Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް ބަދަލު ނުގެންނަން އެމެރިކާއިން އީރާނަށް އަންގައިފި

2 ޖުލައި 2026 | ބުރާސްފަތި 10:50

ހުރްމުޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތަށް ބަދަލު ނުގެނައުމަށް އެމެރިކާއިން އީރާނަށް އަންގާފައިވާއިރު، އެ ސަރަހައްދުގައި އީރާނުން އަމަލުކުރާ ގޮތަކީ ދެ ގައުމުގެ އެއްބަސްވުމަށް އިހުތިރާމްކުރާ މިންވަރު ވަޒަންކުރާނެ ފުރަތަމަ އިމްތިހާނު ކަމަށް ވޮޝިންގްޓަނުން ދެކޭ. ނަމަވެސް، އެމެރިކާއިން އެ ސަރަހައްދަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 10:50
އޮމާންގެ އުތުރުގައިވާ މުސަންދަމް ޕެނިންސިއުލާ ކައިރިން ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައި އޮއްވާ މަތިން ނަގާފައިވާ ފޮޓޯއެއް.

އޮމާންގެ އުތުރުގައިވާ މުސަންދަމް ޕެނިންސިއުލާ ކައިރިން ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ބޯޓުފަހަރުތަކެއް ބަނދަރުކޮށްފައި އޮއްވާ މަތިން ނަގާފައިވާ ފޮޓޯއެއް. | ގެޓީ އިމޭޖަސް

ދޯހާގައި ދެ ގައުމުގެ މެދުގައި ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތައް ނިމުމަކަށް އައުމާއެކު، ހުރްމުޒް ކަނޑުއޮޅީގެ މަސްރަހާ ގުޅޭގޮތުން އެމެރިކާއިން އީރާނަށް ސާފު މެސެޖުތަކެއް ދީފައިވާ ކަމަށް "އަލް އަރަބިއްޔާ" އަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ ބުރާސްފަތި ދުވަހު އެ ނޫހުން ރިޕޯޓުކޮށްފި އެވެ.

މަސްދަރުތަކުން ބުނި ގޮތުގައި،ހުރްމުޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތަށް އެއްވެސް ބަދަލެއް ގެނައުމަށް އެމެރިކާއިން ދެކޮޅު ހަދާކަން ވޮޝިންގްޓަނުން ވަނީ އީރާނަށް އަންގާފަ އެވެ.

އެ ސަރަހައްދުގެ މަސްރަހަށް ގެންނަ ކޮންމެ ބަދަލަކީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބަލާނެ ކަމަށް އެމެރިކާއިން ތެހެރާނަށް އަންގާފައިވާ ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ. އަދި ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން ގެންގުޅޭ ސިޔާސަތަކީ، އެއްބަސްވުމަށް އަމަލުކުރުމުގައި އެ ގައުމުން ދޭ ސަމާލުކަން ވަޒަންކުރެވޭނެ ފުރަތަމަ އިމްތިހާނު ކަމަށް އެމެރިކާއިން ދެކޭ ކަމަށްވެސް މަސްދަރުތަކުން ފާހަގަކުރި އެވެ.

ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުއޮޅީގައި އީރާނުން ހިންގާ ހަރަކާތްތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް މަސްދަރުތަކުން ބުނެ އެވެ. މީގެ އިތުރުން، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމުގައި އެއްވެސް ކުރިއެރުމެއް ލިބޭނީ، ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާއަށް އީރާނުން ފުރިހަމައަށް އަމަލުކުރުމުން ކަމަށްވެސް އެ ގައުމަށް ވަނީ އަންގާފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ ކަންކަމަށް އެމެރިކާއިން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފިނަމަ، ވަރުގަދަ އަދި އަވަސް ރައްދެއް ދޭނެ ކަމަށް އީރާނުން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އަދި އެ ސަރަހައްދުގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ހަރަކާތްތެރިވުމަކީ މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވެސް އީރާނުން ބުނެފައިވެ އެވެ.

އީރާނުގެ ހަތިޔާރު އެޅި ބާރުތަކުގެ އޮޕަރޭޝަންތައް ވިލަރެސްކުރާ "ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް" އިން ބުނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ބޯޓުފަހަރުތަކުންވެސް ތެހެރާނުން ކަނޑައަޅާފައިވާ ރޫޓުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ އުސޫލުތަކާ ޚިލާފުވާ ނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، އެމެރިކާއާއި އީރާނުގެ މެދުގައި ދެން ބާއްވާ ނުސީދާ މަޝްވަރާތައް އޮންނާނީ އީރާނުގެ ރޫހާނީ މީޑަރުގެ ޖަނާޒާއަށް ފަހުގައި ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.

އިގްތިސާދީ ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވަގުތީ އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ ބޮޑެތި މައްސަލަތަކުގައި އަދިވެސް މަޝްވަރާކޮށް ގޮތްތަކެއް ނިންމަން ޖެހެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
02 ޖުލައި 2026

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ

02 ޖުލައި 2026
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފެބްރުއަރީ މަހުގެ ފަހުން ނުވެއްޓޭ މިންވަރަކަށް ދަށަށް ހިނގައްޖެ
02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް