Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި އެއަރޕޯޓް

ކުޅުދުއްފުށީގެ އެއާރޕޯޓް ސަރަހައްދުގެ ގޯތިތައް އިމާރާތްކުރުމަށް ދިމާވެފައިވާ މައްސަލައަށް ރިލޮކޭޝަން ޕްލޭނެއް އެކުލަވާލާނަން: ރޯޒޭ

ކުޅުދުއްފުށީގެ އެއަރޕޯޓް ސަރަހައްދުގައި އުސްކޮށް އިމާރާތް ނުކުރެވޭ މައްސަލައަކީ ސިވިލް އޭވިއޭޝަންގެ އުސޫލުތަކާ ގުޅިގެން ދިމާވެފައިވާ ކަމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ ގޯތިތަކަށް ޚާއްޞަ "ރިލޮކޭޝަން ޕްލޭން" އެއް ސިޓީ ކައުންސިލުން އެކުލަވާލާނެ ކަމުގެ ޔަގީންކަން އެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު އަބްދުﷲ ދެއްވި.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 13:38
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު އަބްދުالله (ރޯޒޭ)

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު އަބްދުالله (ރޯޒޭ) | އެމްޑީޕީ ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގެ އެއަރޕޯޓާއި އިންވެގެން ހުރި ގޯތިތަކުގައި އިމާރާތް ކުރުމަށް އޮތް ހުރަސްތަކާ ގުޅިގެން، އެ ސަރަހައްދުގެ ގޭބިސީތަކަށް ޚާއްޞަ "ރިލޮކޭޝަން ޕްލޭން" އެއް ހަދައިދޭނެ ކަމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު އަބްދުﷲ (ރޯޒޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ސިޔާސަތު ޖަލްސާ 2" ގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރ ވިދާޅުވީ، އެއަރޕޯޓާއި އިންވެގެން ހުރި ގޯތިތަކުގައި އުސްކޮށް އިމާރާތް ނުކުރެވޭ މައްސަލައަކީ ސިޓީ ކައުންސިލުން ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވަމުން ރޯޒޭ ވިދާޅުވީ، މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަމަލުކުރަމުންދާ އުސޫލުތަކެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި, އެއަރޕޯޓް އެންމެ ފުރަތަމަ އެޅިއިރު އިމާރާތް ކުރުމުގެ އުނދަގޫ ފޯރާނެ ކަމަށް ލަފާކުރި މިންވަރަށްވުރެ، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދު ދެގުނަ ބޮޑުކަމަށެވެ.

Advertisement - newsAdvertisement

"އެއަރޕޯޓް ކައިރީގައި ހުންނަ ގޭތަކުން އިމާރާތް ކުރުމުގެ ހުއްދައަށް އެދުމުން، ގަވާއިދު ބުނާގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭ. ފަސްބުރިއަށް އިމާރާތް ކުރަން އެދުނު ގެއަކަށް ސިވިލް އޭވިއޭޝަނުން ހުއްދަ ދިނީ އެންމެ ދެބުރިއަށް." ރޯޒޭ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް އޭވިއޭޝަނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، އެއަރޕޯޓް ރަންވޭގެ އިރުމަތީ ކޮޅުން ހުރަހަށް ރޮނގެއް ދަމާލުމަށްފަހު، އެ ސަރަހައްދުގެ އެއްވެސް ގެއެއް ދެބުރިއަށްވުރެ އުސްކޮށް އިމާރާތް ނުކުރެވޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށާއި, 2025 އޮކްޓޯބަރުގައި ލިބުނު ސިޓީއަކާއެކު ފޮނުވި ޗާޓުން، މި ނިންމުމަކީ އެއްވެސް ހަމައެއް ނެތް، ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއްކަން ހާމަވާ ކަމަށްވެސް ޑެޕިއުޓީ މޭޔަރ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި ބުނަނީ, އެއްވެސް އުޞޫލެއް ޤަވާއިދެއް ނެތްކަމުގައި ވަންޏާމުން, އެހެނެއް ނުހެދޭނެއޭ. ހަމަ އެންމެ ފުރަތަމަވެސް އެއަރޕޯޓު އެޅި އިރުގައި އެ ގެއްލުންވާނެއޭ ބުނި ހިސާބުތަކަށޭ ގެއްލުންވާނީ, އޭގެ ބޭރަށް އެއްވެސް ގެއްލުމެއް ވެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކައުންސިލްގެ ސްޓޭންޑަކީ.
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު އަބްދުﷲ (ރޯޒޭ)

ސިޓީ ކައުންސިލްގެ ސްޓޭންޑް ސާފުކޮށްދެއްވަމުން ރޯޒޭ ވިދާޅުވީ، އެއަރޕޯޓް އެޅިއިރު ގެއްލުންވާނެ ކަމަށް ބުނި ހިސާބުން ބޭރަށް އެއްވެސް އަސަރެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި މިގޮތުން އެއަރޕޯޓްގެ ސަބަބުން އަސަރުކުރާނެ ކަމަށް ބުނާ ގޯތިތަކަށް "ރިލޮކޭޝަން ޕްލޭން" އެއް ސިޓީ ކައުންސިލުން އެކުލަވާލައިދޭނެ ކަމުގެ ޔަގީންކަން ވެސް ޑެޕިއުޓީ މޭޔަރ ވަނީ ދެއްވާފައެވެ.

އެމްޑީޕީން ބޭއްވި ސިޔާސަތު ޖަލްސާތަކުގައި ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީގެ ތަރައްޤީއަށް ހުރި ހުރަސްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލާފައެވެ.

ކުޅުދުއްފުށި އެއަރޕޯޓްއަހުމަދު އަބްދުﷲ (ރޯޒޭ)ކުޅުދުއްފުށި ސިޓީ ކައުންސިލްމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއެމްޑީޕީރިލޮކޭޝަން ޕްލޭން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

އިންތިޚާބާއި ދިމާކޮށް އެމްޑީޕީގައި އުފެދިފައި އޮތީ ވަރަށް ރަނގަޅު ވައިބެއް: ރައީސް ސޯލިިިހް

02 އެޕްރީލު 2026
ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު