Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ ކައުންސިލް

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

4 ޖުލައި 2026 | ހޮނިހިރު 07:17

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓިފައިވާތީ، ކައުންސިލުން އިސްނަގައިގެން ރިއަލް އެސްޓޭޓް އުސޫލުން ހައުސިންގ މަޝްރޫޢެއް ހިންގުމަށް މާލީ ވުޒާރާގެ ހުއްދައަށް އެދިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ. މި މަސައްކަތަށް އިންވެސްޓަރުން ލިބިފައިވީ ނަމަވެސް، ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން މަޝްރޫޢު ފެށޭގޮތް ވަނީ ނުވެފަ. ކުރީގެ ސަރުކާރުން ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ވެސް މިހާރު މުޅިން ހުއްޓިފައިވާކަން މޭޔަރު ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖުލައި 2026 | ހޮނިހިރު 07:17
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު ޢާޠިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު ޢާޠިފް، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓަކަށް މާލީ ވުޒާރާގެ ހުއްދަ ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ޢާޠިފް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައިފަހުން ކުޅުދުއްފުށީގައި އެއްވެސް ހައުސިންގ ޕްރޮޖެކްޓެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ސަބަބުން، ކައުންސިލުން އަމިއްލައަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް 27 ފެބްރުއަރީ 2024 ގައި މާލީ ވުޒާރާގެ ހުއްދައަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނު ފަހުން ސިޓީ ކައުންސިލުން ވާނެ، އެއީ ހުރިހާ ހައުސިންގ ޕްރޮޖެކްޓްތައް ހުއްޓިފައި ހުންނާތީ ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ގެންދަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މާލީ ވުޒާރާގެ ހުއްދައަށް އެދިފައި. އެކަމަކު އަދި އަދަށްވެސް އަޅުގަނޑުމެންނަށް ހުއްދައެއް ނުލިބޭ،
 ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު ޢާޠިފް

ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 30 ޑިސެމްބަރު 2022 ގައި 400 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވެ އެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ހުއްޓިފައިވާ ކަމަށް ޢާޠިފް ފާހަގަކުރެއްވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ރިއަލް އެސްޓޭޓް އުސޫލުން ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ކައުންސިލަށް ކުރެވިދާނެ ކަމެއް ކަމަށާއި، އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިންވެސްޓަރުންވެސް އެބަހުރި ކަމަށެވެ. އަދި މާލީ ވުޒާރާ އިން މިއަދު ހުއްދަ ދީފިނަމަ، މާދަމާ ވެސް އެ މަސައްކަތް އަމަލީގޮތުން ފެށޭނެ ފަދަ ތައްޔާރީ ހާލަތެއްގައި ކައުންސިލް އޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ކައުންސިލުން ހުށަހަޅާފައިވާ މި މަޝްރޫޢަށް ހުއްދަ ނުލިބި ލަސްވަމުންދާތީ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

 

ފިނޭންސް މިނިސްޓްރީކުޅުދުއްފުށި ސިޓީ ކައުންސިލްކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފްހައުސިން މަޝްރޫޢުރިއަލްއެސްޓޭޓް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
21 ޖޫން 2026

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

21 ޖޫން 2026
ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
07 ޖޫން 2026

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް

07 ޖޫން 2026
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަން ގެ ތެރެއިން 2024 ވަނަ އަހަރު އެއްވެސް ފައިސާއެއް ލިބުނު ކަން އެނގޭކަށް ނެތް: އޮޑިޓް ރިޕޯޓް
29 މެއި 2026

ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ

29 މެއި 2026
ސަބްސިޑީ އަށް ހޭދަކުރި ފައިސާ 77 އިންސައްތަ އިތުރުވެއްޖެ
12 މެއި 2026

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!

12 މެއި 2026
ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!
02 އެޕްރީލު 2026

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

02 އެޕްރީލު 2026
ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް