Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ސްޓޭޓް ފާމާ

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

2 ޖުލައި 2026 | ބުރާސްފަތި 15:36

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭހަށް އޯޑަރުކުރި ބަލިމީހަކަށް، ހަތަރު މަސްވީއިރުވެސް ބޭސް ނުލިބި ލަސްވަމުންދާ މައްސަލައެއް ފެންމަތިވެއްޖެ. އޭޕްރީލް މަހު އޯޑަރުކުރި "ޕައިރިޑޯސްޓިގްމައިން" ބޭހުގެ ބަދަލުގައި އޮޅިގެން އެހެން ބޭހެއް ފޮނުވި ނަމަވެސް، އެކަން އިސްލާހުކޮށް ރަނގަޅު ބޭސް ފޯރުކޮށްދިނުމުގައި ކުންފުނިން އިހުމާލުވެފައިވާ ކަމަށް ބަލިމީހާ ބުނޭ. މިފަދަ އަސާސީ ބޭސްތައް ލިބުން ލަސްވުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެދާނެތީ އާންމުންގެ މެދުގައި މިހާރު ވަނީ ކަންބޮޑުވުން އިތުރުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 15:36
އައިޖީއެމްޗް ގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޭސްފިހާރަ އެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.

އައިޖީއެމްޗް ގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޭސްފިހާރަ އެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ. | ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް

ރާއްޖެއަށް ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދެވި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން" (ސްޓޭޓް ފާމާ) އަށް ބޭހަކަށް އޯޑަރު ކުރިތާ ހަތަރު މަސް ވެގެން ދިޔައިރުވެސް ބޭސް ނުލިބޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލައިގައި ބަލިމީހަކު ވަނީ އޭނާގެ ސިއްހީ ހާލަތަށް ބޭނުންވާ އަސާސީ ބޭސް ނުލިބި ލަސްވަމުންދާތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބަލިމީހާ ބުނި ގޮތުގައި، އޭނާގެ ސިއްހީ ހާލަތަށް ކޮންމެހެން ބޭނުންވާ "ޕައިރިޑޯސްޓިގްމައިން" ބޭހަށް ސްޓޭޓް ފާމާ މެދުވެރިކޮށް އޯޑަރު ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.  ނަމަވެސް، އޯޑަރު ކުރިތާ މަހެއްހާ ދުވަސް ފަހުން އޭނާ އަށް ލިބުނީ އޯޑަރު ކުރި ބޭހުގެ ބަދަލުގައި މުޅިން އެހެން ބޭހެއް ކަމަށް އޭނާ ބުންޏެވެ.

އޮޅިގެން އެހެން ބޭހެއް ފޮނުވުމާ ގުޅިގެން، ރަނގަޅު ބޭސް ހޯދުމަށް ވަގުތުން އެދުނު ނަމަވެސް އޭގެ ފަހުން ތިން މަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް އެ ބޭސް ނުލިބޭކަމަށް އެ މީހާ ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި މި ބޭހަކީ އޭނާގެ ފަރުވާއަށް ނުހަނު މުހިންމު ބޭހަކަށް ވާއިރު، ތަކުރާރުކޮށް ސްޓޭޓް ފާމާއަށް ގުޅައި ފޮލޯއަޕް ހެދުމުންވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެ އެވެ. އަދި ބޭސް ލިބޭނެ ވަކި ތާރީޚެއްވެސް އެ ކުންފުނިން ބުނެދީފައި ނުވާކަމަށް އޭނާ ބުންޏެވެ.

ކަމާބެހޭ ފަރާތްތަކުން ރާއްޖެއަށް ބޭސް ލިބުމުގައި ދަތިތަކެއް ނެތް ކަމަށް ބުނަމުންދާއިރު، މިފަދަ އަސާސީ ބޭސްތައް ނުލިބި ހަތަރު މަސް ދުވަސް ހޭދަވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަލިމީހާ ބުނެ އެވެ. މި ލަސްވުމުގެ ސަބަބުން ސިއްހީ ހާލަތު އިތުރަށް ގޯސްވެ، ކުރިމަތިވެދާނެ ނުރައްކާތަކުގެ ޒިންމާ ނަގާނީ ކާކުތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސްޓޭޓް ފާމާ އުފެއްދެވި ނަމަވެސް، ބޭސް ނުލޮބިމުގެ މައްސަލައަށް އެއްވެސް އެދޭވޭ ހައްލެއް ލިބިފަނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސް ލިބުމުގައި ހުރި މިފަދަ ހުރަސްތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާމެދު އާއްމު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްޕައިރިޑޯސްޓިގްމައިންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުހެލްތް މިނިސްޓްރީއާސަންދަ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
27 ޖޫން 2026

މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު

27 ޖޫން 2026
މުޙައްމަދު މުޢިއްޒު އަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން: މުންދު
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް