ އަހަރާއި ބަައި ވެގެންދާއިރު، ހަމައެކަނި ހިތްހަމަ ޖެހުމެއް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގައި ކަމަށާއި، ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވެސް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. 

އަމީރު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އެތައް ބުކިން އެއް ކެންސަލްވެ، ގައުމީ އުފެއްދުންތެރިކަން ބޮޑުތަނުން ދަށްވެ، ސަރުކާރަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.  ނަމަވެސް މިސަރުކާރުގެ ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި، ހުރިހާ ކަމެއްގައި އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަމީރު ވިދާޅުވީ އެއްވެސް ސަރުކާރެއްގައި ސިޔާސީ ނުކުރާ ކުންފުނިތައް މިސަރުކާރުން ސިޔާސީކޮށް ހަލާކު ކުރަމުންދާ ކަމަށެވެ. 

ރާއްޖޭގެ އުފެއްދުންތެރިކަން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް މި ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން، މަޑުޖެހެމުން. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅަށް ބަލައިލިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އެބަފެނޭ ތަރައްގީގެ އެއްވެސް މަޝްރޫއެއް ހަގީގަތުގައި މި ދެ އަހަރު ތެރޭގައި ކުރިޔަކަށް ނުދެއޭ. ސަރުކާރު މިއޮތް ނާޒުކު ހާލަތުގައި އިގްތިސާދަށް ހެޔޮ ބަދަލެއް ގެނެވޭނީ އަޅުގަނޑުމެން މި ބޮޑު ބަދަލުގެ ވާހަކަ ދައްކައިގެން. އަޅުގަނޑުމެން މިސާލަކަށް ސަރުކާރުގެ ކުންފުނިތަކަށް ބަލައިލިކަމުގައި ވިޔަސް، އެމް.އޭ.ސީ.އެލްއަށް ބަލައިލިކަމުގައި ވިޔަސް، ރާއްޖޭގެ އެއްވެސް ސަރުކާރަކުން ސިޔާސީ ނުކުރާ މިންވަރަށް އެމް.އޭ.ސީ.އެލް ވެސް މި އޮތީ ސިޔާސީކޮށްފަ. ސަރުކާރު ހިންގުމާއި، ސަރުކާރަށް ފައިސާދޭ ކުންފުނިތަކުގައި އެމް.އޭ.ސީ.އެލްވެފައި މި އޮތީ. ބީ.އެމް.އެލް އަށް ބަލައިލިކަމުގައި ވިޔަސް، އަދި އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަވެގެން އެބަދޭ.  
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ބީއެމްއެލްއާ އެއްކޮށް، ރާއްޖޭގެ ސެންޓްރަލް ބޭންކުގެ ޒިންމާ ސެންޓްރަލް ބޭންކަށް ނުނެގޭކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މިއަދުގެ ގަވަރުނަރު ހުރީ ބޮޑުތަނުން ފެއިލްވެފައި ކަމަށާއި، ގަވަރުނަރު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެންދަނީ، ރާއްޖޭގެ ދަރަންޏަށް ބެލިކަމުގައި ވިޔަސް، ވަރަށް ގިނަ ވާހަކަތައް މި ސަރުކާރުން އެބަ ދައްކާ. ތިމަންނާމެން ކުރީ ސަރުކާރުން އޭރު ނެގި، ދަރަނިތައް ދައްކަމުންދާ ވާހަކަ. އެކަމަކު ހަގީގަތުގައި އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، އެއްވެސް ވަރަކަށް ހަގީގަތުގައި ދަރަނި މަދެއް ނުވޭ. 2023 ވަނަ އަހަރު ސަރުކާރު ބަދަލުވެގެން އައިއިރު، ދަރަނީގެ ގޮތުގައި ހުރީ 125.9 ބިލިއަން ރުފިޔާ. 2025 ވަނަ އަހަރު، މިދިޔަ އަހަރު ނިމިގެން އައިއިރު ހުރީ 154 ބިލިއަން ރުފިޔާއަށް. މިހާރުވެސް ހުރީ 154 ބިލިއަން ރުފިޔާ. 400 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ތިމަންނަމެން ސަރުކާރުން އިތުރު ލޯނު ނުނަގަމޭ ބުނިއިރު އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެންނަށް އެބަފެނޭ އެސްޓީއޯ އިން ބޭރުން 100 މިލިއަން ޑޮލަރު ހޯދައިގެން، އެސްޓީއޯ އިން އެ 100 މިލިއަން ޑޮލަރު ސަރުކާރަށް ދީގެން ސަރުކާރުން މި ކަންތައް މި ކުރަމުންދަނީ. އެހެންވީމާ، ހުރިހާ ކަންތައްތައް އިގްތިސާދު މި ދަނީ ފެއިލްވަމުން.
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ މިއުޅެނީ އެމްޑީޕީ ވެރިކަމެއް ނެތިގެން ނޫން ކަމަށާއި، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރުވާން ޖެހޭ ކަމަށާއި، އިގްތިސާދު ކުރިއަރުވައި، ރަނގަޅު ހެޔޮ ވެރިކަމެއް ކުރަން ޖެހޭ ކަމަށެވެ. 

ނަމަވެސް މި މަންޒަރު ރާއްޖެއިން މިހާރު ނުފެންނަ ކަމަށާއި، ބޮޑު ބަދަލެއް ގައުމަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީއިބްރާހިމް އަމީރުއިގްތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

ސިޔާސީ މަސްރަހަށް ''ސިޔާސީ އިރު'' ވަނީ އަރާފައި، އެއާއެކު މިހާރު މުޅި ގައުމުން ދަނީ ވާދަވެރިކަން ފެންނަމުން: ވައްޑެ

06 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

05 މެއި 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު