Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިގްތިސާދީ ކަންބޮޑުވުން

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި : އަމީރު

މާލީ ހާލަތާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށް ބުނެ ސަރުކާރުން ސިޔާސީ ވާހަކަ ދެއްކުމުގެ ބަދަލުގައި، ހަގީގީ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ދައުލަތުގެ ކަންކަން ސިއްރުވެރި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކާ މެދު އަމީރު ވަނީ އިންޒާރު ދެއްވާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 20 މެއި 2026 | ބުދަ 12:48
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026 | ސްކްރީން އިމޭޖް

މިދިޔަ އަހަރާއި އަޅާ ބަލާ ނަމަ 19 މޭއި އާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައެއްހާ ތަނުން ވަނީ މަދުވެފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވަނީ ފަތުރުވެރިކަން ދަށްވަމުންދާ މިންވަރު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކުން ފެންނަން ހުރި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބަލާ ނަމަ،  ތަފާސްހިސާބަށް ބަލާ ނަމަ މިދިޔަ ދެ އަހަރާއި އަޅާ ބަލާ އިރު ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 1600 އިން މަދުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރާއްޖޭގެ އިގްތިސާދާއި މެދު ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ސަރުކާރުން މި ވަގުތު ބުނުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ އިގްތިސާދުގެ ހަމަ އެކަނި އަލި ކަމަކަށް އޮތީ ފަތުރުވެރިކަން ކަމަށް ވާއިރު އެ ސިނާއަތް ދަށް ވެގެން ދާން ދޫކޮށްލައިގެން ނުވާނެ ކަމަށް އަމީރު ވިދާޅުވި އެވެ. މިދިޔަ އަހަރާއި އަޅާ ބަލާނަމަ ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން މަދު ވެފައިވާ ކަމަށާއި އެކަމުގެ ގެއްލުން އެ ސިނާއަތަށް އިންތިހާ އަށް ކުރާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާ އިރު ސަރުކާރުން އެންމެ އެކަށީގެންވާ މިންވަރަށް ކަންކަމަށް ތައްޔާރުވަމުން ނުދާކަމަށާއި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ރައްޔިތުންނަށް ވާނުވާ ނޭނގި ވަރަށް ސިއްރުން ކަންކަން ކުރަމުންދާތަން." އަމީރު ވިދާޅުވި އެވެ. 

އަމީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ކޮންސްޓްރަކްޝަން ކުންފުނިތަކާއި ކުދި ވިޔަފާރިތައް ވެސް ދަނީ ބަނގުރޫޓު ވުމާއި ދިމާލަށް ކަމަށް ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އަދި ދަރަނި ދެއްކުމާއި މުސާރަ ދިނުން ދަށް ނުވި ނަމަވެސް މުޅި އިގްތިސާދު އޮތީ ވަރަށް ދަށް ހާލަތުގައި ކަމަށް އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތާއި މެދު ކަންބޮޑުވާން ނުޖެހޭ ކަމަށް ސަރުކާރުން ބުނާތީ އެކަމަށް އަމީރު ވަނީ ފާޑު ވިދާޅުވެފަ އެވެ. މި ވަގުތު ރާއްޖޭގެ ދަރަނިތައް ދައްކާ، ކުންފުނިތަކުގެ މުސާރަ ދެވުނު ނަމަވެސް ދުނިޔޭގެ އިގްތިސާދީ ހާލަތާއި ގުޅިގެން ޤައުމުތަކުން އަޅަމުންދާ ފަދަ ފިޔަވަޅުތަކެއް ރާއްޖެ އިން އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ކަންކަން ރަނގަޅު ކަމަށާއި ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށް ބުނެ ދައްކަނީ ސިޔާސީ ވާހަކަތައް ކަމަށާއި އެކަމުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނީ ފަހުން ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ. 

އިބްރާހިމް އަމީރުފަލަސުރުހީމެދުއިރުމަތީ ސުލްހައިގްތިސާދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ގައުމުގެ އިގްތިސާދު ވަނީ ހުއްޓިފައި، ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

06 މެއި 2026
ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"

ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"

05 މެއި 2026
މަޝްރޫޢުތައް ހުއްޓިފައި ހުންނަތާ އެތައް ދުވަހެއް! އެކަމަކު އެންމެ ފަހުން ކުށްވެރިވީ ހަނގުރާމައިގެ ހާލަތު!

މަޝްރޫޢުތައް ހުއްޓިފައި ހުންނަތާ އެތައް ދުވަހެއް! އެކަމަކު އެންމެ ފަހުން ކުށްވެރިވީ ހަނގުރާމައިގެ ހާލަތު!

25 އެޕްރީލު 2026
ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު