Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހދ. ހަނިމާދޫ ހޮސްޕިޓަލް

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

2 ޖުލައި 2026 | ބުރާސްފަތި 15:19

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ބިންގާ އަޅުއްވައިދެއްވި ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ތަރޑް ޕާޓީއަކަށް ދޫކޮށްލުމުގެ ސަބަބުން ހުއްޓިފައި އޮތްއިރު، މިއީ ރަށުގެ ސިއްހީ ހިދުމަތަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 2 ޖުލައި 2026 | ބުރާސްފަތި 15:19
ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވި ރަސްމިއްޔާތުގެ ތެރެއިން.

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވި ރަސްމިއްޔާތުގެ ތެރެއިން. | ރައީސް އޮފީސް

ހދ. ހަނިމާދޫގައި 30 އެނދުގެ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި ބިންގާ އެޅުއްވި ފަހުން، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ބުނެ ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު މައުލޫމާތު ދެއްވި ގޮތުގައި، 25 އޮގަސްޓް 2025 ގައި ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން ބިންގާ އެޅުމުގެ ގޮތުން އޮއްސާލެއްވި ކޮންކްރީޓް ކޮޅު ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ހިނގާފައެއް ނުވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އޭރުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގެން މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ. | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫއަށް ވަޑައިގެން، އަޑުއެހިން ނޫންތޯ މި ރާއްޖެތެރޭ ރަށްރަށުގައި ބިންގާތައް އެޅި ވާހަކަ. އެއީ 25 އޮގަސްޓް 2025 ގައި މިރަށަށްވެސް އައިސް މި ބިންގާތައް އެޅީ. މިހާރު ބައްލަވާލެއްވިޔަސް މި ފެންނަނީ ހަމަ އެގޮތަށް،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

އޭނާ އިތުރަށް ވިދާޅުވީ، މިއީ 30،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އިމާރާތްކުރަން ނިންމާފައިވާ ދެބުރީގެ ހޮސްޕިޓަލެއް ނަމަވެސް، މިހާތަނަށް ކޮނެލާފައިވަނީ ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ސަރަހައްދެއް ކަމަށެވެ. އަދި އެތަން މިހާރު އޮތީ ފެން ހެދިފައި ކަމަށާއި، ބިންގާ އެޅި ދުވަހު ކުރި މަސައްކަތަށް ފަހު އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެދުވަހު އޮއްސާލި ކޮންކްރީޓާ، ދެން އޭގެ ގާތްގަނޑަކަށް ދެތިން ދުވަސް ފަހުން ފޮޓޯއެއް ނަގާލަން ކުރި މަސައްކަތެއް މިއީ. މިތަން އޮތީ އާރްޑީސީ (RDC) އާ ހަވާލުކޮށްފައި. އެކަމަކު މައުލޫމާތު ލިބޭ ގޮތުގައި އާރްޑީސީން މި މަސައްކަތް ވަނީ ތަރޑް ޕާޓީއަކަށް ދީފައި. އެހެންވެ މަސައްކަތް ނުހިނގާ ހުއްޓިފައި މި އޮންނަނީ،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ދަތިތަކަށް ހައްލެއް ހޯދުމަށް ފެށި މި މަޝްރޫއު ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ. މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީ އިން ތަރޑް ޕާޓީއަކަށް މަސައްކަތް ދޫކޮށްލުމުގެ ސަބަބުން، މަޝްރޫއު ކުރިއަށް ނުގޮސް އޮތް އޮތުމަކީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ހދ. ހަނިމާދޫމުޙައްމަދު ފިރާގުއާރްޑީސީރައީސް މުއިއްޒު

އިތުރަށް ކިޔާލަން

30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
28 ޖޫން 2026

ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް

28 ޖޫން 2026
ހަނިމާދޫ ރައްޔިތުންނަށް ރުށްގަހުގެ ބަދަލެއް ނުލިބޭ، މިއީ ރުށްގަހުން ވެސް ވައްކަން ކުރާ ސަރުކާރެއް: ކައުންސިލްގެ ރައީސް
27 ޖޫން 2026

ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!

27 ޖޫން 2026
ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް

26 ޖޫން 2026
ހަނިމާދޫ އެއާޕޯޓަކީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް ބޭކާރު ހަރަދެއްގެ ގޮތުގައި ދެއްކުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރަމުން: ކައުންސިލްގެ ރައީސް
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
13 ޖޫން 2026

ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!

13 ޖޫން 2026
ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!
04 ޖޫން 2026

އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި

04 ޖޫން 2026
އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި
28 މެއި 2026

މި ސަރުކާރުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވޭ

28 މެއި 2026
މި ސަރުކާރުގައި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެންމެ މަގެއް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިނުވޭ
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް