Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. ހަނިމަދޫ

ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް

4 ޖުލައި 2026 | ހޮނިހިރު 14:00

ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެކި ފަހަރުމަތިން އެދިފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނުހާވެސް ކަމަކީ ސާވޭއެއް ކުރުން އެކަނި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ. ގިނަ ދުވަސްވެފައިވާ މި ބަނދަރުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި އިރު، މަސައްކަތް ކުރިއަށްދާ ދުވެލި ލަސްވުމުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވަމުންދާކަން ކައުންސިލުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖުލައި 2026 | ހޮނިހިރު 14:00
ހދ. ހަނިމަދޫ އުތުރު ފަރާތު ބަނދަރުގެ ތޮށިގަނޑު: ރައީސް މުއިއްޒު ވަނީ މި ސަރަހައްދު މަރާމާތު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ.

ހދ. ހަނިމަދޫ އުތުރު ފަރާތު ބަނދަރުގެ ތޮށިގަނޑު: ރައީސް މުއިއްޒު ވަނީ މި ސަރަހައްދު މަރާމާތު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ. | ރާއްޖެ އެމްވީ


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރާއި ބައި ވެގެން ދިޔަ އިރު، ހދ. ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ކުރެވުނުހާވެސް ކަމަކީ ސާވޭއެއް ކުރުން އެކަނި ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، ރައީސް މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު ރަށްރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށަށް ވަޑައިގަތުމުން، އުތުރު ފަރާތު ބަނދަރުގެ މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ފިރާގް ފާހަގަކުރެއްވި ގޮތުގައި އެއީ  ރައީސް މައުމޫނުގެ ވެރިކަމުގައި ބޭނުންކުރަން ފެށި ބަނދަރެކެވެ.

ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވަނީ. | ރާއްޖެ އެމްވީ

ފިރާގް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވެރިކަމުގައި އެ ރަށުގައި އާ ބަނދަރެއް ހެދުމުގެ އިތުރުން، އުތުރު ފަރާތުގެ ބަނދަރުގައި ކައުންސިލުން އެދުނު ގޮތަށް ކޮންކްރީޓް އަޅައި ބައެއް މަރާމާތުތައް ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ ބަނދަރުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ރައީސް މުއިއްޒު 2024 ވަނަ އަހަރު އެ ރަށަށް ވަޑައިގަތުމުން ވެސް އެ ބަނދަރު މަރާމާތުކޮށްދެއްވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ރައީސް މުއިއްޒު އަށް ދެންނެވީ ތިރީސް އަހަރުގެ މި ބަނދަރު އަޅުގަނޑުމެންނަށް މަރާމާތުކޮށްދެއްވާށޭ. ބުނީމަ ހަމަ ވަގުތުން މޫލިއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް ކައިރީ ދެންނެވީ ސީދާ އިގްބާލްގެ ބެލުމުގެ ދަށުން މި މަސައްކަތް އަވަހަށް ފަށަން،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ނަމަވެސް، އޭގެ ފަހުން 2025 އޮގަސްޓް 25 ގައި އެ ރަށުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތަކަށް ރައީސް ވަޑައިގަތުމުންވެސް ބަނދަރުގެ މައްސަލަ ހައްލުނުވާކަން ދެންނެވި ކަމަށާއި، އޭރުވެސް ރައީސް ވިދާޅުވީ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމަށް ފިރާގް ވިދާޅުވި އެވެ.

ފިރާގް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދެ އަހަރާއި ބައި ވެގެން ދިޔައިރު، އެންމެ ފަހުން މިދިޔަ ޖޫން މަހު މިނިސްޓްރީން އައިސް ހެދީ ސާވޭއެއް އެކަނި ކަމަށެވެ. އަދި މަސައްކަތް މިހާ ލަސް ސްޕީޑެއްގައި ކުރިއަށްދާތީ، ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދެ އަހަރާއި ބައިވީ އިރު ސާވޭ އަދި ކިރިޔާ މި ހެދުނީ. އެހެންވީމަ ދެން ވިސްނަވަޑައިގެން މި ބަނދަރު ދެން ހެދޭނެތޯ. މިދާ ސްޕީޑްގަ ދާއިމީ ހައްލެއް ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް މިހާރު ނެތް،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫ އުތުރު ބަނދަރަކީ އެ ރަށުގެ މީހުންގެ އިތުރުން އެހެން ރަށްރަށުގެ ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ބަނދަރަކަށްވާއިރު، މި މަސައްކަތް ލަސްވަމުންދާތީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޙައްމަދު ފިރާގުހދ. ހަނިމާދޫހަނިމާދޫ އުތުރުފަރާތު ބަދަރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
03 ޖުލައި 2026

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް

03 ޖުލައި 2026
ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

02 ޖުލައި 2026
ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް