Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން މެދުކަނޑާލި މައްސަލަ ހޫނުވެއްޖެ

އީރާނުގެ ޕާލަމެންޓް މީޑިއާ ސެންޓަރުން ބުނާގޮތުގައި، މުޙައްމަދު ބާގިރު ޤާލީބާފްގެ އިންޓަވިއު މެދުކަނޑާލީ ނިއުކްލިއާ އިންސްޕެކްޝަންތަކާއި ބޭރުގައި ހުރި އީރާނުގެ ފައިސާއާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ބައިތައް އުނިކުރުމަށް. އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމަށް އީރާނުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ޤާލީބާފް ވަނީ މި ފަހުމުނާމާގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރުމަށް މަގުފަހިވެފައިވާކަން ފާހަގަކުރައްވާފައި.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 09:17
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގަލިބާފް

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގަލިބާފް | އޭއެފްޕީ

އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު ބާގިރު ގަލިބާފްގެ އިންޓަވިއުއެއް އެ ގައުމުގެ ގައުމީ ޓީވީން ދައްކަމުން ގޮސް މެދުކަނޑާލުމާ ގުޅިގެން، އޭނާގެ ޓީމުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

އީރާނުގެ ޕާލަމެންޓް މީޑިއާ ސެންޓަރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންޓަވިއު ބްރޯޑްކާސްޓް ކުރުމުގެ ދެ ގަޑިއިރު ކުރިން "އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ" (އައި.އާރް.އައި.ބީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ، އިންޓަވިއު ދައްކަމުން ދަނިކޮށް މެދުތެރެއިން މެދުކަނޑާލުން ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ކުރިން ރެކޯޑްކޮށްފައިވާ އިންޓަވިއުއަކަށް ވާއިރު، އާންމު އުސޫލުތަކާ ޚިލާފަށް އިންޓަވިއުގެ ބައެއް ނުދައްކަން އައި.އާރް.އައި.ބީގެ އޮފިޝަލުން ނިންމި ނަމަވެސް، އެކަން ޕާލަމެންޓް މީޑިއާ ސެންޓަރާ ގުޅައިގެން ވިލަރެސްކުރުމަކީ އެ ފަރާތްތަކުގެ ޒިންމާގެ އެންމެ ކުޑަ މިންވަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރުން މިކަމާ ގުޅިގެން ބުނެފައިވަނީ، އިންޓަވިއު ދެ ބަޔަކަށް ބަހާލާފައިވާ ކަމަށާއި، އޭގެ ދެވަނަ ބައި ބުދަ ދުވަހުގެ ރޭ ދައްކާނެ ކަމަށެވެ.

ޕާލަމެންޓް މީޑިއާ ސެންޓަރުން ފާހަގަކުރި ގޮތުގައި، އިންޓަވިއުއިން އުނިކޮށްފައިވާ ބައިތަކުގެ ތެރޭގައި އދ. ގެ ނިއުކްލިއާ ވޮޗްޑޯގްގެ އިންސްޕެކްޝަންތަކާއި، ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާއާއި، އަދި ގައުމު އަލުން އާރާސްތުކުރުމަށް ބޭނުންވާ 300 ބިލިއަން ޑޮލަރުގެ ކްރެޑިޓާ ގުޅޭ މައުލޫމާތު ހިމެނެ އެވެ.

ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ސޮއިކުރި އެއްބަސްވުމަށް، އީރާނުގެ ކޮންޒަވޭޓިވް މެންބަރުންނާއި މީޑިއާގެ ޝަޚްސިއްޔަތުތައް ހިމެނޭހެން ގިނަ އަދަދެއްގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

މިދިޔަ މަހު ސްޓޭޓް ޓީވީގެ ޕްރެޒެންޓަރަކު ވަނީ، އީރާނުގެ މަޝްވަރާ ޓީމަށް އެމެރިކާގެ ވަފުދާ ބައްދަލުކުރުމަށް ސްވިޒަލޭންޑަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި، ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓް ބަންދުކުރުމަށްވެސް ގޮވާލާފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ ދަށުން އީރާނަށް އެދެވޭ އެއްވެސް ފައިދާއެއް ނުލިބެނީސް، އީރާނުން ވަނީ އަވަސްއަރުވާލައިގެން ހުރްމުޒް ކަނޑުއޮޅި ހުޅުވާލައި، އެ މުހިންމު ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގެ ފުރުސަތު ދީފަ އެވެ.

އަންގާރަ ދުވަހު ސްޓޭޓް ޓީވީއަށް ދެއްވި އިންޓަވިއުގައި ގަލިބާފް ވިދާޅުވީ، އެމެރިކާއިން ހުރްމުޒް އަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމާއެކު، މި ފަހުމުނާމާގެ ސަބަބުން އީރާނަށް ތެޔޮ ވިއްކުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ، ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލި ދުވަހުން ފެށިގެން މިއަދާ ހަމައަށް 40 މިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ހޭދަވި 50 އާއި 60 އާ ދެމެދުގެ ދުވަސްތަކުގައި، އެންމެ ފީފާ އެއް އެކްސްޕޯޓް ކުރުމުގެ ގާބިލުކަން އީރާނުގެ ކިބައިގައި ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާމުހައްމަދު ބާގިރު ގަލިބާފްއައި.އާރް.އައި.ބީހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި

01 ޖުލައި 2026
ޤަތަރުގައި އެމެރިކާ އިން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ކަމަށް އެ ޤައުމުން ބުނެފި
01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ

30 ޖޫން 2026
އެމެރިކާ އާއި އީރާނުގެ ނުސީދާ މަޝްވަރާތައް ގަތަރުގައި ބުދަ ދުވަހު ބާއްވަނީ
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅީގެ ހަލަބޮލިކަމުގެ ސަބަބުން ނާޒުކު އިގްތިސާދުތަކަށް ދިގުދެމިގެންދާ ނުރައްކާ ކޮށްފާނެ ކަމުގެ އިންޒާރު އދ. އިން ދީފި
30 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި

30 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ފީއެއް ނެގުމަށް އީރާނުން ގެންގުޅޭ ޕްލޭނަށް އޮމާނުން ތާއީދުކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް

29 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން، ގަތަރުގައި ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާނުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު