Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

މިހަފްތާގައި އީރާނުން ދޯހާގައި އެމެރިކާއާ މަޝްވަރާކުރާ ޚަބަރަކީ ދޮގެއް

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން ކުރިއަށްދާ މަޝްވަރާތަކުގައި، މި ހަފުތާގައި އެއްވެސް ޓެކްނިކަލް ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައި ނުވާކަމަށް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވެއްޖެ. އޭނާ މިހެން ވިދާޅުވީ ދެ ގައުމުގެ މަންދޫބުން ދޯހާގައި ބައްދަލުކުރާނެ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް ދޮގުކުރައްވަމުން.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 14:22
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ | ޕްރެސްޓީވީ

އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާގެ ދަށުން އުފައްދާފައިވާ ވޯކިން ގްރޫޕްތަކުގެ ބައްދަލުވުންތަކެއް ގަތަރުގެ ވެރިރަށް ދޯހާގައި މި ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ޚަބަރުތައް އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ދޮގުކުރައްވައިފި އެވެ. އޭނާ ވިދާޅުވީ މި ހަފުތާގައި އެމެރިކާއާއެކު އެއްވެސް "ޓެކްނިކަލް މަޝްވަރާއެއް" ބޭއްވުމަށް ތާވަލުކުރެވިފައި ނުވާ ކަމަށެވެ.

އީރާނުގެ މަޝްވަރާ ޓީމުގެ އިސް މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ޣަރީބްއާބާދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދޯހާގައި ޓެކްނިކަލް މަޝްވަރާތަކެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ "ކަށަވަރު ނުކުރެވޭ" ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ވޯކިން ގްރޫޕްތަކުގެ ޓެކްނިކަލް ބައްދަލުވުންތަކެއް މި ހަފުތާގައި ބޭއްވުމަށް އެއްވެސް ވަރަކަށް ތާވަލުކުރެވިފައި ނުވާ ކަމަށެވެ.

ޣަރީބްއާބާދީ އިތުރަށް ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އަނެއް ފަރާތުން (އެމެރިކާއިން) ވެފައިވާ އިލްތިޒާމްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހިމެނޭހެން، ގަތަރާއެކު ކުރިއަށްދާ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

އީރާނުގެ ޑިޕްލޮމެޓް ވިދާޅުވީ، ކަނޑައެޅިފައިވާ ވޯކިން ގްރޫޕްތަކުގެ އޮނިގަނޑުގެ ތެރެއިން ބާއްވާ ޓެކްނިކަލް މަޝްވަރާތަކުގެ ފުރަތަމަ ބުރު ބޭއްވޭނީ، އެކަމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވެ، ބައްދަލުވުން ބާއްވާނެ ތާރީޚަކާއި ތަނަކާ މެދު އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.

އަދި މި މައްސަލައިގައި މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތައް މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޣަރީބްއާބާދީ މިހެން ވިދާޅުވެފައި މިވަނީ، ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ހިމެނޭހެން ދެ ގައުމުގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށްޓަކައި، ދެ ފަރާތުގެ މަންދޫބުން އަންގާރަ ދުވަހު ދޯހާގައި ބައްދަލުކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ފަރާތުގެ މަންދޫބުން އަންގާރަ ދުވަހު ދޯހާގައި ބައްދަލުކުރާނެ ކަމަށެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޖުލައި 17 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި 14 ނުކުތާގެ ފަހުމުނާމާގައި، ލުބުނާނު ހިމެނޭހެން ހުރިހާ ދިމާއަކުން ކުރިމަތިލުންތައް ދާއިމީކޮށް ހުއްޓާލުމަށާއި، 30 ދުވަހުގެ ތެރޭގައި އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށާއި، ހޯމުޒް ކަނޑުއޮޅި މެދުވެރިކޮށް ވިޔަފާރި އުޅަނދުފަހަރު ދަތުރުފަތުރުކުރުން އަލުން އިއާދަކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.

އީރާނާއި، އެމެރިކާ އަދި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި ގަތަރުގެ މެދުގައި ބޭއްވި ހަތަރު ފަރާތުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ޖޫން 21 ވަނަ ދުވަހު ސުވިޒަލޭންޑްގަ އެވެ.

ސުވިޒަލޭންޑްގެ ބާގަންސްޓޮކް ރިސޯޓުގައި ބޭއްވި މި މަޝްވަރާތަކާއެކު، 14 ނުކުތާގެ އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން 60 ދުވަހުގެ މަޝްވަރާގެ މުއްދަތު ވަނީ ފެށިފަ އެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އިސްކޮށް ހުންނަވައި، ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހިމެނިވަޑައިގަންނަވާ އީރާނުގެ ވަފުދުން ވަނީ އެ ފަހުމުނާމާ ފުރިހަމައަށް ތަންފީޒުކުރުމަށް ބާރުއަޅުއްވާފަ އެވެ.

އީރާން-އެމެރިކާއިސްލާމްއާބާދު ފަހުމުނާމާހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
29 ޖޫން 2026

އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި

29 ޖޫން 2026
އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެ، މި ހަފްތާގައި ދޯހާ ގައި މަޝްވަރާތައް ބާއްވަން ނިންމައިފި
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި

28 ޖޫން 2026
އެމެރިކާ އަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގައި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ 8 މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފި
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
28 ޖޫން 2026

އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު

28 ޖޫން 2026
އީރާންގެ ހަމަލާ ތަކުގައި ބަހްރެއިންގެ މީހުން ދިރިއުޅޭ އިމާރާތް ތަކަށް ގެއްލުން ލިބުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު