Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީރާން-ދިވެހިރާއްޖެ

ޚާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މަންދޫބު އިސް ތަރުޖަމާނަށް ޔާގީނެއް ނޫން!

4 ޖުލައި 2026 | ހޮނިހިރު 12:30

އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އަވަހާރަވުމާ ގުޅިގެން ބޭއްވި ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބިފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ރާއްޖޭގެ ސަފީރެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވޭ. ނަމަވެސް މި ޖަނާޒާގައި ބައިވެރިވާ ބޭރު ގައުމުތަކުގެ މަންދޫބުންގެ ތެރޭގައި ރާއްޖޭގެ މަންދޫބެއް ހިމެނޭކަން އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވޭ. މީގެ އިތުރުން، އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔަކު އަވަހާރަވުމުން ރާއްޖެއިން އަމަލުކުރާ އުސޫލުން ތައުޒިޔާ ފޮނުވުން ފަދަ ކަންކަން މިހާތަނަށް ކޮށްފައި ނުވާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 12:30
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު 2026 ޖުލައި 3 ވަނަ ދުވަހު އީރާނުގެ ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ މިސްކިތުގައި ކުރިއަށް ދަނީ.

އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު 2026 ޖުލައި 3 ވަނަ ދުވަހު އީރާނުގެ ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ މިސްކިތުގައި ކުރިއަށް ދަނީ. | ގެޓީ އިމޭޖަސް

އަވަހާރަކޮށްލާފައިވާ އީރާނުގެ ކުރީގެ އެންމެ މަތީވެރިޔާ އާޔަތުﷲ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮންބޭފުޅެއްކަން ސަރުކާރުގެ އިސް ތަރުޖަމާނަށް ޔަގީން ނުވާކަން މި ނޫހަށް އެނގިއްޖެ އެވެ.

ރާއްޖެޓީވީން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ސުވާލު ކުރުމުން ވިދާޅުވީ، ޖަނާޒާ ގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނު ކަމަށެވެ. 

"ދައުވަތު ލިބުނު، ގަބޫލު ކޮށްފައިވާނީ،" މުންދު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވާނީ ގަލްފް ސަރަހައްދުގައި ހުންނަވާ ސަފީރެއް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އެއީ ކޮން ބޭފުޅެއްތޯ ދެންނެވުމުން، މުންދު ވިދާޅުވީ، "އެ ސަރަހައްދުގައި ހަތަރު އެމްބަސީ ހުންނާނެ" ކަމަށާއި "ބައިވެރިވާނީ އެތަނުން ބޭފުޅަކު" ކަމަށެވެ.

އަވަހާރަކޮށްލެވުނު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަށް 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުންނާއި 20 މިލިއަނެއްހާ އާއްމުން ތެހެރާނަށް ޖަމާވާނެ ކަމަށް ބެލެވޭ ކަމަށް އީރާނުގެ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ތެރޭގައި ތުރުކުމެނިސްތާނުގެ ޕީޕަލްސް ކައުންސިލްގެ ރައީސް ގުރުބަންގުލީ ބަރްދީ މުހައްމަދޯވް، އިރާގުގެ ރައީސް ނިޒާރު އާމިދީ، އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިނިއަން، ތަޖިކިސްތާނުގެ ރައީސް އިމޯމަލީ ރަހްމާން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އިރާގު، އަޒަރުބައިޖާން، ބަންގްލަދޭޝް، އުޒްބެކިސްތާން، ބެލަރޫސް އަދި ކިރިގިސްތާނުގެ މަޖިލިސް ރައީސުންނާއި، ނިކަރާގުއާ، ކޮންގޯ އަދި ބުރުކީނާ ފާސޯގެ ޚާރިޖީ ވަޒީރުންނާއި، މިސްރުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއި، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޮމާންގެ މަޖިލިސް ރައީސް ވެސް ވަނީ ޖަނާޒާ ގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުރްލާން ޔެރްމެކްބަޔޭވް، ޑީ-8 ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަދި އޯ.އައި.ސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވަ އެވެ.

މީގެ އިތުރުން ތުރުކީގެ ނައިބު ރައީސް، ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަލީދު އަލް ޚުރައިޖީ، ކަޒަކިސްތާނުގެ ޚާރިޖީ ވަޒީރު، ލުބުނާނުގެ ޑިފެންސް މިނިސްޓަރު، ޕާކިސްތާނުގެ ސެނެޓްގެ ރައީސް ސައީދު ޔޫސުފް ރަޒާ ޖިލާނީ، ކިއުބާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު، ނެމީބިއާގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރު، ގަތަރުގެ ޝޫރާ ކައުންސިލްގެ ރައީސް، ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީގެ ނައިބު ރައީސް، ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް، އަދި ސާބިއާ، މިޔަންމާ، މެލޭޝިއާ، ޓެންޒޭނިއާ އަދި ތައިލެންޑްގެ ހާއްސަ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އީރާނުގެ ޚާރިޖިއްޔާ އިން ހާމަ ކޮށްފައިވެ އެވެ.

އީރާނުގެ ރަސްމީ މީޑިއާ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބަންގްލަދޭޝް، ސްރީ ލަންކާ،  ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާ އިން ވެސް ވަނީ ޖަނާޒާ ގައި މަންދޫބުން ބައިވެރިކޮށްފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބަޣާއީ ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން މަތީ ފަންތީގެ ވަފުދުތައް ވަނީ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މަދުވެގެން އަށް ގައުމެއްގެ އިސްވެރިން (ރައީސުން ނުވަތަ ބޮޑުވަޒީރުން) އަދި 12 ގައުމެއްގެ މަޖިލިސް ރައީސުން ހިމެނިވަޑައިގަންނަވަ އެވެ. އެހެން ގައުމުތަކުން ބައިވެރިވަނީ ޚާރިޖީ ވަޒީރުން ނުވަތަ ހާއްސަ މަންދޫބުންގެ ފެންވަރުގަ އެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މިސްކިތުގައި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ބާއްވާފައިވާ ސަންދޯއްޕުޅުތަކުގެ ކައިރިއަށް، އީރާނުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ޒިޔާރަތްކުރައްވަނީ. | ގެޓީ އިމޭޖަސް

އޭނާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް 100 އެއްހާ ގައުމުން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތަކުގެ ރަސްމީ ވަފުދުތަކާއި މަޖިލިސް މެންބަރުން ބައިވެރިވި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށް ރަސްމީކޮށް ތާއީދުކުރި ޔޫރަޕްގެ ގައުމުތަކަށް ދައުވަތު ދީފައިނުވާނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ.

ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ މަންދޫބުންގެ ތެރޭގައި ރާއްޖެ އިން ބައިވެރިވާ މަންދޫބެއްގެ ވާހަކަ އީރާނުގެ ސަރުކާރުން ވެސް އަދި އީރާނުގެ ރަސްމީ މީޑިއާ އަކުން ވިޔަސް ފާހަގަ ކޮށްފަ އެއް ނުވެ އެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަ ކޮށްލުމާ ގުޅިގެން، އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔަކު އަވަހާރަވުމުން ރާއްޖެއިން ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ އުސޫލުގައިވާ އެއްވެސް ކަމެއް ރައީސް މުއިއްޒުގެ ސަރުކާރުން ކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ. އެންމެ ކުޑަމިނުން އީރާނުގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ކިޔާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

އީރާނުގެ ކުރީގެ ލީޑަރު އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ މެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް ދިން ހަމަލާ އެއްގަ އެވެ.

އާޔަތުﷲ ޚާމަނާއީއީރާންއެމެރިކާ-އިޒްރޭލްއީރާން-ދިވެހިރާއްޖެ

އިތުރަށް ކިޔާލަން

04 ޖުލައި 2026

ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ

04 ޖުލައި 2026
ވިހި މިލިއަނެއްހާ މީހުން ބައިވެރިވާ ޚާމަނާއީގެ ޖަނާޒާގައި ސަތޭކަ އަށް ވުގެ ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވޭ
03 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ

03 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާ ގެ ރަސްމިއްޔާތުތައް ފެށިއްޖެ
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް