Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ސިޓީ

ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޅުދުއްފުށީގެ މަގުތައް މަރާމާތުކުރުމަށް ސަރުކާރުގެ ޕަބްލިކް ވަރކްސް ޔުނިޓެއް އޮތް ނަމަވެސް، އެ ތަން ހަރުދަނާނުކޮށް ސިޓީ ކައުންސިލްގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭތީ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުﷲ (ރޯޒޭ) ކަންބޮޑުވުން ފާޅުކުރައްވައިފި. އަދި ސަރުކާރުން ސިޔާސީ މަގާމުތަކަށް ކުރާ ބޭކާރު ހޭދަތައް މަދުކޮށް، އެ ފައިސާ ޕަބްލިކް ވަރކްސްގެ ވަސީލަތްތައް އިތުރުކުރުމަށް ބޭނުންކޮށްފިނަމަ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ވެސް ރޯޒޭ ފާހަގަކުރެއްވި

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 21 ޖޫން 2026 | އާދީއްތަ 11:49
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު އަބްދުالله (ރޯޒޭ)

ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު އަބްދުالله (ރޯޒޭ) | ކުޅުދުއްފުށި ސިޓީ ކައުންސިލް

ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ވަރކްސް ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނުކޮށް, ސަރުކާރުން ބޭކާރު ހަރަދުތައް ކުރުމާއި ގުޅިގެން އެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު އަބްދުﷲ (ރޯޒޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ޑެޕިއުޓީ މޭޔަރ ރޯޒޭ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ, ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 06 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރޯޒޭ ވިދާޅުވީ, ކުޅުދުއްފުށި ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ބަޖެޓުކޮށްފައި ޕަބްލިކް ވަރކްސް ޔުނިޓެއް އެ ސިޓީގައި އޮންނައިރު, އެ މަސައްކަތް އެންމެ ރަނގަޅަށް ސަރުކާރުން ނުކުރެވި, ސިޓީ ކައުންސިލުން ލިބޭ މަދު އާމްދަނީގެ އެހީގައި މަގުތައް މަރާމާތުކުރަން ހޭދަކުރަން ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

މީގެ ތެރެއިން ސަރުކާރުން ބޭކާރު ހޭދަތަކެއް ކޮށްފައި, ޕަބްލިކް ވަރކްސް ޔުނިޓުގެ ކަންތައްތައް ހަރުދަނާކުރަން ހޭދަނުކޮށް, އެ ޔުނިޓުގައި ހުރި ވަސީލަތްތަކާއި މީހުން އިތުރުކުރުމުގެ ބަދަލުގައި, ރައްޔިތުންނަށް އިތުރު ތަކުލީފުތައް އުފުލަންޖެހޭ ކަންކަމުގައި އިސްކަން ނުދީ, އެހެން ކަންތައްތައް ކުރަމުންދާކަން ރޯޒޭ ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ރޯޒޭ ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލުން މުނިސިޕަލް ވަރކް ފޯސް އަށް މިހާރު ބަޖެޓް ކުރެވޭ 1 މިލިއަން ރުފިޔާ ގެ އިތުރުން މިހާ ހިސާބަށް ސިޓީ ކައުންސިލުން ކުރެވިފައިވާ ހޭދަ އާއި އެއްކޮށް, އެއީ ރަށުގެ ތަރައްޤީގެ އެހެނިހެން ކަންތައްތަކަށް ހޭދަކުރެވެން ޖެހޭ ރުފިޔާ ކަމަށާއި, މިހާރު މަޝްވަރާ ކުރަމުންދާ ޓޯޓަލް ބަޖެޓުގެ ތެރޭގައި ހިމެނޭ 7.3 މިލިއަން ރުފިޔާ އަކީ ވަރަށް ކުޑަ ލާރި ކޮޅެއްކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ "ހުދު ގަމީސްތަކަށް" ހަރަދުކުރާ ވަރަށް ބެލި ނަމަވެސް, އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 7 މިލިއަން ރުފިޔާކަމަށާއި, އެއީ ބަޖެޓްގައިވާ އަދަދާ އެއްވަރެއްގެ އަދަދެއްކަން ފާހަގަކުރައްވައި, "ހުދު ގަމީހަށް" އެ ހަރަދުކުރުމުގެ ބަދަލުގައި ޕަބްލިކް ވަރކްސް ޔުނިޓަށް އެ ހަރަދުކުރެވޭ ނަމަ މައިގަނޑު ގޮތެއްގައި ކުޅުދުއްފުށި ސިޓީއަށް ދިމާވާ މައްސަލަތަކަށް ހައްލެއް އަންނާނެކަމަށްވެސް ރޯޒޭ ވިދާޅުވިއެވެ.

25,000 މުސާރަ ދީފައި މަގުމަތީގައި މަށަންދަތި އަޅާނެ ކުދިންކޮޅެއް ހޯދިނަމަ އަޅުގަނޑުމެނަށް މި ސިޓީގައި މިހާރު މި ދިމާވާ މައްސަލަތައް ހައްލުވެ, ރައްޔިތުންނަށް ފަސޭހަވީސް. 
ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙުމަދު އަބްދުﷲ (ރޯޒޭ)

ރޯޒޭ އިތުރަށް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް, ރައްޔިތުންނަށް ފައިދާ ވާނެ މަގަކުން ނޫން އެހެން މަގަކުން ސަރުކާރުން ވަރަށް ގިނަ ހޭދަތަކެއް ކުރަމުންދާ ކަމަށާއި, ސިޓީ ކައުންސިލްގެ ބަޖެޓުން ސަރުކާރުގެ ތެރެއިން ކުރެވެން ހުންނަ ކަންތައްތަކަށް އަނެއްކާވެސް ހޭދަކުރަން ޖެހުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ކުޅުދުއްފުށި ސިޓީއަހުމަދު އަބްދުﷲ (ރޯޒޭ)ޕަބްލިކް ވޯކްސް ޔުނިޓްކުޅުދުއްފުށި ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

19 ޖޫން 2026

އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް

19 ޖޫން 2026
އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ ވިސްނުން އެބަހުރި: މޭޔަރ ޢާޠިފް
09 ޖޫން 2026

ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް

09 ޖޫން 2026
ރައީސް ސޯލިހު އާއި އިތުބާރު ކެމްޕެއިން ޓީމް ކުޅުދުއްފުޓާއި، ހަނިމާދޫ އަށް
09 ޖޫން 2026

އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

09 ޖޫން 2026
އިތުބާރު ކެމްޕެއިން: "ސިޓީ ދަތުރު" ގެ 4 ވަނަ މަންޒިލް، ކުޅުދުއްފުށި ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
30 މެއި 2026

ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟

30 މެއި 2026
ރައްޔިތުންނަށް މިލިބެނީ ހަމަ ކަރަންޓު ރަހަލާ މަސްދަޅުތަ؟
25 މެއި 2026

ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."

25 މެއި 2026
ކުޅުދުއްފުށީގެ ދެ ކައުންސިލަރުންގެ ތާއީދު މީކާއިލް އަށް: "މިއީ ޕާޓީ ތަރުތީބުކުރަން ޒުވާނުން ކުރިއަށް ނެރެންވީ ވަގުތު."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު