Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލެގޯ ކާރު ދުއްވުން

ފޯމިއުލާ ވަން ޑްރައިވަރުން ލެގޯ ކާރުތަކެއް ސިލްވަސްޓޯން ސާކިޓްގައި ދުއްވަނީ

ބްރިޓިޝް ގްރޭންޑް ޕްރީއާ ދިމާކޮށް އެތައް ހާސް ލެގޯ ބްރިކްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާރުތަކެއްގައި ފޯމިއުލާ ވަން ޑްރައިވަރުން ސިލްވަސްޓޯން ޓްރެކްގައި ތަފާތު ދުވުމެއް ބާއްވަން ވަނީ ނިންމާފަ. އިންޖިނިއަރިންގެ ދާއިރާއަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ މި ހަރަކާތަކީ ފޯމިއުލާ ވަންގެ ތާރީޚުގައިވެސް މިފަދަ ކާރުތަކެއް ޓްރެކްގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ޖިނާ
ޖިނާ | 4 ޖުލައި 2026 | ހޮނިހިރު 04:53
ޗެކް ރިޕަބްލިކްގެ ކްލަޑްނޯގައި ހުންނަ ލެގޯ ގްރޫޕްގެ ފެކްޓްރީގައި، ލެގޯ ބްލޮކްތައް ބޭނުންކޮށްގެން އަސްލު ސައިޒުގެ ދުއްވޭ ކާރުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް. "ލެގޯ މިނީކާރު" ތަކުގެ ގޮތުގައި ތައްޔާރުކުރާ މި އުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވަނީ، ސިލްވަރސްޓޯން ސާކިޓްގައި ކުރިއަށް އޮތް ފޯމިއުލާ 1 ބްރިޓިޝް ގްރޭންޑް ޕްރީގަ

ޗެކް ރިޕަބްލިކްގެ ކްލަޑްނޯގައި ހުންނަ ލެގޯ ގްރޫޕްގެ ފެކްޓްރީގައި، ލެގޯ ބްލޮކްތައް ބޭނުންކޮށްގެން އަސްލު ސައިޒުގެ ދުއްވޭ ކާރުތަކެއް ތައްޔާރުކުރުމުގެ މަސައްކަތް. "ލެގޯ މިނީކާރު" ތަކުގެ ގޮތުގައި ތައްޔާރުކުރާ މި އުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވަނީ، ސިލްވަރސްޓޯން ސާކިޓްގައި ކުރިއަށް އޮތް ފޯމިއުލާ 1 ބްރިޓިޝް ގްރޭންޑް ޕްރީގަ | ރޮއިޓާސް

ބްރިޓިޝް ގްރޭންޑް ޕްރީގެ ކުރިން އިނގިރޭސިވިލާތުގެ މަޝްހޫރު ސިލްވަސްޓޯން ސާކިޓްގައި ފޯމިއުލާ ވަންގެ ޑްރައިވަރުން ލެގޯއިން ތައްޔާރުކޮށްފައިވާ ކާރުތަކެއްގައި ތަފާތު ދުވުމެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތަކީ ކުރިއަށް އޮތް ރޭހަށް ތައްޔާރުވުމުގެ ގޮތުންނާއި، ފޯމިއުލާ ވަން އާއި ލެގޯ ގްރޫޕާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Loading Instagram post...

މި ހަރަކާތުގައި ފޯމިއުލާ ވަންގެ އެކި ޓީމުތަކަށް ނިސްބަތްވާ ޑްރައިވަރުން ބައިވެރި ވާނެ އެވެ. އެގޮތުން ލެގޯ އިން ހަގީގީ ކާރުތަކާ އެއްވަރަށް ތައްޔާރުކޮށްފައިވާ މި ކާރުތަކުގައި ޑްރައިވަރުން ސިލްވަސްޓޯން ޓްރެކްގެ ބައެއް ސަރަހައްދުތަކުގައި ދުއްވާނެ އެވެ. މިއީ ފޯމިއުލާ ވަންގެ ތާރީޚުގައިވެސް މިފަދަ ގޮތަކަށް ލެގޯ ކާރުތަކެއް ބޭނުންކޮށްގެން ޓްރެކްގައި ހަރަކާތްތަކެއް ހިންގާނެ ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ބްރިޓިޝް ގްރޭންޑް ޕްރީގެ ކުރިން، މެކްލަރެންގެ ލެންޑޯ ނޮރިސްގެ އެފް1 ކާރާ އެއްގޮތަށް ލެގޯއިން ތައްޔާރުކޮށްފައިވާ ކާރެއް ދައްކާލަނީ
ބްރިޓިޝް ގްރޭންޑް ޕްރީގެ ކުރިން، މެކްލަރެންގެ ލެންޑޯ ނޮރިސްގެ އެފް1 ކާރާ އެއްގޮތަށް ލެގޯއިން ތައްޔާރުކޮށްފައިވާ ކާރެއް ދައްކާލަނީ | ރޮއިޓާސް

މި ކާރުތައް ފަރުމާކޮށްފައިވަނީ އެތައް ހާސް ލެގޯ ބްރިކްސް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި މެކްލަރެން ފަދަ މަޝްހޫރު ޓީމުތަކުގެ ކާރުތަކުގެ މޮޑެލްތައް ހިމެނެ އެވެ. މި ހަރަކާތުގެ ތެރެއިން ޑްރައިވަރުން ވަނީ ލެގޯ ކާރުތަކުގެ ފަރުމާއަށާއި އެ ކާރުތައް ތައްޔާރުކުރުމަށް ކޮށްފައިވާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށް ފައެވެ. މީގެ އިތުރުން، މި ހަރަކާތަކީ ސަޕޯޓަރުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ކަމަކަށް ރިޕޯޓުތައް ބުނެ އެވެ.

ބްރިޓިޝް ގްރޭންޑް ޕްރީގެ ކުރިން، ފެރާރީ ޓީމުގެ ލުވިސް ހެމިލްޓަން ދުއްވާ ފޯމިއުލާ ވަން ކާރާ އެއްގޮތަށް ލެގޯ އިން ތައްޔާރުކޮށްފައިވާ ކާރެއް ދައްކާލަނީ
ބްރިޓިޝް ގްރޭންޑް ޕްރީގެ ކުރިން، ފެރާރީ ޓީމުގެ ލުވިސް ހެމިލްޓަން ދުއްވާ ފޯމިއުލާ ވަން ކާރާ އެއްގޮތަށް ލެގޯ އިން ތައްޔާރުކޮށްފައިވާ ކާރެއް ދައްކާލަނީ | ރޮއިޓާސް

ލެގޯ ގްރޫޕުން ބުނެފައިވާ ގޮތުގައި، މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އިންޖިނިއަރިންގެ ދާއިރާއަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ފޯމިއުލާ ވަން ފަދަ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތަކާ ގުޅިގެން މިފަދަ ކަންކަން ކުރުމަކީ ލެގޯގެ އުފެއްދުންތެރިކަން ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

ބްރިޓިޝް ގްރޭންޑް ޕްރީސިލްވަސްޓޯންފޯމިއުލާ ވަންއިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ

އިނގިރޭސި ލެޖެންޑް މައިކަލް އޯވެންއާއެކު ބާ އަތޮޅު އަވާނީ ޕްލަސް ފަރެސް ރިސޯޓުގައި ބާއްވާ ފުޓްބޯޅަ ކޭމްޕް 2026 ވަނަ އަހަރުގެ އީސްޓާ ޗުއްޓީގައި ކުރިއަށްގެންދަން ނިންމައިފިއެވެ. 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަށް ހިންގާ މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް އޯވެންގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ފުޓްބޯޅަ ކިޓަކާއި، މެޑަލް އަދި އޯވެންގެ ސޮޔާއެކު ޖާޒީއެއް ހަދިޔާކުރާއިރު، މިއީ ރިސޯޓުގެ މެހެމާނުންނަށް ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.

09 ފެބުރުއަރީ 2026
އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
11 އޮކްޓޯބަރު 2023

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

11 އޮކްޓޯބަރު 2023
 އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު