Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫއޭއީ-ރާއްޖެ

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު، ފަތްކޮޅުގެ އަރުވައިފި

30 ޖޫން 2026 | އަންގާރަ 08:40

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ތާރިގު އިބްރާހީމް، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އެންޑަރސެކްރެޓަރީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ޔޫއޭއީގެ ލީޑަރޝިޕުން ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފުކުރައްވައި، ތިމާވެއްޓާއި، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައި.

ރާއްޖެ އެމްވީ | 30 ޖޫން 2026 | އަންގާރަ 08:40
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިވެހިރާއްޖޭގެ ފަރާތުން ކަނޑައެޅުއްވި އާ ސަފީރު ތޯރިގް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އަންޑަރސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝަމްސީ އަށް އަރުވަނީ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިވެހިރާއްޖޭގެ ފަރާތުން ކަނޑައެޅުއްވި އާ ސަފީރު ތޯރިގް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އަންޑަރސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝަމްސީ އަށް އަރުވަނީ. | ޝާރުޖާ24

 ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ތާރިގު އިބްރާހީމްގެ ސަފީރުކަމުގެ ފަތްކޮޅު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެންޑަރސެކްރެޓަރީ، ހިޒް އެކްސެލެންސީ އުމަރު އުބައިދު އަލްހަސަން އަލްޝަމްސީ އަށް އަރުވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އަލްޝަމްސީ ވަނީ ސަފީރު ތާރިގު އިބްރާހީމަށް އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭހެން، އެކި ދާއިރާތަކުން ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަލްޝަމްސީ އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ތާރިގު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން އެ ގައުމުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރެއްވި އެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. ޔޫއޭއީއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވަމުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ދަނީ ދުވަހުން ދުވަހަށް ބަދަހިވަމުންކަން ތާރިގް ފާހަގަ ކުރެއްވި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއުމަރު އުބައިދު އަލްހަސަން އަލްޝަމްސީޠާރިޤް އިބްރާހީމްކްލައިމެޓް ޗޭންޖްރާއްޖެ-ޔޫއޭއީ

އިތުރަށް ކިޔާލަން

29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
28 ޖޫން 2026

ޔޫއޭއީ ފަތުރުވެރިންނަށް އެންމެ ކަމުދަނީ ރާއްޖެ

28 ޖޫން 2026
ޔޫއޭއީ ފަތުރުވެރިންނަށް އެންމެ ކަމުދަނީ ރާއްޖެ
25 ޖޫން 2026

ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި

25 ޖޫން 2026
ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
24 ޖޫން 2026

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
21 ޖޫން 2026

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

21 ޖޫން 2026
ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި
17 ޖޫން 2026

ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި

17 ޖޫން 2026
ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް