Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

4 ޖުލައި 2026 | ހޮނިހިރު 10:32

ސަރުކާރުން ރައްޔިތުންގެ ލާބައަށްވުރެ ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޑޮލަރާއި ބޭހުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. އަދި ސަރުކާރުން ނިންމާ ނިންމުންތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން އިންތިޚާބުތަކުގެ ނަތީޖާއިން ފެންނާނެ ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2026 | ހޮނިހިރު 10:32
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޯގުރާމުގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް އަވަހަށް ކަންކަން ބަދަލުކުރާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނާއި ގައުމަށްވާ ފައިދާއަށް ވުރެ ބޮޑަށް ސަރުކާރުން ބޭނުންވާ ވަކި ކަމެއް ހާސިލް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ބޭހާއި ޑޮލަރުގެ މައްސަލާގައި ވެސް ފެންނަނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. 

ގައުމުގެ މާލީ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އާމްދަނީ އިތުރުވާ ކަމަށާއި، ރައްޔިތުންގެ އަތުން އެފައިސާ ސަރުކާރުން ހޯދާ ކަމަށެވެ. ރައްޔިތުންނަށް ދަތިވި ނަމަވެސް އެނޫން ގޮތެއް ނެތުމުން އެ ދައްކަން ޖެހޭ ފައިސާއެއް ދައުލަތަށް ދައްކާ ކަމަށާއި، ނަމަވެސް ވޯޓުގެ ނަތީޖާއިން މިކަންކަމާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭކަން ދައްކާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މިހާރު ސަރުކާރުގެ އެކަމުގައި ގެންގުޅޭ މިހާރު އަޅުގަނޑުމެން މި ކިޔަނީ ގީލާ ތިޔަރީ. އެ ތިޔަރީ ބޭނުންކުރީމަ މިކަން ހުއްޓޭނެ. މިހާރު ވަގު ޑޮލަރު ބްލެކް މާކެޓެއް އުފެދުނީ. މިހާރު ބްލެކް މާކެޓަށް ނިންމާލަނީ ނޫން. ބީއެމްއެލުން ރަސްމީކޮށްލަނީ ބްލެކް މާކެޓް. އެހެންވީމަ ބްލެކް މާކެޓް ދިޔައީއޭ. މި ސިނގިރެޓް. ވަގަށް މިގެންނަ ސިނގިރޭޓް ވެސް ވެސް ދެން ދާއިމީ ކޮށްލާނީ. ކޮންމެވެސް ގާނޫނީ ހައިސިއްޔަތެއް އެއަށް ދީފަ އެކަން އެގޮތަށް މިހާރު ބޭހުގެ މައްސަލައަށް ޙައްލުކުރީމަ. އެ ހުރި ބޭހެއް ކާށޭ، ފަރުވާ ބޭނުމެއް ނޫނޭ ބޭސް ލިބޭ ގޮތް ހަދައިފިތާ ގީލާ. މިހާރު ކުންފުނި ބަދަލުކޮށްފައި ސަރުކާރުން ބޭސް ވިއްކާ ގޮތަށް ހަދާ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ފުޓްބޯޅަ މެޗެއްގައި މޮޅު ވަނީ ގޯލް ޖަހައިގެންކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ބައިކޮޅަށް ޖެހުމުން ބަލިވާކަން އެމަނިކުފާނަށް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވީމަ ރައީސް މުއިއްޒަށް މި އެނގެނީ ފުޓްބޯޅަ މެޗެއްގައި މޮޅު ވަނީ ގޯލް ޖަހައިންކަން. ނޭނގި އޮތް ތަންކޮޅަކީ ބައިކޮޅަކަށް އަދި ޖެހިޔަކަސް މޮޅެއް ނުވާނެ. އެކަމެއް އޭނައަކަށް ނޭނގޭ. އެހެންވީމަ މިހާތަނަށް މި ޖެހީ ކޮންމެ އެއްޗެއް ބައިކޮޅެއް ނޫން. ދެ އަހަރު ބައިވަންދެން ބައިކޮޅަށް އެ ޖެހީ. ދެން ނަތީޖާ އަންނައިރު މިއޮންނަނީ ބަލިވެފައި.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު މިހާތަނަށް މުޅިން ވެސް ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމަށާއި، އެކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.

އެހެންކަމުން ރައްޔިތުން ވެސް ސަރުކާރާ ދެކޮޅަށް މަގު މައްޗަށް ނުކުމެ އަބަދު ހަޅޭ ނުލެވި ނަމަވެސް އިންތިޚާބާ ދިމާކޮށް ލިބޭ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައިން ރައީސް މުއިއްޒު ބަލި ކުރާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

އިތުރަށް ކިޔާލަން

03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
02 ޖުލައި 2026

ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ

02 ޖުލައި 2026
ރައީސް މުއިއްޒަކީ "ފައްކާ ހިޔަޅެއް"، އެމަނިކުފާނަށް އިހުތިރާމް ކުރާނެ މީހަކު މިހާރު ނެތް: ބޮންޑާ
02 ޖުލައި 2026

ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި

02 ޖުލައި 2026
ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދަން އެދުނުތާ 4 މަސް؛ ބޭސް ނުލިބި ބަލިމީހަކު ބޮޑު ކަންބޮޑުވުމެއްގައި
02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
01 ޖުލައި 2026

މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން

01 ޖުލައި 2026
މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައީސް މުއިއްޒުގެ ވައުދުތައް ބޮލާލާ ޖަހައި، އޭގެ މަތިން ރައްޔިތުން ހަދާން ނައްތާލަން ހުށަހަޅާ ބިލްތަކެއް: އަމީން
30 ޖޫން 2026

މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން

30 ޖޫން 2026
މިސަރުކާރުން ކަމެއްކުރާ އިރު ވިސްނަނީ ނޭފަތު ކުރިއާ ހިސާބަށް: އަލީ ހުސައިން
29 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު

29 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމެއް ހިންގުމަށް: ޝަމްހީދު
29 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު

29 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުރެގެން އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނެ: މަލީހު
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް