Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމުގެ ހާލަތު

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު މިންވަރު ސަރުކާރުން ހާމަ ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއެކު މަޝްވަރާކޮށްގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 08:54
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026 | ސްކްރީން އިމޭޖް

ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މިހާރު ގޯސް ކަމަށާއި، މިއީ ނެތް ކަމެއް ކަމަށް ސަރުކާރުން ހަދާ ނަމަ ހާލަތު ވާނީ އިތުރަށް ގޯސް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު މިންވަރު ސަރުކާރުން އާއްމުންނަށް ހާމަކުރަމުން ނުދާ ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވުމެއް ކަމަށެވެ. މި ވަގުތަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު އެއް މޭޒަކަށް އައިސް ކަންކަމާ މެދު މަޝްވަރާ ކުރަންވީ ވަގުތު ކަމަށް އަމީރު ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދުގެ ހާލަތު އިތުރަށް ދަށަށް ނުދާނެ ގޮތްތަކެއް ހޯދޭނީ އޭރުން ކަމަށް އަމީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ފަތުރުވެރިކަމުގެ ޙާލަތު ގޯސް. މިއީ ދާއިރާގެ މީހުންނާއި އެކު މަޝްވަރާ ކުރަންވީ ވަގުތު. ކުރިއަށް އިންތިހާބެއް ނެތް. ސަރުކާރުން މި ވާހަކަ ނުދައްކަން އުޅެން ޖެހޭ ސަބަބެއް ނެތް. ދަރަނި ދައްކާ މުސާރަ ދެވުނަސް އިގްތިސާދު ރަނގަޅެއް ނޫން." އަމީރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތު ފިޔަވާ އެހެން ހުރިހާ ސިނާއަތެއް އޮތީ މި ސަރުކާރު އައި ފަހުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް އަމީރު ވިދާޅުވި އެވެ. ކޮވިޑްގެ ދުވަސް ވަރު ވެސް ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކޮށްގެން އަޅަން ޖެހުނު މުހިންމު ފިޔަވަޅުތައް އެޅި ކަމަށާއި ފިޔަވަޅު ނާޅާ ކަންކަން ދޫކޮށްލުމަކީ މަޝްރަހު އިތުރަށް ގޯސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދާ ވަރަށް ގައުމުގެ އިގްތިސާދު ދަށް ވެގެންދާނެ ކަމަށް ވެސް ޝާޒް ވަނީ ވިދާޅުވެފަ އެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވަމުންދާތީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ލަފާކުރެ އެވެ. އަދި އެކަމުގެ ސީރިއަސްކަން ހާމަކޮށް ސަރުކާރުގެ އެހީތެރިކަމަށް ވެސް އެ ޖަމިއްޔާ ޖަމާއަތްތަކުން އެދިފައިވެ އެވެ.

އެހެންނަމަވެސް އެ އަދަދުތަކާ މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މި ހިސާބަށް ދަށް ވުމުގެ ފަހަތުގައި ވެސް ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުގެ މައްސަލަ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އިބްރާހިމް އަމީރުފަތުރުވެރިކަންއިގްތިސާދުރައީސް މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު