Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނޭންސް މިނިސްޓަރުގެ މަގާމު

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ހަސަން ޒަރީރު މިއަދު ވަނީ އައްޔަނުކުރައްވާފަ. މީރާގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޒަރީރަކީ މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކަށްވާއިރު، ޒަމީރު ވަނީ ވަޒީރުކަމުން ވަކިވެވަޑައިގަތް ނަމަވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖޫން 2026 | ހޯމަ 10:18
ރައީސް މުއިއްޒު ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފަ

ރައީސް މުއިއްޒު ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފަ | ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް، ޙަސަން ޒަރީރު އައްޔަނުކުރައްވައިފި އެވެ. 

މިކަން ހާމަކުރައްވައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)  ވިދާޅުވީ ހޯމަ ދުވަހު ރައީސް އެ މަގާމަށް ޒަރީރު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި މަޤާމާއި ހަވާލުވުމާއި ހަމައަށް ޙަސަން ޒަރީރު ހުންނެވީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި މީރާގެ އިސްވެރިޔާގެ ގޮތުގަ އެވެ. ޙަސަން ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން އެމަނިކުފާނު މަތީ ތައުލީމު ހާސިލުކުރައްވާފައިވެ އެވެ. 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އެކި މަޤާމުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޙަސަން ޒަރީރު ވަނީ ޕްރައިވެޓް ކުންފުނިތަކުގައިވެސް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފަ އެވެ. 

ފިނޭންސް މިިނިސްޓްރީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި  މޫސާ ޒަމީރު ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންގެންނެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން" ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ.

އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޒަމީރު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.

ޒަމީރު ވަޒީރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު، އިރާން ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ޗެއަރގެ މަޤާމުގައި ހުންނެވީ އޭނާ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުމޫސާ ޒަމީރުފިނޭންސް މިނިސްޓްރީހަސަން ޒަރީރު

އިތުރަށް ކިޔާލަން

08 ޖޫން 2026

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން
08 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
08 ޖޫން 2026

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
08 ޖޫން 2026

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު