Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމާން-އީރާން

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް މިފަދަ ފީއެއް ނެގުމުން ކަނޑުގެ ސަރަހައްދު ތަޣައްޔަރުވުމުން ސަލާމަތްވެ، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް އޮމާނުގެ ފޮރިން މިނިސްޓަރު ވިދާޅުވި. މީގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާގެ ދަށުން، އެ ކަނޑުއޮޅީގެ ސިޔާދަތީ ބާރު އީރާނަށް ލިބިގެންވާކަން ވަނީ ކަށަވަރުކޮށްދީފައި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 08:48
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް (ވައަތްފަރާތުގައި)، އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބޫސައިދީއާ އެކު ދާދިފަހުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން.

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް (ވައަތްފަރާތުގައި)، އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބޫސައިދީއާ އެކު ދާދިފަހުން ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން. | ޕްރެސްޓީވީ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން "މެރިޓައިމް ސާވިސް ފީ" ނުވަތަ ކަނޑުދަތުރުފަތުރުގެ ޚިދުމަތުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި އެވެ.

އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު އަލް-ބުސައިދީ މިކަމަށް ތާއީދުކުރައްވާފައިވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމާ ގުޅޭގޮތުންނެވެ.

މޮންޓެ ކާލޯ ޑައުލިޔާ އަށް އަލް-ބުސައިދީ ވިދާޅުވީ، އޮމާނުން އަބަދުވެސް އދ. ގެ ކަނޑުތަކާބެހޭ މުއާހަދާ (ޔޫއެންސީއެލްއޯއެސް) އަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ. މި އިންޓަވިއު އޮމާނުގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ކަނޑުއޮޅިން ހުރަސްކޮށް ދަތުރުކުރާ ކުރުމަށް އެއްވެސް ކަހަލަ ފީއެއް ނެގުމާ އޮމާނުން ދެކޮޅުކަން މިނިސްޓަރު ސާފުކޮށްދެއްވި އެވެ. ނަމަވެސް، ދަތުރުކުރުމަށް ނަގާ ފީއާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ނެވިގޭޝަން ނުވަތަ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ދެވޭ ޚިދުމަތްތަކަށް ނަގާ ފީއާ ދެމެދު ސާފު ތަފާތެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިފަދަ ޚިދުމަތްތަކުގެ ފީއާ ގުޅޭގޮތުން އެ ޚިދުމަތްތަކުގެ ފައިދާ ލިބޭ ގައުމުތަކާއި ކުންފުނިތަކާއެކު އަމަލީ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަލް-ބުސައިދީ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މިފަދަ ފީތަކުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވެ، ކަނޑުގެ ސަރަހައްދު ތަޣައްޔަރުވުމުން ސަލާމަތްކޮށް، ހާދިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުވާނެ އެވެ. މިއީ މަލަކާ ކަނޑުއޮޅިއާއި ސިންގަޕޫރު ސަރަހައްދުގައިވެސް ކާމިޔާބުކަމާއެކު އަމަލުކުރަމުންދާ މޮޑެލްއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިމަގުގައި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން ކަމަށް އޮމާނާއި އީރާނުން ފުރިހަމައަށް އެއްބަސްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދުގައި ހުރި މައިންތައް ނުވަތަ ގޮވާތަކެތި ސާފުކުރުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން އަލް-ބުސައިދީ ވިދާޅުވީ، ކަނޑުއޮޅިއާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮތީ އީރާނުގެ އަތްމަތީގައި ކަމަށެވެ. މިއީ އީރާނާއި އެމެރިކާގެ ރައީސުންގެ މެދުގައި ދާދިފަހުން ސޮއިކުރެވުނު ފަހުމުނާމާގައިވާ ގޮތުގެ މަތިންނެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އަލަށް އުފެއްދި އީރާން-އޮމާން ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށްފަހުގަ އެވެ. އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދާދިފަހުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ ގައުމުގެ ދުޝްމަނުންނަށާއި އެމީހުންގެ ބައިވެރިންނަށް ހުރްމު ޒްކަނޑުއޮޅި ބަންދުކޮށްފަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު ދާދިފަހުން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

14 ނުކުތާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި އުޅަނދުފަހަރަށް އެއްވެސް ފީއަކާ ނުލައި މަދުވެގެން 60 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ މަގު އީރާނުން ފަހިކޮށްދޭންޖެހެ އެވެ. އަދި 30 ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ފުރިހަމައަށް އިއާދަކުރަންޖެހެ އެވެ.

މި ފަހުމުނާމާގެ ފަސްވަނަ މާއްދާގައި، ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު މި ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތީ ބާރު އޮތްކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވެ އެވެ.

މަސްދަރު: ޕްރެސްޓީވީ

ހުރްމުޒް ކަނޑުއޮޅިއީރާންއޮމާންބަދުރު އަލް ބުސައިދީއީރާން-އެމެރިކާ

އިތުރަށް ކިޔާލަން

30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު