Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސެކިއުރިޓީ ދިނުމަށް ފުލުހުން އިންކާރު ކުރުމުން، މޭގަން އާއި ދަރިން ގޮވައިގެން ޤައުމަށް ކުރާ ދަތުރާ މެދު ހެރީ އަލުން ވިސްނަވަނީ

ބީބީސީއަށް ލިބިފައިވާ މައުލޫމާތުގެ ދަށުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން އަދި ދެ ދަރިން އާޗީ އާއި ލިލިބެޓް ހަތަރު އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ހަމަޖެހިފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2026 | އާދީއްތަ 06:38
ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން.

ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން. | ރޮއިޓާސް

އަންނަ މަހު ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން އަދި ދަރިން ގޮވައިގެން އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅާ މެދު، ހެރީ ދެ ވަނަ ވިސްނުމަކަށް ދާން ޖެހިއްޖެ އެވެ.

މިއީ ފުލުހުންގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި ހެރީގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަން ނިންމުމުންނެވެ. 

ބީބީސީއަށް ލިބިފައިވާ މައުލޫމާތުގެ ދަށުން ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން އަދި ދެ ދަރިން އާޗީ އާއި ލިލިބެޓް ހަތަރު އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ. 

ޕްރިންސް ހެރީގެ އާއިލާ އިން އިނގިރޭސިވިލާތުގައި ހުންނަ ދުވަސްވަރު ފުލުހުންގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރަސްމީކޮށް އެދިފައިވެ އެވެ. ނަމަވެސް ހުކުރު ދުވަހު އެމީހުންނަށް އަންގާފައި ވަނީ ޓެކްސްގެ ފައިސާ އިން ރައްކާތެރިކަން ނުދެވޭނެ ކަމަށެވެ.

ޕްރިންސް ހެރީގެ ޓީމުން އިންތިޒާރު ކުރަމުން އައީ ރޯޔަލް އެންޑް ވީއައިޕީ އެގްޒެކެޓިވް ކޮމިޓީގެ ރައްކާތެރި ކަމުގެ ރިވިއުގެ ނަތީޖާ އަށެވެ. މި ކޮމިޓީ އިން ނިންމަނީ ހޯމް އޮފީހަށް ރަސްކަމުގެ އިސް ބޭފުޅުންނަށް ދޭން ޖެހޭ ރައްކާތެރި ކަމުގެ މިންވަރެވެ.

އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް ހުކުރު ދުވަހު އިއުލާން ކުރި ފަހުން، ހެރީގެ ޓީމަށް އަންގާފައި ވަނީ ރައްކާތެރިކަން ނުދެވޭނެ ކަމަށެވެ. 

މި ދަތުރުފުޅުގައި ރަސް ކަމުގެ އެސްޓޭޓުގައި ތިއްބެވުމަށް ރަސްގެފާނު ދެއްވި ދައުވަތު ހެރީ އާއި މޭގަން ވަނީ ޤަބޫލު ކުރައްވައިފަ އެވެ. ނަމަވެސް އެ ތަނުގެ މައުލޫމާތު އާންމު ކޮށްފައި ނުވެ އެވެ. އިނގިރޭސިވިލާތުގައި ތިއްބަވާ ދުވަސްވަރު ހެރީ އާއި މޭގަން އަމިއްލަ ޕްރައިވެޓް ތަނެއްގައި ތިއްބެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ރަސްކަމުގެ އެސްޓޭޓްގައި ތިބޭއިރު ފުލުހުންގެ ރައްކާތެރިކަން ލިބޭނެ އެވެ. ނަމަވެސް، އެހެން ތަންތަނުގައި ޕްރިންސް ހެރީ އުޅުއްވާނީ ކެލިފޯނިއާ އިން އޭނާ އާއެކު ދަތުރު ކުރާ ޕްރައިވެޓް ސެކިއުރިޓީ ޓީމަށް ބަރޯސާ ވެގެންނެވެ.

ޕްރިންސް ހެރީ އާއި އޭނާގެ އާއިލާ އިނގިރޭސިވިލާތުގައި ތިއްބަވާނީ ގާާތް ގަނޑަކަށް ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް ބެލެވެ އެވެ. މި ދަތުރުގައި ލަންޑަން އަދި މިޑްލަންޑްސްގައި ބާއްވާ ބައެއް ޙަރަކާތްތަކުގައި ހެރީ އާއެކު މޭގަން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. 

ޕްރިންސް ހެރީ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހު އެވެ. މި ދަތުރާ ގުޅޭ ގޮތުން ކުރިއަށް އޮތް ތަނުގައި ޕްރިންސް ހެރީ އާއި މޭގަން ފައިނަލް ނިންމުމެއް ނިންމަވާނެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްބަކިންހަމް ޕެލެސްއިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަޕްރިންސް ހެރީމެގަން

އިތުރަށް ކިޔާލަން

27 ޖޫން 2026

އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ

27 ޖޫން 2026
އިނގިރޭސިވިލާތުގެ 750 މިލިއަން ޕައުންޑުގެ ސުޕަ ކޮމްޕިއުޓަރު ބިނާކުރަނީ
27 ޖޫން 2026

ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!

27 ޖޫން 2026
ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
27 ޖޫން 2026

އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި

27 ޖޫން 2026
އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ބޮޑު ވަޒީރު ސްޓާމާ ޕޮޕް ކޯން ބެއްސެވުމުގައި
26 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟

26 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރުން އެހާ އަވަސް އަވަހަށް ބަދަލުވަނީ ކީއްވެ؟
26 ޖޫން 2026

ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން

26 ޖޫން 2026
ވާދަވެރި ކަމެއް ނެތި ބޮޑު ވަޒީރު ކަަމަށް ބާންހަމް ގެނައުމަށް ގިނަ މެމްބަރުން ނުރުހޭ، އެކަމަކު ވެސް ޖޯންސް ނިންމެވީ ވާދަ ނުކުރަން
26 ޖޫން 2026

ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް

26 ޖޫން 2026
ޗާންސެލަރު ރީވްސްގެ ތާއީދު ބާންހަމް އަށް، ގޮވާލެއްވީ އިޤްތިޞާދީ ސިޔާސަތުތައް ދެމެހެއްޓުމަށް
26 ޖޫން 2026

ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!

26 ޖޫން 2026
ޕްރިންސް ހެރީގެ ސަބަބުން، ރަސްގެފާނު ޗާލްސް ހުންނެވީ އުނދަގޫ ޙާލަތެއްގައި!
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
25 ޖޫން 2026

ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި

25 ޖޫން 2026
ދަރިވަރުން ވިސާ އަށް ފައިސާ ދެއްކުމަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ބީއެމްއެލުން ނިންމައިފި
25 ޖޫން 2026

މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!

25 ޖޫން 2026
މެމްބަރެއްގެ ގޮތުގައި ސްޓާމާ ދެމި ހުންނަވާނެ، ބާންހަމްގެ ކެބިނެޓުން މަޤާމެއް ދޭން އުޅޭ ކަމުގެ އަޑު ތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު