Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަތަރާއި ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާ އަދި އީރާންގެ މަންދޫބުންނާ އެކު ވަކި ވަކިން ބޭއްވި ބައްދަލުވުންތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް. މި ބައްދަލުވުން ތަކުގައި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން"އާ ގުޅޭ ކަންކަމުގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2026 | ބުރާސްފަތި 06:55
އެމެރިކާ އާއި އީރާންގެ ދިދަ.

އެމެރިކާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ނުސީދާ ގޮތެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި އުންމީދީ ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ޤަތަރުން ހާމަ ކޮށްފި އެވެ. 

އެމެރިކާ އާއި އީރާާންއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ޤަތަރުގެ ވެރި ރަށް ދޯހާގައި އެވެ. ޤަތަރުން ހާމަ ކޮށްފައިވާ ގޮތުގައި މި މަޝްވަރާ ތަކުގެ ދެ ވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާ އަށް ފަހު ކަމަށެވެ. 

ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤަތަރާއި ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާ އަދި އީރާންގެ މަންދޫބުންނާ އެކު ވަކި ވަކިން ބޭއްވި ބައްދަލުވުންތައް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށެވެ. މި ބައްދަލުވުން ތަކުގައި "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން"އާ ގުޅޭ ކަންކަމުގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި މަޝްވަރާ ތަކަކީ މީގެ ކުރިން ސްވިޓްޒަލެންޑުގެ ލޭކް ލޫސާންގައި ބޭއްވުނު ސަމިޓުން ހާސިލުވި ނަތީޖާ ތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުން ތަކެކެވެ. ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ހުރި މައްސަލަ ތަކަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައި އެވެ.

އީރާންގެ ކުރީގެ ރޫހީ ލީޑަރުގެ ޖަނާޒާގެ ރަސްމިއްޔާތު ތަކަށް ފަހު، ވީ އެންމެ އަވަސް ފުރުސަތެއްގައި ދެން އޮންނަ ބައްދަލުވުން ތާވަލު ކުރުމަށް މިހާރު ވަނީ ނިންމާފައި އެވެ. މި މަޝްވަރާ ތަކަކީ އެމެރިކާ އާއި އީރާންއާ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ޤަތަރަކީ މީގެ ކުރިން ވެސް ހުޅަނގުގެ ގައުމުތަކާއި އީރާންއާ ދެމެދު އުފެދޭ މައްސަލަތައް ހައްލު ކުރުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ ޤައުމެކެވެ. މިފަހަރުގެ މަޝްވަރާ ތަކުގައި ޕާކިސްތާން އިން ބައިވެރިވުމަކީ މައްސަލަ އަށް ހައްލެއް ހޯދުމަށް ލިބުނު އިތުރު ބާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަތަރު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި

01 ޖުލައި 2026
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ "އުދުހޭ ގަނޑުވަރު" ގައި ފުރަތަމަ ދަތުރުފުޅު ޓްރަމްޕް ކުރައްވައިފި
01 ޖުލައި 2026

ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

01 ޖުލައި 2026
ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު ދޫކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖުލައި 2026

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

01 ޖުލައި 2026
އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
01 ޖުލައި 2026

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

01 ޖުލައި 2026
އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ
01 ޖުލައި 2026

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

01 ޖުލައި 2026
ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި
01 ޖުލައި 2026

ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ

01 ޖުލައި 2026
ސަރަހައްދީ ޤައުމު ތަކަށް ހަމަލާ ދިނުމަށް، އިރާޤުގެ ބިން ބޭނުން ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް: ބޮޑު ވަޒީރު އަލީ އަލް ޒައިދީ
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް