Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

2 ޖުލައި 2026 | ބުރާސްފަތި 13:13

ޕާކިސްތާންގެ ފޮރިން މިނިސްޓްރީ އިން މިކަން ހާމަ ކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޮޑު ވަޒީރު މި ދަތުރުފުޅު ކުރައްވާނީ އީރާން އާއި ޕާކިސްތާންއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، އީރާންގެ ސަރުކާރު އަދި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވުމުގެ ގޮތުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 13:13
ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ގެޓީ އިމޭޖަސް

އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް، ޕާކިސްތާންގެ ފޮރިން މިނިސްޓްރީ އިން ހާމަ ކޮށްފި އެވެ. 

ޕާކިސްތާންގެ ފޮރިން މިނިސްޓްރީ އިން މިކަން ހާމަ ކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ބޮޑު ވަޒީރު މި ދަތުރުފުޅު ކުރައްވާނީ އީރާން އާއި ޕާކިސްތާންއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، އީރާންގެ ސަރުކާރު އަދި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވުމުގެ ގޮތުން ކަމަށެވެ. 

ޚާމަނާއީ އަވަހާރަ ވެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި އެވެ. ޖެހިގެން އައި މާޗު މަހުގެ އެއް ވަނަ ދުވަހު، އީރާން އިން ވަނީ ޚާމަނާއީ އަވަހާރަ ވެފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި އެވެ. އީރާންގެ ސަރުކާރުން ބުނެފައި ވަނީ އެ ޤައުމުގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ދައުލަތުގެ ޖަނާޒާ އަކީ ޚާމަނާއީގެ ޖަނާޒާ ކަމަށެވެ. އދަި އީރާން އިން އަންނަނީ އެކަމަށް އެންމެ ފުރިހަމަ އަށް ތައްޔާރު ވަމުންނެވެ. 

ޕާކިސްތާން އާއި އީރާންއާ ދެމެދު އޮންނަ ގުޅުމަކީ، ގިނަ ޒަމާން ތަކަކަށް ދެމިގެން ގޮސްފައިވާ، ތާރީޚީ ގުޅުމެކެވެ. ދެ ޤައުމުން ވަނީ އިޤްތިޞާދީ، ސިޔާސީ އަދި ސަގާފީ ދާއިރާާ ތަކުގައި ގާތް ގުޅުމެއް ބަދަހި ކޮށްފައި އެވެ. ޚާއްސަކޮށް ސަރަހައްދީ ސުލްޙަ އާއި އަމާންކަން ދެމެހެއްޓުމާއި، ކުށް މަދު ކުރުމަށް ދެ ޤައުމުން ވަނީ ގުޅިގެން މަސައްކަތް ތަކެއް ކޮށްފައި އެވެ. 

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް އީރާން އަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، އެކުވެރިކަން ވަރުގަދަ ކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް ޕާކިސްތާންގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ. 

ޚާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ އެކި ޤައުމު ތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ޕާކިސްތާންގެ ސަރުކާރުން ވަނީ އީރާންގެ ރައްޔިތުންނާއި، އެ ޤައުމުގެ ސަރުކާރަށް ތައުޒިޔާ ފޮނުވައި، މިދަތި ވަގުތުގައި އީރާން އާއެކު އެ ޤައުމު ދެމި އޮތް ކަމުގެ ޔަޤީންކަން ދީފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ޕާކިސްތާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
01 ޖުލައި 2026

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

01 ޖުލައި 2026
ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި
01 ޖުލައި 2026

ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ

01 ޖުލައި 2026
ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް