Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށި

2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުވާނެ!

4 ޖުލައި 2026 | ހޮނިހިރު 07:06

އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސަތުތަކާއި މާލީ ނިޒާމުތައް އެއްގޮތްކޮށް، ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތްކުރުމަށް އދ. ގެ އެސްކެޕުން ވަނީ ގޮވާލާފަ. މިހާރު ކަންކަން ހިނގާ ދުވެއްޔަށް ބަލާއިރު 2030 ގެ ނިޔަލަށް ތިމާވެށީގެ ލަނޑުދަނޑިތަކުގެ ބޮޑުބައެއް ހާސިލްނުވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމީ ބަދަލުތަކުގެ އަސަރުކުރާ ގައުމުތަކަށް އިތުބާރު ހުރި މާލީ އެހީތެރިކަން ބޭނުންވާކަން ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 4 ޖުލައި 2026 | ހޮނިހިރު 07:06
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން، ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ދިރުންތަކުގެ ނަސްލު ނެތިދިއުމުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އދ. އިން ތާއީދުކުރާ އާ އެޖެންޑާއެއް ވަނީ އެކުލަވާލާފައި

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން، ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ދިރުންތަކުގެ ނަސްލު ނެތިދިއުމުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އދ. އިން ތާއީދުކުރާ އާ އެޖެންޑާއެއް ވަނީ އެކުލަވާލާފައި | އެސްކެޕް

އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގައި ތިމާވެށީގެ ނުރައްކާތައް އިތުރުވަމުންދާތީ، މޫސުމަށް އަންނަ ބަދަލުތަކާއި، ދިރުންތަކުގެ ނަސްލު ނެތިދިއުމާއި، ތަޣައްޔަރުވުމާ ދެކޮޅަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެ ސަރަހައްދުގެ ގައުމުތަކުން މޫސުމީ އަދި ދެމެހެއްޓެނިވި ތަރައްގީގެ އާ ރޯޑްމެޕެއް އެކުލަވާލައިފި އެވެ.

އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ދަށުން ބޭއްވި ބައްދަލުވުމުގައި، ވަޒީރުން ވަނީ "މިނިސްޓީރިއަލް ޑިކްލަރޭޝަން އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް 2026" އާއި "ރީޖަނަލް ޕްރޮގްރާމް އޮފް އެކްޝަން އޮން އެޑްވާންސިން ސިނަޖީސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް 2026-2030" ބަލައިގަނެފަ އެވެ.

މި އާ އޮނިގަނޑުގެ މަގްސަދަކީ ސިޔާސަތުތަކާއި، މާލީ ނިޒާމުތަކާއި، މުއައްސަސާތައް އެއްގޮތްކޮށް، ތިމާވެށީގެ އެއް ދާއިރާއަކުން ހޯދާ ކުރިއެރުމުގެ ފައިދާ އެހެން ދާއިރާތަކަށް ވެސް ކުރާނެ ގޮތް ހެދުމެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ގައުމުތަކުން ވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެއެވެ. އދ. ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަދި އެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމީދާ ސަލްސިއާ އަލިސްޖަހްބާނާ ވިދާޅުވީ، ސަރަހައްދަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަކީ އެކިއެކި ގޮތްގޮތުން ގުޅިފައިވާ ކަންކަން ކަމަށްވުމުން، ވަކިވަކި ދާއިރާތަކުން ކުރާ މަސައްކަތްތަކުން އެކަނި މިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މާލީ، މުއައްސަސާ އަދި ފަންނީ ވަސީލަތްތައް މަދުވަމުންދާ ދަނޑިވަޅެއްގައި، ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތް ކުރުމަކީ ތަރައްގީގެ ވަރުގަދަ ނަތީޖާތަކެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދަށް ތިމާވެށީގެ ނުރައްކާތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ކަންކަން ހިނގަމުންދާ ދުވެއްޔަށް ބަލާއިރު، 2030 ވަނަ އަހަރު އަންނައިރު ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ 88 އިންސައްތަ ހާސިލްނުވާނެ ކަމަށް ލަފާކުރެވެ އެވެ. މީގެ އިތުރުން، މި ސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވެފައިވާ މާހައުލުތަކުގައެވެ.

އެސްކެޕްގެ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް، އިތުބާރު ހުރި އަދި އެކަށީގެންވާ މިންވަރެއްގެ ހިލޭ އެހީގެ މާލީ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެސްކެޕުން ހާމަކުރި ގޮތުގައި، މި ސަރަހައްދުގެ 39 ގައުމަކުން މިހާރު ވަނީ ކާބަން ނިއުޓްރަލް ނުވަތަ ނެޓް-ޒީރޯ އަމާޒުތައް ކަނޑައަޅާފަ އެވެ. އަދި 46 ގައުމަކުން ގައުމީ މޫސުމީ ނުވަތަ ތަރައްގީގެ ޕްލޭންތަކުގައި ތިމާވެއްޓާ ރައްޓެހި ހައްލުތައް ހިމަނާފައިވާއިރު، އައްސޭރިފަށުގެ 27 ގައުމުގެ ތެރެއިން 25 ގައުމަކުން ވަނީ އެ ގައުމުތަކުގެ މޫސުމީ ސިޔާސަތުތަކުގައި ކަނޑުތަކާ ގުޅުންހުރި ފިޔަވަޅުތައް ހިމަނާފަ އެވެ. މި ސަރަހައްދީ އެޖެންޑާ ބިނާވެފައިވަނީ އަލަށް ނެރުނު "އޭޝިއާ-ޕެސިފިކް ސިނަޖީސް ރިޕޯޓް" ގެ މައްޗަށެވެ. މި ރިޕޯޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދިރުންތަކުގެ ނަސްލު ނެތިދިއުމާއި، ތަޣައްޔަރުވުމުގެ މައްސަލަތަކަށް އެއްކޮށް ހައްލު ހޯދޭނެ އަމަލީ ގޮތްތަކާއި، އާދަޔާ ހިލާފު މާލީ ނިޒާމުތަކާއި، ތަފާސްހިސާބުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބަޔާންކޮށްފައިވެ އެވެ.

އޭޝިއާ-ޕެސިފިކްއެސްކެޕްކްލައިމެޓް ޗޭންޖްއަލީ ޝަރީފުދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
30 ޖޫން 2026

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި

30 ޖޫން 2026
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

ދެމެހެއްޓެނިވި ތަރައްގީ ގެ މިންގަނޑުތަކުން ކުރިއެރުމެއް ނުލިބި ރާއްޖެ ދަނީ ދަށަށް

24 ޖޫން 2026
ދެމެހެއްޓެނިވި ތަރައްގީ ގެ މިންގަނޑުތަކުން ކުރިއެރުމެއް ނުލިބި ރާއްޖެ ދަނީ ދަށަށް
24 ޖޫން 2026

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް

24 ޖޫން 2026
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
21 ޖޫން 2026

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

21 ޖޫން 2026
ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި
17 ޖޫން 2026

ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި

17 ޖޫން 2026
ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް