Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޔަރ އާތިފް

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

4 ޖުލައި 2026 | ހޮނިހިރު 11:20

ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެފައިވާ 3،400 ހައުސިންގ ޔުނިޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމަވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައި ނުވީނަމަވެސް، ރައީސްގެ ވައުދާ އެއްގޮތަށް މި މަސައްކަތްތައް ނިމިގެންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖުލައި 2026 | ހޮނިހިރު 11:20
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު ޢާޠިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު ޢާޠިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

 މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ކުޅުދުއްފުށީގައި އެޅުމަށް ވައުދުވެފައިވާ 3400 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމަވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ރިޔާސީ މި ދައުރުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެން ދިޔައިރު، ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދެވޭ ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ 400 ހައުސިންގ ޔުނިޓްގެ މަސައްކަތުގައިވެސް މިހާތަނަށް "ސިމެންތި ހަންޖެއް" ވެސް ޖަހާލެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން އާތިފް ވިދާޅުވީ، ރައީސް މުއިއްޒުގެ 2000 ހައުސިންގ ޔުނިޓްގެ ވައުދުގެ އިތުރުން، ކުރީގެ ސަރުކާރުން މަސައްކަތް ހަވާލުކޮށްފައިވާ 1500 ހައުސިންގ ޔުނިޓްގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 3400 ހައުސިން ޔުނިޓުގެ މަސައްކަތް ކުޅުދުއްފުށީގައި މި ދައުރު ތެރޭގައި ނިންމާނެ ވާހަކަ ރައީސް މުއިއްޒު ވިދާޅުވެފަވާކަމަށް އާތިފް ވިދާޅުވި އެވެ. 

 ދެން އަނެއް ދެއަހަރު ބައިން، އަޅުގަނޑު ވަރަށް އުފާވާނެ 3400 ހައުސިންގ އުނިޓް، ރައީސް މުއްޒު ކުޅުދުއްފުށީގަ އަޅައިދީފިއްފާ. އަޅުގަނޑު ހަމަ ޔަގީނުންވެސް އޭރުން ވޯޓް ދޭނަން. އެ 3400 ހައުސިންގ ޔުނިޓްގެ މަސައްކަތް ރައީސް މުއިއްޒުގެ މި ދައުރު ތެރޭ ނިންމަވާފަ، ވޯޓަށް އައްސަވައިފިއްޔާ އަޅުގަނޑު ވޯޓު ދޭނަން
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް

މޭޔަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެއަހަރާއި ބައިގެ ތެރޭގައި މި މަޝްރޫއުތަކުން އަމަލީ އެއްވެސް މަސައްކަތެއް ފެނިފައި ނުވީނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތްތައް ނިމިގެންދިއުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. 

ބޯހިޔާވަހިކަންކުޅުދުއްފުށި ސިޓީކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް