Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ ސަރުކާރު

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

4 ޖުލައި 2026 | ހޮނިހިރު 10:45

ލޯނު ދެއްކުމަކީ ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި ސިފަކޮށް، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ތުހުމަތު ކުރައްވައިފި. މީގެ އިތުރުން، ބަޖެޓުގައި ރަށްރަށުގެ މަޝްރޫޢުތައް ވަކިވަކިން ހިމެނުމުގެ ބަދަލުގައި ޖުމްލަ އަދަދުތަކެއް ޖަހައިގެން ސަރުކާރުން ބޭނުންހާ ގޮތަކަށް ހޭދަކުރަމުންދާ ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. މޭޔަރު މިހެން ވިދާޅުވީ އެއް ލޯނު ދައްކާފައި އަނެއް ލޯނު ނަގަމުންދާކަން ފާހަގަކުރައްވަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖުލައި 2026 | ހޮނިހިރު 10:45
 ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ދައްކަމުންދާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު ޢާޠިފް ވިދާޅުވީ، ސަރުކާރަކުން ނުވަތަ ކުންފުންޏަކުން ވިޔަސް ހިނގަމުންދާހާ ހިނދަކު ލޯނަކީ އޮންނާނެ އެއްޗެއް ކަމަށާއި، އެއީ ދައްކަންވެސް ޖެހޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ލޯނު ދެއްކުން އެއީ ތަރައްޤީގެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަމައެކަނި ސަރުކާރުން މި ދައްކާ ވަރަށް ވަރުގަދަ ތަރައްޤީގެ ޕްރޮޖެކްޓަކީ ދިވެހިރާއްޖެ ދަރާފައޭ، ދިވެހިރާއްޖެއިން ނަގާފަ ހުރި ލޯނެއް އެބަދައްކަމޭ. އެ ލޯނަކީ ސަރުކާރެއް ވިޔަސް އަދި ކުންފުންޏެއް ވިޔަސް އެ ހިނގަމުން ދާހާ ހިނދަކު އޮންނާނެ އެއްޗެއް، ދައްކަން ވެސް ޖެހޭނެ އެއްޗެއް،
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް

ޢާޠިފް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ލޯނު ޕޭމަންޓް ދެއްކުން ތަރައްޤީގެ ބޮޑު މަޝްރޫޢަކަށް ހަދައިގެން ސަރުކާރުން އުޅެނީ އޮޅުވާލުމެއްގެ ތެރޭގަ އެވެ. އޭނާ ވިދާޅުވީ ގިނަ ފަހަރަށް ފެންނަނީ އެއް ލޯނު ދައްކާފައި، އޭގެ ފަހަތުން އަނެއް ލޯނު ނަގަމުންދާ ތަން ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ބަޖެޓް ފޮތުގައި ރަށްރަށަށް ވަކިވަކިން ޕްރޮޖެކްޓްތައް ހިމަނަން ކެރިވަޑައިގެންފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބަޖެޓުގައި ކަންކަން ހިމަނާފައިވަނީ ބަލްކުކޮށް (ޖުމްލަ އަދަދުތަކެއްގެ ގޮތުގައި) ކަމަށާއި، މި ސަރުކާރުން ހޭދަކުރަމުންދަނީ ހިތުހުރި ގޮތަކަށް ކަމަށްވެސް ޢާޠިފް ވިދާޅުވި އެވެ.

މޭޔަރު ޢާޠިފް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށާއި ދަރަނި ދެއްކުމަށް ސަރުކާރުގެ އިސްވެރިން ބޮޑު އިސްކަމެއް ދެއްވަމުންދާކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއެމްއެމްއޭ

އިތުރަށް ކިޔާލަން

04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް