Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

ގަތަރާއި ޕާކިސްތާނު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ދޯހާގައި ކުރިއަށްދާ ނުސީދާ މަޝްވަރާތަކުގައި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި ވަނީ ވާހަކަދައްކާފައި.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 14:01
ސްވިޒަލޭންޑުގެ ބާގަންސްޓޮކް ލަގްޒަރީ ހޮޓެލް ކޮމްޕްލެކްސްގައި 2026 ޖޫން 21 ވަނަ ދުވަހު ބޭއްވި އެމެރިކާ، އީރާން، ޕާކިސްތާން އަދި ގަތަރު ބައިވެރިވާ ހަތަރު ގައުމުގެ ބައްދަލުވުމަށް، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެ ގައުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް ހިމެނޭ ވަފުދު ވަޑައިގަންނަވަނީ.

ސްވިޒަލޭންޑުގެ ބާގަންސްޓޮކް ލަގްޒަރީ ހޮޓެލް ކޮމްޕްލެކްސްގައި 2026 ޖޫން 21 ވަނަ ދުވަހު ބޭއްވި އެމެރިކާ، އީރާން، ޕާކިސްތާން އަދި ގަތަރު ބައިވެރިވާ ހަތަރު ގައުމުގެ ބައްދަލުވުމަށް، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާއި އެ ގައުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް ހިމެނޭ ވަފުދު ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ގަތަރުގެ ދޯހާގައި އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކުގައި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އިބްތިދާއީ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އަލް އަރަބިއްޔާ އިން ބުދަ ދުވަހު ބުނެފި އެވެ.

މީގެ އިތުރުން، އޮމާނުން ހުށަހަޅާފައިވާ އާ ހުށަހެޅުމަކަށް ބިނާކޮށް ހުރްމުޒް ކަނޑުއޮޅީގެ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އިތުރު މަޝްވަރާތަކަށް ވަފުދުތައް އެނބުރި ގައުމަށް ދާނެ ކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި ފަންނީ ފެންވަރުގެ ނުސީދާ މަޝްވަރާތައް ބުދަ ދުވަހުގެ ހެނދުނު ފަށާފައިވާއިރު، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ގަތަރާއި ޕާކިސްތާނުން ކަމަށް މަސްދަރުތަކުން ބުނެ އެވެ.

އީރާނުގެ ވަފުދުން ޕާކިސްތާނުގެ މެދުވެރިން ބޭނުންކޮށްގެން މަޝްވަރާތައް ފަށާފައިވާއިރު، އެމެރިކާގެ ވަފުދުން މަޝްވަރާތައް ކުރިއަށް ގެންދަނީ ގަތަރު މެދުވެރިކޮށްގެންނެވެ.

ދޯހާގައި ކުރިއަށްދާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ބުދަ ދުވަހު ވިދާޅުވި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީއާއި، މަރުކަޒީ ބޭންކް އަދި އެގްރިކަލްޗަރ މިނިސްޓްރީގެ މަންދޫބުން ހިމެނޭ ވަފުދެއްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ކާޒިމް ޣަރީބްއާބާދީ ވަނީ ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފަ އެވެ. އަދި ވަގުތީ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން އީރާނާއި، ގަތަރު އަދި ޕާކިސްތާނުގެ މެދުގައި ބޭއްވި ތިންފަރާތުގެ ބައްދަލުވުމެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ވަނީ އަންގާރަ ދުވަހު ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފަ އެވެ. މިއީ ބުދަ ދުވަހުގެ ފަންނީ ބައްދަލުވުންތަކަށް ބޭނުންވާ ތައްޔާރީތައްވުމަށް ބޭއްވި ބައްދަލުވުމެއް ނަމަވެސް، އެ ދެ ބޭފުޅުން މި މަޝްވަރާތަކުގައި ސީދާ ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މީގެ އިތުރުން، އީރާނުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތައް އަންގާރަ ދުވަހުގެ ރޭގަނޑުން ފެށިގެން ދޯހާގައި ކުރިއަށްދާ ކަމަށެވެ. އަދި މި މަޝްވަރާތައް ބިނާވެފައިވަނީ އީރާނުގެ ފައިސާ ދޫކުރުމާއި ހުރްމުޒް ކަނޑުއޮޅީގެ މައްސަލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުސީދާ މަޝްވަރާތައް ފެށުނީ އަންގާރަ ދުވަހުގެ ރޭގަނޑު. އީރާނުން ވަނީ ގަތަރާއި ޕާކިސްތާނުގެ އޮފިޝަލުންނާ ބައްދަލުކޮށްފައި. އެ ބޭފުޅުން ވަނީ އެމެރިކާގެ ފަރާތާ ބައްދަލުކޮށްފައި. ބުދަ ދުވަހު ވެސް މި މަޝްވަރާތައް ކުރިއަށްދިޔައިރު، މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ އީރާނުގެ ހިފަހައްޓާފައިވާ ފައިސާއާއި ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން،" އެ އޮފިޝަލް ވިދާޅުވިއެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ޑިޕްލޮމެޓަކު ބުދަ ދުވަހު އޭއެފްޕީއަށް ބުނި ގޮތުގައި، ދޯހާގެ މަޝްވަރާތައް ބިނާވެފައިވަނީ "ލޭކް ލޫސާން ސަމިޓް" ގައި ލިބުނު ކުރިއެރުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ފަހުމުނާމާއެއްގެ މައްޗަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންގަތަރުޕާކިސްތާންހުރްމުޒް ކަނޑުއޮޅިއީރާން

އިތުރަށް ކިޔާލަން

01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
30 ޖޫން 2026

ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ

30 ޖޫން 2026
ޕާކިސްތާނުގައި ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުއްޖަކު މަރުވެއްޖެ
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް