Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

1 ޖުލައި 2026 | ބުދަ 10:18

އެމެރިކާގެ މައި ދެ ސިޔާސީ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީ އިން އާންމުކޮށް ކޮންވެންޝަންތައް ބާއްވަނީ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ކަމަށް ވިޔަސް، ޓްރަމްޕް މިފަހަރު ނިންމަވާފައި ވަނީ މިޑްޓާމް އިންތިޚާބުގެ ކުރިން ވެސް ކޮންވެންޝަނެއް ބޭއްވުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 10:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

މިއަހަރު އެމެރިކާގައި އޮންނަ މިޑްޓަރމް އިންތިޚާބުގެ ކުރިން، ވެރިކަން ކުރާ ރިޕަބްލިކަން ޕާާޓީގެ ކޮންވެންޝަން ބާއްވަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. ޓްރަމްޕް ނިންމަވާފައި ވަނީ، އޭގެ ކުރިން ސެޕްޓެމްބަރު މަހުގެ ތެރޭގަިއ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބޭއްވުމަށެވެ. އިންތިޚާބުގެ ދެ މަސް ދުވަސް ކުރިން ބާއްވާ މި ކޮންވެންޝަން އޮންނާނީ ޑަލަސްގައި އެވެ، 

އެމެރިކާގެ މައި ދެ ސިޔާސީ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީ އިން އާންމުކޮށް ކޮންވެންޝަންތައް ބާއްވަނީ ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ކަމަށް ވިޔަސް، ޓްރަމްޕް މިފަހަރު ނިންމަވާފައި ވަނީ މިޑްޓަރމް އިންތިޚާބުގެ ކުރިން ވެސް ކޮންވެންޝަނެއް ބޭއްވުމަށެވެ. އެމެރިކާގައި ދެން ރިޔާސީ އިންތިޚާބު އޮންނާނީ 2028 ވަނަ އަހަރު އެވެ. 

ޓްރަމްޕް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި، ދިހަ ވަނަ ދުވަހު ޑަލަސްގައި ބާއްވާ މި ކޮންވެންޝަން ވަރަށް ފުރިހަމަ ވާނެ ކަމަށާއި، މިއީ ކުރިން ދުވަހަކު ވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ޓްރަމްޕް ވިދާޅުވީ މިއީ އޭނާގެ ސަރުކާރުން ހާސިލު ކޮށްފައިވާ ކާމިޔާބު ތަކާއި، މުސްތަޤުބަލު އުޖާާލާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބު ފާހަގަ ކުރުމަށް ތާރީޚީ ޙަރަކާތަކަށް ވާނެ ކަމަށެވެ. 

އެމެރިކާާގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މި ކޮންވެންޝަން ބާއްވަން ރިޕަބްލިކަން ޕާޓީ އިން ނިންމާފައި ވަނީ، މިފަހަރުގެ މިޑްޓަރމް އިންތިޚާބުގައި އެ ޕާޓީ އަށް ކޮންގްރެސްގެ ބާރު ގެއްލި ދާނެ ކަމުގެ ބިރު އޮތުމުންނެވެ. އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އިޤްތިޞާދަށް އެކަމުގެ އަސަރުކޮށް، އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ވަނީ އިންތިހާ އަށް ބޮޑުވެފައި އެވެ. އެކަމުގެ ސަބަބުން އެމެރިކާގައި ޓްރަމްޕްގެ މަޤުބޫލުކަން އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. 

އުމުރުން 80 އަހަރުވެފައިވާ ޓްރަމްޕް ވިދާޅުވެފައި ވަނީ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ކޮންގްރެސްގެ ބާރު ލިބިއްޖެ ނަމަ، އޭނާ މަގާމުން ދުރު ކުރާނެ ކަމަށެވެ. އެހެންވެ، މިޑްޓަރމް އިންތިޚާބު ކާމިޔާބު ކުރުމަށް ޓްރަމްޕް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާއެމެރިކާގެ މިޑްޓާމް އިންތިޚާބުރިޕަބްލިކަންް ޕާޓީ - އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
01 ޖުލައި 2026

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

01 ޖުލައި 2026
ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި
30 ޖޫން 2026

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026
ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
29 ޖޫން 2026

ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!

29 ޖޫން 2026
ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!
28 ޖޫން 2026

ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!

28 ޖޫން 2026
ބައިޑަންގެ ހޫނު ބަހުގެ ހަމަލާ ތަކެއް ޓްރަމްޕް އަށް!
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި

27 ޖޫން 2026
ޤަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ގެންގުޅުނު ކަމަށް، ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ބޯލްޓަން އެއްބަސްވެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް