Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލްގެ އާ އިމާރާތް އަޅާ ސަރަހައްދުގައި ކުރާ ހަމައެކަނި މަސައްކަތަކީ، ކޮންމެ ދުވަހަކު "ސަން ނެޓް" ގަ ގޮށެއް ޖަހާލުން: ކައުންސިލް

3 ޖުލައި 2026 | ހުކުރު 14:12

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރިތާ އެތަކެއް ދުވަސް ވެފައިވާއިރު، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އޮތުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މި މަޝްރޫއުގެ ދަށުން 8 ކުލާސްރޫމާއި ލެބޯޓްރީއެއް އެޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ހަނިމާދޫގެ އިތުރުން އެ ރަށަށް ބަދަލުވާ ހިރިމަރަދޫ ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ކައުންސިލުން ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖުލައި 2026 | ހުކުރު 14:12
ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ، މަސައްކަތް ހަވާލުކުރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ، މަސައްކަތް ހަވާލުކުރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، މަޝްރޫއު ހިންގާ ކުންފުނިން ކުރާ ހަމައެކަނި މަސައްކަތަކީ މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި ދަމާފައިވާ ސަންނެޓުގަ ކޮންމެ ދުވަހަކު ގޮށެއް ޖަހާލުން ކަމަށެވެ.

ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރަނ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ، މަސައްކަތް ހަވާލުކުރިތާ ދެ އަހަރާ ބައި ވެފައިވާއިރުވެސް އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.

މިތާ ވަރަށް ހިނގިއްޖެ މިތާ އެތެރޭގައި، އެއްވެސް ތާކުން ނުފެނުނު ކުލާސްރޫމެއް ހަދަން ފައުންޑޭޝަން އަޅާލާ އަދި ކޮނެލާފަ ހުރި ތަނެއް ވެސް. މި އަވިނެޓެއް މި އޮތީ؟ މި ދެން، މި ޔޯ ބުނާ ކުލާސް ރޫމް އަޅާ ސަރަޙައްދަކީ،
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ފިރާގް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ބިންގާ އެޅި ދުވަހުވެސް ކައުންސިލަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ. އަދި މަސައްކަތް ހަވާލުކުރިކަމުގެ އެއްވެސް ލިޔެކިޔުމެއްވެސް ކައުންސިލަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއުގެ ދަށުން 8 ކުލާސްރޫމާއި ލެބޯޓްރީ އެއް އެޅުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ.

ހދ. ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެރަށު ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަނީ. | ރާއްޖެ އެމްވީ

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ އެވެ. ނަމަވެސް އެ ކުންފުނީގެ އެއްވެސް މަސައްކަތްތެރިއަކު އެ ސަރަހައްދުން ފެންނަން ނެތް ކަމަށާއި، ފެންނަނީ ސިޔާސީ ބޭފުޅެއްގެ ބެލުމުގެ ދަށުން ބިދޭސީއަކު ލައްވައި ސަންނެޓުގައި ގޮށްޖެހުމުގެ މަސައްކަތް ކުރާތަން ކަމަށް ފިރާގް ތުހުމަތު ކުރެއްވި އެވެ.

ދެން އެމީހުންނާ ހަވާލުކޮށްފަ އިން އިރުގަ މިހިރީ މަސައްކަތް ފެންނަން. ދެން މިތަނުގަ އެބޭފުޅުންގެ އެއްވެސް ލޭބަރެއް މިތަނަކަށް ނާދޭ، ދުވަހަކުވެސް ނާދޭ، ދެން އަޑުއިވެނީ މިރަށުގަ ކޮންމެވެސް މީ ސިޔާސީ ބޭފުޅަކަށް މަތިކޮށްގެން އެބޭފުޅާގެ ދަށުން ދެން ކޮންމެވެސް ގޮތަކުން ލާރި ދީގެން ބަންގާޅި އެއް ގެނެސް. މި އަވިންނަޓުގަ ކަންވާރުން ގޮށެއްޖަހާލާ ކޮންމެ ދުވަހަކު. ދެ އަހަރާ ބައިވީ އިނގޭތޯ. ދެން ކިހިނެއްތޯ ރަށެއްގަ ދަރިވަރުންތަކެއް މިރަށަށް ބަދަލުކޮށްފަ ކިޔަވައިދެނީ؟
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

ހަނިމާދޫ ސްކޫލަކީ މިހާރުވެސް ޖާގަ ނެތުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ތަނެކެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ނިންމެވުމާއެކު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެ ރަށުގެ ދަރިވަރުންނަށްވެސް ކިޔަވައިދޭން ޖެހޭނީ ހަނިމާދޫ ސްކޫލުގަ އެވެ.

މަޝްރޫއު ފެށި ދުވަހު ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި މަޝްރޫއު ކުރިއަށްގެންދާނީ ހަނިމާދޫ ދަރިވަރުންނާއި ހިރިމަރަދޫއިން ބަދަލުވާ ދަރިވަރުންނަށްވެސް ޖާގަ ލިބޭނެ ގޮތަކަށް ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންގެ މެދުގައިވެސް ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފަ އެވެ.

މުޙައްމަދު ފިރާގުފަހި ދިރިއުޅުން ކޯޕަރޭޝަންހދ.ހަނިމާދޫ

އިތުރަށް ކިޔާލަން

02 ޖުލައި 2026

ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި

02 ޖުލައި 2026
ބިންގާ އަޅަން އޮއްސާލި ކޮންކްރީޓް ކޮޅާއެކު ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައި
27 ޖޫން 2026

ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް

27 ޖޫން 2026
ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށްފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ: ކައުންސިލްގެ ރައީސް
24 ޖޫން 2026

އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ

24 ޖޫން 2026
އެފްޑީސީ ފްލެޓުތަކުގައި ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި މިނިސްޓަރ މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
04 ޖޫން 2026

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

04 ޖޫން 2026
ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!
01 ޖޫން 2026

އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ

01 ޖޫން 2026
އުދަރެސް 11 ވަނަ ޓަވަރާއި، އާމާން ދޯދި ޓަވަރުތަކުގެ ތެރެއިން 16 ވަނަ ޓަވަރާ އިންވެގެން އޮތް ބިމުގައި ކުރާ މަސައްކަތް ނޭނގޭ: އެޗްޑީސީ
31 މެއި 2026

އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!

31 މެއި 2026
އުދަރެސް 11 ވަނަ ޓަވަރާ ދިމާލުން ބޭރުގައި އޮންނަ ހުސް ބިން ނުއަގުގައި ވިއްކާލި ކަމުގެ ތުހުމަތު، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާތީ ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި!
31 މެއި 2026

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

31 މެއި 2026
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ
29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
25 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން

25 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދިނުމަށް ހައުސިން މިނިސްޓްރީ އިން ސިޓީ ފޮނުވީ ވަޒީރު މަޖިލީހަށް ހާޒިރުކުރުމުގެ ދުވަސްކޮޅެއް ކުރިން ޕްރެޝަރ ބޮޑުވެގެން
22 މެއި 2026

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް