Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އަވަހާރަކޮށްލި އީރާނުގެ ލީޑަރު ޚާމަނާއީގެ ކަށު ނަމާދުގައި އެތައް މިލިއަން މީހުން ބައިވެރިވެއްޖެ

5 ޖުލައި 2026 | އާދީއްތަ 07:21

އެމެރިކާ އާއި އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި އީރާނުގެ ލީޑަރުގެ ކަށުނަމާދާއި ވަދާއީ ސަލާމް ކުރުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް މިލިއަނުން މީހުން ތެހެރާނަށް ޖަމާވެފައިވާއިރު، ޖަނާޒާގެ ހަރަކާތްތައް އަންގާރަ ދުވަހު ގުމްގައި އަދި ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި. ލީޑަރުގެ އިތުރުން އާއިލާގެ ބައެއް ބޭފުޅުންގެ މައްޗަށް ވެސް ކަށުނަމާދު ކުރެވިފައިވާއިރު، ފަސްދާނުލުމުގެ ރަސްމިއްޔާތު އޮންނާނީ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައި. މީގެ އިތުރުން، އިރާގުގެ ނަޖަފް އާއި ކަރުބަލާގައި ވެސް ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައި.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 07:21
އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ބާއްވާ ވަދާއީ ރަސްމިއްޔާތުގައި ބައިވެރިވުމަށް، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތައް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ބާއްވާ ވަދާއީ ރަސްމިއްޔާތުގައި ބައިވެރިވުމަށް، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާންގެ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތައް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި. | ގެޓީ އިމޭޖަސް

އިސްލާމީ އިންގިލާބުގެ ޝަހީދުވެފައިވާ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ކަށު ނަމާދުގައި ބައިވެރިވުމަށް އީރާނާއި އެހެނިހެން ގައުމުތަކުން މިލިއަނުން މީހުން އާދީއްތަ ދުވަހު ޖަމާވެއްޖެ އެވެ.

ތެހެރާންގެ އިމާމް ޚުމައިނީ މިސްކިތުގައި ބޭއްވި މި ނަމާދު އިމާމުވެ ކުރެއްވީ އާޔަތުﷲ ޖައުފަރު ސުބްހާނީއެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެ އެވެ.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އެތައް މިލިއަން މީހުން ވަނީ ޖަމާވެފައި

ޝަހީދުވެފައިވާ ލީޑަރުގެ ހަށިކޮޅުގެ މައްޗަށް ކުރެވުނު ކަށުނަމާދު ފެށުމުގެ އެތައް ގަޑިއިރެއް ކުރިން، ނަމާދުކުރާ ހޯލުގެ އެތެރެ ފުރި ބާރުވުމުގެ ސަބަބުން އެ އިމާރާތަށް ވަންނަން ހުރި ހުރިހާ ދޮރުތަކެއް ވަނީ ބަންދުކޮށްފަ އެވެ.

ނަމާދުކުރާ ހޯލުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތައް އޮތީ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީއަށް އިހުތިރާމް އަދާކުރުމަށާއި ކަށުނަމާދުގައި ބައިވެރިވުމަށް އެއްވި ގިނަ އަދަދެއްގެ މީހުންނާއެކު ފުރިފަ އެވެ.

ކަށު ނަމާދު ކުރިއަށް ގެންގޮސްފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ނަމާދު ކުރެވުނީ ލީޑަރުގެ ހަށިކޮޅުގެ މައްޗަށެވެ. ދެވަނަ އަދި ތިންވަނަ ނަމާދު ކުރެވުނީ އިސްރާއީލާއި އެމެރިކާގެ ހަމަލާގައި އަވަހާރަވި ޚަމަނާއީގެ އާއިލީ އެހެން ފަރާތްތަކުގެ މައްޗަށެވެ.

އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މައްޗަަށް ކުރެވޭ ކަށުނަމާދު

ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ހެނދުނު ތެހެރާންގެ އިމާމް ޚުމައިނީ މިސްކިތުގައި ވަނީ ފަށާފަ އެވެ. މި އެއްވުމަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކުރުމަށްޓަކައި އިންތިހާއަށް ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފަ އެވެ.

އިހްތިރާމުގެ ހިންގާލުންތައް އަންގާރަ ދުވަހު ގުމްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. ޝަހީދުވެފައިވާ ލީޑަރު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައެވެ.

އާޔަތުﷲ ޚާމަނާއީ ޝަހީދުވެފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދޭންފެށި އެއްވެސް އުސޫލެއް ނެތް އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ.

ވަދާއީ ސަލާމް ކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ހެނދުނު ފަށާފައިވާއިރު، މި ރަސްމިއްޔާތު އާދީއްތަ ދުވަހުގެ ނިޔަލަށް ގްރޭންޑް އިމާމް ޚުމައިނީ މުސައްލާގައި ކުރިއަށްދާނެއެވެ.

ތެހެރާންގައި ބާއްވާ ޖަނާޒާގެ މައި ހިންގާލުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހަށެވެ.

ޖަނާޒާގެ ރަސްމިއްޔާތުތައް އަންގާރަ ދުވަހު ގުމްގައި، އަދި ބުރާސްފަތި ދުވަހު މަޝްހަދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ލީޑަރު ފަސްދާނުލާނީ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ މަގުބަރާގައެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ޝަހީދުވެފައިވާ ލީޑަރަށް އިހުތިރާމް އަދާކުރުމުގެ ހާއްސަ ރަސްމިއްޔާތުތަކާއި ޖަނާޒާގެ ކަންކަން ބުދަ ދުވަހު މުގައްދަސް ރަށްތައް ކަމަށްވާ ނަޖަފް އާއި ކަރުބަލާގައި ވެސް ކުރިއަށްދާނެއެވެ.

ހުކުރު ދުވަހު ތެހެރާންގައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، އިއްޒަތްތެރިންގެ އިތުރުން ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެން ރަސްމީގޮތުން ތައުޒިޔާ ކިޔުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

މަސްދަރު: ޕްރެސްޓީވީ

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއީރާންއެމެރިކާ-އިޒްރޭލް-އިރާން

އިތުރަށް ކިޔާލަން

04 ޖުލައި 2026

މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟

04 ޖުލައި 2026
މުޖުތަބާ ޚާމަނާއީ އެމަނިކުފާނުގެ ބައްޕާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަނީ ކީއްވެ؟
04 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

04 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!
04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް