Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓު ލިސްޓު

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!

12 މެއި 2026 | އަންގާރަ 07:22

ގެދޮރުވެރިޔާ ފްލެޓް ލިސްޓުން ޝަރުތު ހަމަނުވާ ކަމަށް ބެލެވޭ 460 އެއްހާ މީހުން އުނިކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ ބައެއް ކޭސްތައް އަދިވެސް ނުނިމި ހުރުމުން ސީދާ އަދަދު ކަށަވަރުވާނީ އެ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށް. މީގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލަށްވުރެ މަދުން ޕޮއިންޓު ލިބުނު އެއްވެސް ފަރާތެއް ލިސްޓުގައި ނުހިމެނޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2026 | އަންގާރަ 07:22
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު: ފްލެޓް ތައް ކުއްޔަށް ދޭނަމަ އަތުލާނެ ކަމުގެ އިންޒާރު ވަނީ ދީފަ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު: ފްލެޓް ތައް ކުއްޔަށް ދޭނަމަ އަތުލާނެ ކަމުގެ އިންޒާރު ވަނީ ދީފަ | ރައީސް އޮފީސް

ގެދޮރުވެރިޔާ ފްލެޓުން ޝަރުތު ހަމަނުވާ ފަރާތްތައް އުނިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އުނިވެފައި ވަނީ ކިހާ މީހުންނެއްކަން އަދިވެސް ސީދާ ދަންނަވަން ދަތިކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިންވެސް މިނިސްޓަރާއި ސުވާލު އަމާޒު ކުރެވުނެވެ. އެގޮތުން މީގެ 3 މަސް ކުރިން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ކުރުމުން އޭރު މިނިސްޓަރ ވިދާޅުވެފައި ވަނީ އެ އަދަދު ޗެކްކޮށްލައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން އެކަމާ ގުޅޭ އަދާހަމައާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، އަދިވެސް އެއްކޮށް ނުނިމޭ ބައެއް ކޭސްތައް އެބަހުރި ކަމަށެވެ. އެހެންކަމުން އަދިވެސް ސީދާ އަދަދު ދަންނަވަން ދަތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަ ނުވެގެން ލިސްޓުން އުނިވީ މީހުންގެ އަދަދު ގާތްގަނޑަކަށް 460ށް އަރާނެކަމަށް ބެލެވޭކަމަށެވެ.

އެހެންނަމަ ވެސް ސީދާ އަދަދެއް ދެންނެވޭނީ މިހާރު ނުނިމި ހުރި މަސައްކަތްތައް އެއްކޮށް ނިންމާލެވި، ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރެވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

އެއީ އަދިވެސް އެބަހުރި ބައެއް ކޭސްތައް އެއްކޮށް ނުނިމޭ، އެހެންނަމަވެސް އަޅުގަނޑު ހަނދާންވަނީ، ސީދާ ނަންބަރެއް ނޫން، 460 ކޮންމެވެސް ވަރެކޭ. މިދެންނެވި ގޮތަށް އެއްކޮށް މުޅިން އަދި ނުނިމޭތީ ބައެއް މަދު ކޭސްތަކެއް އަދިވެސް އެބަހުރި ފައިނަލް ނުކުރެވި،
ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތޮލިބް

ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުން ޕޮއިންޓު ލިބިފައިވާ އެއްވެސް ފަރާތެއް ލިސްޓުގައި ހިމެނިފައިނުވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް، ފްލެޓު ހުރި އަދަދަށްވުރެ ގިނައިން ޝަރުތު ހަމަވާ މީހުން ތިބޭއިރު ކޮންމެވެސް ބަޔަކު ބާކީވެސް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝަރުތު ހަމަ ނުވެގެން ބަޔަކު ކެންސަލްވި ނަމަވެސް، މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

 

 

މުއްތަލިބުހައުސިން މަޝްރޫޢުބޯހިޔާވަހިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މެއި 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ

10 މެއި 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ
04 މެއި 2026

ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ

04 މެއި 2026
ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ
02 މެއި 2026

ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް

02 މެއި 2026
ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް
28 އެޕްރީލު 2026

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

28 އެޕްރީލު 2026
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
23 އެޕްރީލު 2026

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.
15 އެޕްރީލު 2026

އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!

15 އެޕްރީލު 2026
އޭޕްރީލްގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ ނިމޭނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ނިމޭނީ މެއި މަހުގެ ނިޔަލަށްކަމަށް!
08 އެޕްރީލު 2026

ބޭންކް އޮފް މޯލްޑިވްސްއިން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 5 އިންސައްތަ އަށް ކުޑަކޮށްފި

08 އެޕްރީލު 2026
ބޭންކް އޮފް މޯލްޑިވްސްއިން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 5 އިންސައްތަ އަށް ކުޑަކޮށްފި
22 މާރިޗު 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި
12 މާރިޗު 2026

ފްލެޓުދޭއިރު ޚާއްޞަ އިސްކަންދޭ ކެޓެގަރީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަމުގައި އިތުރު ޝަރުތުތަކެއް ހިމަނައިފި

12 މާރިޗު 2026
ފްލެޓުދޭއިރު ޚާއްޞަ އިސްކަންދޭ ކެޓެގަރީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަމުގައި އިތުރު ޝަރުތުތަކެއް ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް