Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026 | ބުދަ 12:30

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބަލިކަށިވުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ކަންކަން ކޮށްދިނުމުގައި ސަރުކާރު ނާގާބިލްވެފައިވާކަން ފާހަގަކުރައްވަމުން، ޑޮލަރު މާރުކުރުމުގެ ސިޔާސަތު ފަދަ ނިންމުންތަކަކީ އެއްވެސް މަޝްވަރާއެއް ނެތި ރައީސް ބޭނުންފުޅުވާ ގޮތަށް ނިންމަވާފައިވާ ކަންކަން ކަމަށް އޭނާ ތުހުމަތުކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2026 | ބުދަ 12:30
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުން ވެސް އެހީތެރިކަން ނުލިބޭ ކަމަށާއި، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މިސަރުކާރުގެ ފޮރިން ޕޮލިސީއަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ވެރިކަމުގެ ފުރަތަމަކޮޅު ބޮޑެތި ހަރަދުތައް ކޮށްގެން ބޭރުގެ އެކި ގައުމުތަކުގެ އިކޮނޮމިކް ފޯރަމްތަކުގައި ބައިވެރިވެފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް އޭގެ ނަތީޖާއެއް ނުފެންނަ ކަމަށެވެ. 

މީގެ ކުރިން ބޭރުގެ ގައުމުތަކުން އެހީތެރިކަން ލިބުނު ނަމަވެސް މިސަރުކާރުގެ މިހާތަނަށް ބޭރުގެ އެހީ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2024 ވަނަ އަހަރުގެ ބެޖެޓުން ފެށިގެން 2026 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ބޭރުގެ ސަޕޯޓު ނުލިބޭ ކަމަށެވެ. 

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ބޭރުގެ އެހީ ނުލިބުނު ނަމަވެސް ރައްޔިތުން ހަވާލު ކުރާ ފައިސާއިން ވެސް ރައްޔިތުންނަށް ލުއިވާ ގޮތަށް އެއްވެސް ކަމެއް މިސަރުކާރަށް ކުރެވިފައިނުވާ ކަމަށެވެ. މިއީ ޕީއެންސީގެ ފައިސާ ނޫން ކަމަށާއި، ރައްޔިތުންގެ ހަޒާނާގެ ފައިސާ ބޭނުންކުރަން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކޮށްދޭން ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

އެއްގޮތަކަށް ވެސް ސަރުކާރުގެ ނޫނިއްޔާ ޕީއެންސީގެ ބޭފުޅުންގެ ފައީސާއެއް ނޫން. ދިވެހި ރައްޔިތުންގެ ފައިސާ މިނަގަނީ ދިވެހި ދައުލަތުގެ ހަޒާނާއިން. ރައްޔިތުންގެ ޓެކްސް ފައިސާއިން. ނަގާފައި މިހަވާލު ކުރަނީ ރައްޔިތުންނަށް ރަނގަޅަށް ކަންތައްތައް ކުރުމަށް ރައްޔިތުންނަށް ރަނގަޅަށް ކަންތައްތައް ކޮށްދޭން މި ހަވާލުުރެވެނީ. ރައްޔިތުންނަށް ހޮވާފައި ތިބި ސަރުކާރުގެ ވެރީންނަށް މިހަވާލު ކުރެވެނީ. އެބޭފުޅުން އެކަންތައްތައް ރައްޔިތުންނަށް ކޮށްނުދެއްވާތީ ރައްޔިތުންގެ ކަންބޮޑުވުން މިއަންނަނީ. އޭގެ ތެރޭގައި އެބަޖެޓަށް ބޭރުގެ ގައުމުތަކުން އެސަޕޯޓު ނުލިބެނީ ހަގީގަތުގައި ފޮރިން ޕޮލިސީ އެންމެ އެކަށީގެންވާ ފޮރިން ޕޮލިސީއަށް ނުވާތީ. ބޭރުގެ ގައުމުތަކާ ރަނގަޅު ގުޅުމެއް ނެތް. ބޮޑެތި ގައުމުތަކާއި. ޗައިނާ އިންޑިއާ މިއީ އެންމެ ގިނައިން އެހީ އަރަބި ގައުމުތަކާއި، ސައުދީ އަރަބިއްޔާ އާއި ގަތަރާއި.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް 

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ކުރައްވާ ބޭފުޅެއް ކަމަށާއި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވި ނަމަވެސް އެގޮތަށް އެކަންކަން ކުރިއަށް ނުދާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެގޮތުން ރިސޯޓުތަކުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތު ގެނައީ ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވެގެން ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަތީޖާއެއް ގޮތުން މިއަދު ރައްޔިތުންނަށް ޑޮލަރު ލިބެނީ 21 ރުފިޔާ އަށް ކަމަށެވެ. 

އޭގެ ހެއްކެއް ކަންނެންގެ އަޅުގަނޑުމެންނަށް ރިސޯޓުތަކުގެ އާމްދަނީ މާރުކުރަން ޖެހޭ މިންވަރެއް ކަނޑައަޅާ އެކަންތަކާ ގުޅިގެން ވަރަށް އަވަސްކޮށް ނިމިގެންދިޔައީ. އޭރު 20 ޕަސެންޓް އަޅުގަނޑު ހަނދާންވާ ގޮތުގައި. ރިސޯޓުތަކުގެ އޯނަރުންނާއި، ރިސޯޓުތައް ހިންގާ އޯނަރުން އޭރު ސަރުކާރުގެ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ލެވަލްއިން ވާހަކަތަކެއް ދެކެވެމުން އައީ. އެ ޕަސެންޓޭޖްތަކާ ގުޅޭގޮތުން. އަދި އިތުރަށް ވިސްނާ މަޝްވަރާ ކުރެވިގެން އައީ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް 

މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާއެކު ރައްޔިތުންނަށް ލިބުނު ހެޔޮ ކަމެއް ނުވަތަ ފަސޭހައެއް ނެތް ކަމަށެވެ. އަދި މިއީ ހުރިހާ ކަމެއްގައި ނާގާބިލް ސަރުކާރެއް ކަމަށެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
19 ޖޫން 2026

ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް

19 ޖޫން 2026
ހުދުމުހުތާރުގެ ވެރިކަންތައް ނިމިގެންދާއިރު ޖަހާ އެންމެ ފަހުގެ ރަނގަބީލަކީ ވަޒީފާއަށް ބިރު ދެއްކުން: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް