Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

ޖަރުމަނުގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް" ގައި ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިޖުރަކުރުމުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވި. މި ދަތުރުފުޅުގައި ބޭއްވި މަތީ ފަންތީގެ ސެޝަންތަކުގައި އެމަނިކުފާނު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އޮތް ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަހުލުވެރިވުމުގެ މަސައްކަތްތަކަށް ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ބޭނުންވާކަން ފާހަގަކުރައްވާފައި. އަދި ހިޖުރަކުރަން ޖެހުނު ނަމަވެސް، އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު އަމިއްލަ އިޚްތިޔާރުގައި ކުރެވޭ އަބުރުވެރި ކަމަކަށް ހެދުމުގެ މުހިންމުކަން ނައިބު ރައީސް ހާމަކުރެއްވި.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 11:20
ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި | ރައީސް އޮފީސް

ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަޤުރީރު ކުރައްވާފައެވެ. މި ފޯރަމް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި "ލީޑާސް ގާލާ ޑިނާ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ ފޯރަމްގެ ކުރިން، އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް، ފޯރަމްގެ ބައިވެރިންނަށް ލިބިވަޑައިގެންނެވި ފުރުޞަތެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މުހިންމު ސެޝަންތަކެއްގައި ބައިވެރިވެވަޑައިގެން، ތަޤުރީރުތައް ދެއްވާފައެވެ. އެގޮތުން، ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަޤުރީރުކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހި، މައްސަލަތަކާ ކުރިމަތިލުމުގައި، ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް (މޫސުމީ މާލީ އެހީ) އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި މުޖުތަމަޢުތަކުގެ ކިބައިގައިވާ ތަހައްމަލުކުރުމުގެ ޤާބިލުކަން އިސްކުރަންޖެހޭ ކަމަށާއި، ހިޖުރަކުރަން ޖެހުނު ނަމަވެސް، އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިޚްތިޔާރުގައި، އަދި އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ކުރިއަށް ގެންދެވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކުރެވިފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޖުތަމަޢުތައް ބޭނުންވާ ތަނެއްގައި އަބުރުވެރިކަމާއެކު ދެމިތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ހަމަމިއާއެކު، ޗެމްޕިއަންސް ބްރެކްފާސްޓްގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ގުޅުންތައް ބަދަހިކުރައްވައި، "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ޙާޞިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.

މި ފޯރަމްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލައިމެޓް މޮބިލިޓީގެ އުޞޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ހިއްސާކުރައްވައި، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ވާހަކަފުޅުދައްކަވާފައެވެ.

މަސްދަރު: ރައީސް އޮފީސް

ހުސައިން މުހައްމަދު ލަޠީފްބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026ކްލައިމެޓް ޗޭންޖްރޮބަރޓް ބޮޝް ފައުންޑޭޝަން

އިތުރަށް ކިޔާލަން

17 ޖޫން 2026

ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި

17 ޖޫން 2026
ދަރަނި ކުޑަކުރުމަށް އައިއެމްއެފް އިން ދިވެހި ސަރުކާރަށް އިރުޝާދު ދީފި
08 ޖޫން 2026

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު

08 ޖޫން 2026
ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: ރައީސް މުއިއްޒު
27 މެއި 2026

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
09 މެއި 2026

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

09 މެއި 2026
ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން
21 ފެބުރުއަރީ 2026

އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟

21 ފެބުރުއަރީ 2026
އަނބު ހެއްދުން ޒަމާނީ ކުރާނީ ކިހިނެއް؟
13 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި

13 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަރުމަނުވިލާތުން އެނބުރި ވަޑައިގެންފި
11 ފެބުރުއަރީ 2026

ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތައް ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަ ވެފައިވާ ދަނޑިވަޅެއްގައި، ފަރުތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ އަދި އެންމެ ފައިދާހުރި ވަސީލަތްތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

04 ފެބުރުއަރީ 2026

ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ

04 ފެބުރުއަރީ 2026
ކްލައިމެޓް ޗޭންޖަކީ ފޭކެއް ކަަމަށް ވިދާޅުވި ރައީސް މުއިއްޒު ޖަރުމަނުގެ ހަމްބޯލްޓް ޔުނިވަރސިޓީ ގައި ކްލައިމެޓް ޗޭންޖާ ބެހޭ ތަގުރީރެއް ދެއްވަނީ
02 ފެބުރުއަރީ 2026

ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި

02 ފެބުރުއަރީ 2026
ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި
22 ޑިސެމްބަރު 2025

މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި

22 ޑިސެމްބަރު 2025
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް" ނަމުގައި އުފެއްދި ކުންފުނި އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު