Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިއެމްއެފް

ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި

17 ޖޫން 2026 | ބުދަ 06:56

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ދައުލަތުގެ ދަރަނި ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށް ސިޔާސަތުތައް އަލުން ތަރުތީބުކުރަންޖެހޭ ކަމަށް އައިއެމްއެފުން ބުނެފި. މި ބަދަލުތައް ގެންނައިރު އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އޮނިގަނޑަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް އެ އިދާރާއިން ވަނީ ލަފާދީފައި. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި މާލީ އެހީތެރިކަން ހޯދުމާއި ހަރަދުތަކުގެ އޮނިގަނޑު ހަރުދަނާކުރުމުގެ މުހިންމުކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވޭ.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 06:56
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މައި އިދާރާ ހުންނަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މައި އިދާރާ ހުންނަނީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި. | ގެޓީ އިމޭޖަސް

ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އާޓިކަލް IV ކޮންސަލްޓޭޝަންގެ ދަށުން، ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކުރިމަގަށް ހުރި ފުރުސަތުތަކާއި އަދި ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ އިދާރާގެ ވަފުދެއް 2026 ޖޫން 4 އިން 14 އަށް ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ. މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޕިޔަޕޯން ސޮޑްސްރީވިބޫން، މި ދަތުރު ނިންމަވާލެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ވިދާޅުވީ:

"ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދު ވަނީ މާލީ ގޮތުންނާއި މެކްރޯއިކޮނޮމިކް ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ކުރިއަށްވުރެ ބޮޑަށް ހަރުދަނާކަން ދައްކުވައިދީފައެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި، ދައުލަތުގެ މާލިއްޔަތަށާއި އަދި ބޭރުގެ މާލީ މުއާމަލާތްތަކަށް ވަނީ ފޯރާފައެވެ. އެހެންކަމުން، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، އިގްތިސާދީ ނުތަނަވަސްކަން ދާއިމީ ގޮތެއްގައި ހައްލުކުރުމަށާއި، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ސިޔާސަތުތައް އަލުން ތަރުތީބުކުރުމަށެވެ. މި ބަދަލުތައް ގެންނައިރު، މުޖުތަމައުގައި ތިބި އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ.

"މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށްޓަކައި، އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އަދި މޫސުމީ ބަދަލުތަކަށް ކެތްކުރެވޭނެ ފަދަ ގާބިލުކަން އިތުރުކުރުމަކީ އަދިވެސް އެންމެ އިސްކަންދޭންޖެހޭ ކަންކަމެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމަކަށް ވުމާއެކު، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި އޭގެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާ ގުޅޭ ހަރަދުތަކުގެ އޮނިގަނޑު ހަރުދަނާކުރުމާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ."

އައިއެމްއެފްޕިޔަޕޯން ސޮޑްސްރީވިބޫންކްލައިމެޓް ޗޭންޖްއައިއެމްއެފް-ރާއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2026

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

08 ޖޫން 2026
ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު
06 ޖޫން 2026

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

06 ޖޫން 2026
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު
17 އެޕްރީލު 2026

"ހަކަތަ ލިބުމުގެ ދަތިކަމާ" ދުނިޔެއަށް ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ގަތަރުގެ ފިނޭންސް މިނިސްޓަރު ދެއްވައިފި

17 އެޕްރީލު 2026
"ހަކަތަ ލިބުމުގެ ދަތިކަމާ" ދުނިޔެއަށް ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ގަތަރުގެ ފިނޭންސް މިނިސްޓަރު ދެއްވައިފި
21 ފެބުރުއަރީ 2026

އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟

21 ފެބުރުއަރީ 2026
އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟
13 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި
11 ފެބުރުއަރީ 2026

ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

04 ފެބުރުއަރީ 2026

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ
30 ޑިސެމްބަރު 2025

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި
22 ޑިސެމްބަރު 2025

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި
19 ޑިސެމްބަރު 2025

އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

19 ޑިސެމްބަރު 2025
އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް