Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހްމަދު ޝަމްހީދު

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރޭ، މިއީ އެންމެ އިވެންޓު ގިނަ ސަރުކާރު: ޝަމްހީދު

ސަރުކާރުން ބޭކާރު ހަރަދުތައް އިތުރުކޮށް އިސްރާފު ކުރަމުންދާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ތުހުމަތު ކުރައްވައިފި. ރާއްޖޭގެ ދަރަނި ޖީޑީޕީގެ 130 އިންސައްތައާ ގާތްކުރާއިރު، ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތައް ބޮޑުވެ، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އޭޑީބީގެ ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފަ. ސަރުކާރުން ހިންގުމުގެ ހަރަދުތައް ކުޑަނުކޮށް ގިނަ ރަސްމިއްޔާތުތައް ބާއްވަމުންދާތީ، މާލީ ހާލަތު ރަނގަޅު ކުރުމަށް ސީރިއަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މެންބަރު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 5 ޖޫން 2026 | ހުކުރު 18:43
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު | ރާއްޖެ އެމްވީ

މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރާ ކަމަށާ މިއީ އެންމެ ގިނައިން އިވެންޓު ބާއްވާ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަ ކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު ކޮންމެ ކަމަކަށް ދައްކާ ބަހަނާ އަކީ މެދުއިރުމަތީގެ ހާލަތު ކަމަށެވެ. ނަމަވެސް ސަރުކާރެއްގެ ޒިންމާ އަކީ އެފަދަ ކަންކަމާ އެކު ވެސް ގައުމު ކުރިއެރުވުން ކަމަށާ ނިމުނު އެމްޑީޕީ ވެރިކަމުގައި ވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ކުރިއަށް ދިއަ ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށް މެންބަރު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއްގައި ވެސް ފައިސާ އިސްރާފު ކުރަމުންދާ ކަމަށާ ޚަރަދު ކުޑަކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. 

އަޅުގަނޑަކަށް ސަރުކާރު ޚަރަދުކުޑަކުރާތަނެއް އެއްވެސް އިރަކު ނުފެނޭ. އެންމެ ބޮޑަށް އެހެން ބުނަން މި ޖެހެނީ އަޅުގަނޑަށް ފެންނަނީ ބޮޑަށް މި ސަރުކާރަކީ އެންމެ ގިނައިން އިވެންޓު ބާއްވާ ސަރުކާރު. އަޅުގަނޑު ނުދެކެން މިހާގިނަ އިވެންޓު ބާއްވާ ސަރުކާރެއް. އެހެންވީމަ އެއިން ކޮންމެ އިވެންޓަކީ ވެސް ވަރަށް ފައިސާ. ބޭނުމެއް ނެތް އިވެންޓުތަކެއް މި ބާއްވަނީ. ހަމަ އެއް ކަމަކަށް ތިން ހަތަރު ރަސްމިއްޔާތު އެބަ އޮވޭ. މިސާލަކަށް އޭދަފުށީ ހައުންސިންގް މަޝްރޫއު ތިން ހަތަރު ފަހަރު އިފްތިތާހު ކޮށްފި. އެހެންވީމާ ޚަރަދު ކުޑަކުރުމުގައި އަދިއެއް ނެތް ސީރިއަސް މަސައްކަތްތްތަކެއް ކޮށްފައެއް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގޮތް ދޫ ނުކުރުމާއި މި ހަގީގަތްތައް ގަބޫލު ނުކުރުން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ އިދިކޮޅުން ދައްކާ ވާހަކަވެސް، ރައްޔިތުން ދައްކާ ވާހަކަވެސް އަދި އެހެން ބަޔަކު ވެސް ދައްކާ ވާހަކަ މި ސަރުކާރުން ނާހާ ކަމަށެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި، ތެލުގެ އަގަށާއި، ދައުލަތުގެ މާލީ އަދި ބޭރުގެ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާއެކު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) އެޕްރީލް 2026" ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވީ، އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރާއްޖެއިން ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީ ނަމަވެސް، ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ބޮޑުވަމުންދާ ކަމަށާއި، އެހެންކަމުން މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ކެޕިޓަލް ޚަރަދުތަކުން ބޮޑު ބައެއް އުނިކުރުމާ ގުޅިގެން 2025 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ކުޑަވި ނަމަވެސް، ހިންގުމުގެ ޚަރަދުތައް ނުވަތަ ރިކަރަންޓް ޚަރަދުތައް ދިޔައީ އިތުރުވަމުންނެވެ. ސުކޫކަށް ފައިސާ ދެއްކުމަށްފަހުވެސް، ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 130 އިންސައްތައާ ގާތްކުރާ މިންވަރެއްގަ އެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވެ، ފަތުރުވެރިކަން ދަށްވުމުގެ ސަބަބުން ޓެކްސް އާމްދަނީ ދަށްވެ އެވެ. މީގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބާރު ބޮޑުވެފައިވާއިރު، ބޭރުން ފައިނޭންސް ހޯދުމަށް ހުރި ފުރުސަތުތައް ވެސް ވަނީ ހަނިވެފަ އެވެ.

އަހްމަދު ޝަމްހީދުއޭޝިއަން ޑިވެލޮޕްމެންޓް ބޭންކްރަޝިޔާ-ޔުކްރެއިން

އިތުރަށް ކިޔާލަން

02 ޖޫން 2026

ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

02 ޖޫން 2026
ރަޝިޔާއިން ޔުކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
18 މެއި 2026

ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

18 މެއި 2026
ރަޝިޔާ އަށް ޑްރޯން ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
10 މެއި 2026

ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ޒެލެންސްކީއާ ބައްދަލު ކުރަން ތައްޔާރު: ޕުޓިން

10 މެއި 2026
ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރެވިއްޖެ ނަމަ، ޒެލެންސްކީއާ ބައްދަލު ކުރަން ތައްޔާރު: ޕުޓިން
10 މެއި 2026

ޔޫކްރެއިން ހަނގުރާމަ ނިމެން ކައިރި ވެއްޖެ ކަމަށް ޕުޓިން ވިދާޅުވެއްޖެ

10 މެއި 2026
ޔޫކްރެއިން ހަނގުރާމަ ނިމެން ކައިރި ވެއްޖެ ކަމަށް ޕުޓިން ވިދާޅުވެއްޖެ
09 މެއި 2026

ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

09 މެއި 2026
ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
07 މެއި 2026

ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި

07 މެއި 2026
ޔޫކްރެއިން އަށް ހަމަލާ ދޭނެ ކަމަށް ބުނެ، އެ ޤައުމުގައި ތިބި ޑިޕްލޮމެޓުންނަށް ރަޝިޔާ އިން އިންޒާރު ދީފި
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
20 އެޕްރީލު 2026

ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި

20 އެޕްރީލު 2026
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ބޭރު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު