Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސަރުކާރުގެ މިޑްޓާމް ރިޕޯޓް: ފާހެއް ނުވޭ

ސަރުކާރުގެ ދައުރުގެ މެދުތެރެއަށް އައިއިރު، ބޯހިޔާވަހިކަމާއި އިގްތިސާދީ ވައުދުތައް ނުފުއްދޭތީ އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައި. ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި އަމަލާ ދިމާނުވުމުގެ އިތުރުން، ސިއްހީ ދާއިރާގެ މައްސަލަތަކާއި ވަޒީފާގެ ފުރުސަތުތައް މަދުވުމުން ރައްޔިތުން ތިބީ މާޔޫސްވެފައި. އެހެންކަމުން، އަމަލީ ނަތީޖާ ނުނެރެވި ބަހަނާ ދެއްކުމުގައި ސަރުކާރު އޮތުމުން، މިޑްޓާމް ރިޕޯޓުން ސަރުކާރު ވަނީ ފޭލްވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2026 | އާދީއްތަ 10:17
ސަރުކާރުގެ ދައުރުގެ މެދުތެރެއަށް އައިއިރު، ބޯހިޔާވަހިކަމާއި އިގްތިސާދީ ވައުދުތައް ނުފުއްދޭތީ އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައި.

ސަރުކާރުގެ ދައުރުގެ މެދުތެރެއަށް އައިއިރު، ބޯހިޔާވަހިކަމާއި އިގްތިސާދީ ވައުދުތައް ނުފުއްދޭތީ އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައި. | ރާއްޖެ އެމްވީ

ސަރުކާރުތައް ބަދަލުވެ، އައު ވެރިން އިންތިޚާބުވަނީ އެ ވެރިން ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކެއްގެ މައްޗަށެވެ. ރައްޔިތުން ވޯޓު ދެނީ ކަންކަން ބަދަލުވެ، ރަނގަޅުވެ، ނުވަތަ ކަންކަން ފުރިހަމަވާނެ ކަމަށް އުއްމީދުކޮށްގެންނެވެ. މިހާރުގެ ސަރުކާރުގެ ދައުރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފާއިތުވެފައިވާއިރު، މިހާރު އުފެދޭ ސުވާލަކީ ސަރުކާރުން މި ދެންނެވި ވައުދުތައް ފުއްދާފައިވަނީ ކިހާ މިންވަރަކަށްތޯއެވެ؟

ބޯހިޔާވަހިކަމާއި، އިގްތިސާދީ ދިރުން އިއާދަކުރުމާއި، ވަޒީފާ އުފެއްދުމާއި، ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ބޮޑެތި އުމްރާނީ މަޝްރޫއުތައް ސަރުކާރުގެ އެޖެންޑާގައި ހިމެނިފައި އެބައޮތެވެ. ނަމަވެސް އެ އެޖެންޑާއަށާއި މެނިފެސްޓޯއަށް އަމަލީ ސިފަ އައިސްފައިވާ މިންވަރު، މިފަހުން ބާއްވަމުންދާ އިންތިޚާބުގެ ނަތީޖާތަކުންވެސް ދަނީ ފެންނަމުންނެވެ. ރައްޔިތުން ސަރުކާރާމެދު ނުރުހޭ މިންވަރު ވޯޓުން ދަނީ ފެންނަމުންނެވެ.

ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދެވެ. ސަރުކާރުން ވައުދުވީ ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދީ، އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. ނުވިތާކަށް އެކި ނަންނަމުގައި ބިޔަ، ބޮޑެތި ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް އިއުލާނު ކުރިއެވެ.

އެ އިއުލާންތައް ކުރި ނަމަވެސް، ބޯހިޔާވަހިކަމަށް އެދިފައިވާ ގިނަ ފަރާތްތަކެއް އަދިވެސް ތިބީ އަމަލީ ނަތީޖާއެއްގެ އިންތިޒާރުގައެވެ. އެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދާއިރު، ސަރުކާރުގެ މިޑްޓާމްއާ ހިސާބަށް އައިއިރު އަދި ރައްޔިތަކަށް ދެވުނު ބޯހިޔާވަހިކަމެއް ނެތެވެ. ނުވިތާކަށް ކުރިން ނިންމާފައިވާ މަޝްރޫއުތަކުގެ ދަށުން ގޯއްޗާއި ފްލެޓު ޙަވާލު ކުރުންވެސް އެތައް ގުނައަކަށް ވަނީ ލަސްވެގެން ގޮސްފައެވެ.

މީގެ އިތުރުން، ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަކީވެސް ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދަނީ ފެންނަމުންނެވެ.

ދައުލަތުގެ މާލީ ހާލަތު ވަރުގަދަކުރުމަށާއި، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ދަރަނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ނުނިކުންނާތީ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، މާލީ ފިއްތުންތަކާއި، ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމާ މެދު އޮތް ކަންބޮޑުވުންތައް އަދިވެސް ހުރީ ހަމަ އެ ގޮތުގައެވެ.

ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް ތައާރަފުކޮށްފައެވެ. ނަމަވެސް، ސަރުކާރުގެ އާ މަގާމުތަކަށް މީހުން އައްޔަންކުރުމާއި އިތުރު މަގާމުތައް އުފެއްދުން ކުރިއަށްދާއިރު، ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި ފެންނަން އޮތީ ދެފުއް ދެގޮތް ކަމާއި، ބަހާއި އަމަލު ދިމާނުވުމެވެ.

މިއަދުގެ ޒުވާނުންނަށްވެސް ވަޒީފާގެ ކުރިމަގާއި، އުޖޫރައާއި، އަދި ފަންނީ ގޮތުން ކުރިއަށްދިއުމަށް ހުރި ފުރުސަތުތަކާ މެދު ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ.

ޚާއްސަ ދާއިރާތަކުން ކިޔަވައިގެން ތިބި ގިނަ ދަސްވެނިންތަކެއް ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ޝަކުވާ ކުރަމުންދާއިރު، މިހާރު ކިޔަވަމުންދާ ޒުވާން ދަރިވަރުންނަށްވެސް ރާއްޖެއިން ބޭރުގައި އެތައް ތަކުލީފުތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން، ބޭސް ނުލިބުމުގެ މައްސަލައާއި، އަސާސީ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާތަކުގެ އިތުރުން، ސްޕެޝަލިސްޓުން ލިބުމުގެ ދަތިކަމާއި، ފަރުވާ ހޯދުމުގައި ހުރި ލަސްތަކާއި، ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ހިނގާ ޚަރަދުތަކުގެ އިތުރުން ސިއްހީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުންވެސް އާންމުންގެ ކަންބޮޑުވުންތައް ދަނީ ފާޅުވަމުންނެވެ.

ޖުމުލަކޮށް ދަންނަވާނަމަ ސަރުކާރުގެ ދައުރުގެ މެދުތެރެއިން ފެންނަން އޮތީ ނަތީޖާއެއް ނުނެރެވި، އެކިއެކި ބަހަނާތައް ދައްކައި، ބޭކާރު ކަންކަމުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ މަންޒަރެވެ. އެހެންކަމުން ހަގީގަތުގައި މި ސަރުކާރުން މިޑްޓާމް ރިޕޯޓުގައި ފާހެއް ނުވިއެވެ.

ބޯހިޔާވަހިކަންއިގްތިސާދުރީ-އެމްޕްލޯއިމަންޓްސިއްހީ ދާއިރާމިޑްޓާމް

އިތުރަށް ކިޔާލަން

14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

13 ޖޫން 2026
އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު
03 ޖޫން 2026

މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!

03 ޖޫން 2026
މިއަހަރު ރައީސް އޮފީހަށް އާންމުންގެ ފަރާތުން 500އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި، ބޯހިޔާވަހިކަމާއި ތަރައްޤީއާ ގުޅޭ ޝަކުވާވެސް ހިމެނޭ!
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

20 މެއި 2026
މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު