Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު މި ހަފުތާގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނުން ގަތަރުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށްގެންދާނެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ މެދުގައި ވެފައިވާ ފަހުމުނާމާ ތަންފީޒުކުރުމާ ބެހޭގޮތުން ވާހަކަދެކެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެމެރިކާއާއެކު ސީދާ ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ބުނާ ވާހަކަތައް އީރާނުން ވަނީ ދޮގުކޮށްފައި. މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުތަކީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ބޭރު ގައުމުތަކުގައި ހުރި އީރާނުގެ ފައިސާ އަނބުރާ ދިނުން.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 14:54
ވޮޝިންގޓަން ޑީސީގައި ހުންނަ އެމެރިކާގެ ކެޕިޓަލް އިމާރާތް ކައިރީގައި މީހަކު އީރާނުގެ ދިދައެއް ހިފައިގެން

ވޮޝިންގޓަން ޑީސީގައި ހުންނަ އެމެރިކާގެ ކެޕިޓަލް އިމާރާތް ކައިރީގައި މީހަކު އީރާނުގެ ދިދައެއް ހިފައިގެން | ގެޓީ އިމޭޖަސް

މެދުވެރިންގެ ހާޒިރުގައި އެމެރިކާ އާއި އީރާނުގެ ވަފުދުތަކުގެ މެދުގައި ބާއްވާ ނުސީދާ މަޝްވަރާތަކެއް ބުދަ ދުވަހު ގަތަރުގައި ކުރިއަށްދާނެ ކަމަށް އަލް އަރަބިއްޔާގެ މަސްދަރުތަކުން އަންގާރަ ދުވަހު ބުނެފި އެވެ.

މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، މި ނުސީދާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި، ސަރަހައްދީ އާންމު ހަމަޖެހުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މި ހަފުތާ ނިމުމުގެ ކުރިން  ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ތެރެއިން 3 ބިލިއަން ޑޮލަރު އެ ގައުމަށް ލިބޭނެ ކަމަށް މަސްދަރުތަކުން ބުނެ އެވެ. އަދި އެމެރިކާ އާއި އީރާނުގެ ވަފުދުތަކުން އަންގާރަ ދުވަހުގެ ވަގުތެއްގައި ދޯހާގައި ގަތަރުގެ ބޮޑުވަޒީރާއި ޕާކިސްތާނުގެ މެދުވެރިންނާ ބައްދަލުކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް މަސްދަރުތަކުން ފާހަގަކުރެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ހިފަހައްޓާފައިވާ ފައިސާއާ ގުޅޭގޮތުން މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއެކު ބުދަ ދުވަހު މަޝްވަރާ ކުރާނެ ކަމަށެވެ. ނަމަވެސް، ގަލްފުގެ އެ ގައުމުގައި އެމެރިކާއާއެކު އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ބުނާ ވާހަކަތައް އީރާނުން ވަނީ ދޮގުކޮށްފަ އެވެ.

"މާދަމާ ދޯހާގައި ކުރިއަށްދާނެ ކަމަށް ބެލެވެނީ ދެ ފަރާތުގެ މެދުގައި ވެފައިވާ ފަހުމުނާމާގެ މާއްދާތައް ތަންފީޒުކުރުމާ ގުޅޭ މަޝްވަރާތައް. މީގެ ތެރޭގައި އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާ ގުޅޭ މާއްދާވެސް ހިމެނޭ. މި މަޝްވަރާތައް ކުރިއަށްދާނީ ގަތަރުގެ ފަރާތްތަކާއެކު،" ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވި އެވެ.

ބަޣާއީ އިޝާރާތް ކުރެއްވީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާއަށެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ތެހެރާނާއި ވޮޝިންޓަނާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަޝްވަރާ ކުރެވެމުންދާ މުހިންމު މައްސަލައެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތަކީ، ހިފަހައްޓާފައިވާ ފައިސާގެ ބައެއް ދޫކޮށްލުމެވެ.

މިހާރު ސޮއިކޮށްފައިވާ ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ތެހެރާނާ ދެކޮޅަށް އަޅާފައިވާ "ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް" ނިމުމަކަށް ގެނައުމަށާއި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ އާއި މުދާ އެ ގައުމަށް ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެމެރިކާއިން ވެފައިވާ އިލްތިޒާމު ހިމެނެ އެވެ.

1979 ވަނަ އަހަރު އީރާނަށް އައި އިސްލާމީ އިންގިލާބުގައި، އެމެރިކާގެ ތާއީދު އޮތް ޝާހު މުހައްމަދު ރިޒާ ޕަހްލަވީގެ ވެރިކަން ވައްޓާލި ފަހުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ އީރާނުގެ މުދާ ހިފަހައްޓައި، އެ ގައުމާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ ޖުމްލަ އަދަދާ ގުޅޭ ރަސްމީ ތަފާސްހިސާބެއް ނެތް ނަމަވެސް، މީޑިއާ ރިޕޯޓްތައް އަންދާޒާކުރާ ގޮތުގައި އެ އަދަދު އުޅެނީ 100 ބިލިއަން ޑޮލަރާއި 123 ބިލިއަން ޑޮލަރާ ދެމެދުގަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އީރާންގަތަރުހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

30 ޖޫން 2026

ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި

30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމާ ގުޅިގެން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ އުފަލުން ނަށައިފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
29 ޖޫން 2026

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

29 ޖޫން 2026
މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި

28 ޖޫން 2026
އީރާންގެ ގިނަ އަމާޒު ތަކަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން އިއުލާާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު